މެޗުގެ ކުޅުން ނިންމާލައިފި. ނަތީޖާއާއެކު 2002 ވަނަ އަހަރަށްފަހު ސެނެގާލް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފައި.
'90+5 - ސެނެގާލްގެ ބަދަލެއް. ޑިއާގެ ބަދަލުގައި ކުޅެން ނުކުތީ ސިސޭ.
'90+4 - އެކުއެޑޯގެ ފުރުސަތެއް. ސާމިއެންޓޯގެ ހުރަސް، ޕޮރޯޒޯ ބޮލުން ޖެހި ނަމަވެސް ދިޔައީ ބޭރަށް. އޭރިއާ ތެރެއިން އެކުއެޑޯގެ ހިންކަޕީއަށް ސެނެގާލުން ފައުލް ކުރި ކަމަށް އޭނާ ވަނީ ޝަކުވާ ކޮށްފައި. އެހެން ނަމަވެސް ރެފްރީ އެކަމަށް ސަމާލުކަމެއް ނުދޭ.
'90+3 - އެކުއެޑޯގެ ކޯނަރެއް ކީޕަރު މެންޑީ ޕަންޗުކޮށްލައިފި. އެކުއެޑޯން ދަނީ ސެނެގާލްގެ ފަހަތަށް ނުރައްކާ ކުރަމުން.
'90+1 - މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓް ދައްކައިފި.
' 88 - ސެނެގާލްގެ ހަމަލާއެއް. ޕަޕޭ ގޭ ތިރިތިރީން ފޮނުވާލި ހަމަލާ މަތަކޮށް ހިފީ ކީޕަރު ގަލިންޑޭޒް.
'85 - ސެނެގާލުން އިތުރު ބަދަލެއް. ޕްރެސިއާޑޯ ބަދަލުގައި ކުޅެން ނުކުތީ ޕޮރޯޒޯ.
'82 - ސެނެގާލަށް ފުރުސަތެއް. ޑިއާ، އެކުއެޑޯ ޑިފެންޑަރު އެސްޓުޕިއަން ކައިރިން ނައްޓާލާފައި ޖެހި ބޯޅަ ދިޔައީ ބޭރަށް.
'76 - އެކުއެޑޯއަށް ފުރުސަތެއް. ސަރިމެންޓޯ ނަގައިދިން ހުރަސް، ޕްލާޓާ އޭރިއާ ތެރެއިން ގޯލަށް ފޮނުވާލި ނަމަވެސް އަމާޒުވީ ސެނެގާލް ކީޕަރު މެންޑީ އަތަށް.
'74 - ސެނެގާލަށް ދެބަދަލެއް. އެންޑިއާއައި ސިސްގެ ބަދަލުގައި ނުކުތީ ޑިއޭންގާއި ނެމްޕްލޭސް މެންޑީ.
'70 - ސެނެގާލް އަނެއްކާވެސް ލީޑު ނަގައިފި. ސެނެގާލަށް އަލުން ލީޑު ނަގައިދިނީ ކުލިބާލީ. ޑިފެންޑަރު ކުލިބާލީ އެ ގޯލު ޖެހީ އިދްރީސީ ގާނާ ގޭގެ ހިލޭ ޖެހުމަކުން ހުރަސްވެގެން ދިޔަ ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެން.
'68 - އެކުއެޑޯން ނަތީޖާ ހަމަހަމަކޮށްފި. ކޯނަރަކުން އެ ގޯލު ޖަހައިދިނީ ކައިސޭޑޯ. އަރިމަތިން އައި ކޯނަރު، ކައިސޭޑޯ ހުސްކޮށް އޮވެ ޖެހީ، ޓޮރެސް ބޮލުގައި ޖެހިފައި އައުމުން.
''66 - އިދްރީސީ ގާނާ ގޭއަށް ރީނދޫ ކާޑު ދައްކައިފި.
'64 - އެކުއެޑޯއަށް ބަދަލެއް. އެސްޓްރާޑާގެ ބަދަލުގައި ކުޅެން ނުކުތީ ޖޯކައެއްފް ރިއަސްކޯ.
'58 - އެކުއެޑޯގެ ހަމަލާއެއް. އެސްޓުޕިނަން ނަގައިދިން ހުރަހަށް އަރައި، އެސްޓްރާޑާ ބޮލުން ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށް.
ފުރަތަމަ ހާފުގެ ފަސްވަރަކަށް މިނެޓްގެ ކުޅުން ނިމުނު އިރު، ހަމަލާއެއް ފެނިފައެއް ނުވޭ. ހާފު ރަނގަޅަށް ފެށީ އެކުއެޑޯން. އެޓީމުން ހާފު ފެށީ އެޓޭކަށް ވިސްނައި، ބޮޑަށް ކުރިއަށް ޖެހިގެން.
ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކުޅުން ފެށީ ސެނެގާލުން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ސެނެގާލް ކުރީގައި އޮވެގެން.
'45+2 - ސެނެގާލަށް ފުރުސަތެއް. ހާފުގައި އެންމެ ރަނގަޅަށް ކުޅެމުންދާ އެންޑިއޭގެ ހަމަލާ މިފަހަރުވެސް ވީ ބްލޮކް.
44' - ޕެނަލްޓީގައި ސެނެގާލުން ލީޑު ނަގައިފި. ގޯލު ޖަހައިދިނީ އިސްމައިލާ ސާ.
'42- ސެނެގާލަށް ޕެނަލްޓީއެއް. ރެފްރީ ޕެނަލްޓީ ދިނީ އެކުއެޑޯ އޭރިއާ ތެރެއިން ސާއަށް އެކުއެޑޯގެ ހިންކާޕީ ކުރި ފައުލަކަށް.
'37 - ސެނެގާލަށް ފުރުސަތެއް. މެދުތެރެއިން ލިބުނު ހިލޭ ޖެހުމަކުން ޖެކޮބްސް ހުރަސް ކޮށްލި ބޯޅައަށް އަރައި ޕަތޭ ސިސް ބޮލުން ޖެހި ނަމަވެސް ދިޔައީ މާ މަތިން ބޭރަށް.
'33 - ސެނެގާލްގެ ރަނގަޅު ޑިފެންސެއް. އެކުއެޑޯގެ ފޯވަޑް ވެލެންސިއާ ވާތްފަޅިން އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން، ކުލިބާލީ ވަނީ ރަނގަޅު ޓެކުލެއްކޮށް ބޯޅަ ބޭރުކޮށްލައިފައި.
24' - ސެނެގާލަށް އިތުރު ފުރުސަތެއް. ސަބަލީ މެދުތެރެއިން ހޯދި ބޯޅައެއްގައި ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ޖެހި ބޯޅަ އަމާޒުވީ ގޯލްކީޕަރު އަތަށް. އެ ބޯޅަ ދިޔައީ އެކުއެޑޯ ޑިފެންޑަރަކު ގައިގައި ކުޑަކުޑަކޮށް ޖެހި މިސްރާބު ބަދަލުވެގެން.
'20 - އެކުއެޑޯގެ ޕްރެސިއާޑޯއަށް ސެނެގާލްގެ ސާ ކުރި ޓެކުލަކުން އޭނާއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެ ފަރުވާ ދޭން ޖެހިފައިވޭ. ފަރުވާއަށް ފަހު އަލުން އޭނާ ވަނީ ކުޅެން ނުކުމެފައި.
12' - އަނެއްކާވެސް ސެނެގާލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ރޮނގު ކައިރިން ކަހަލަ ގޮތަކަށް އެންޑިއާ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ އަރިމަތީ ދަނޑި ކައިރިން.
'10 - އެކުއެޑޯގެ ހަމަލާއެއް. މިދިޔަ ދެމެޗުގައިވެސް ގޯލު ޖެހި އެނާ ވެލެންސިއާ ދުރުން ފޮނުވާލި ބާރު ހަމަލާ ސެނެގާލްގެ ޑިފެންޑަރު ވަނީ ބްލޮކް ކޮށްފައި.
'8 - ސެނެގާލަށް ހުސް ފުރުސަތެއް. މެދުތެރެއިން ސަބަލީ ދުއްވާލި ބޯޅައިގައި ޑިއާއަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ، އޭނާ ފޮނުވާލީ ގޯލުގެ އަރިމަތިން ބޭރަށް.
'4 - އަނެއްކާވެސް ސެނެގާލްގެ ނުރައްކަލެއް. ކުރިއަށް ދުއްވާލި ބޯޅައަށް ސެނެގާލްގެ ފޯވަޑް މަސައްކަތް ކުރި ނަމަވެސް، އެކުއެޑޯގެ ގޯލްކީޕަރު ގަލިންޑޭޒް ވަނީ އޭރިއާ ބޭރަށް ނުކުމެ އެ ބޯޅަ ފައިން ސާފުކޮށް ބޭރުކޮށްލައިފަ.
'3 - ސެނެގާލަށް ހުސް ފުރުސަތެއް. އަރިމަތިން ހުރަސް ވެގެން އައި ބޯޅަ، އޭރިއާ ރޮނގުމަތީގައި ކަހަލަ ގޮތަކަށް ހުސްކޮށް ހުރި އިދްރީސީ ގާނާ ގޭއަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށް.
މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ އެކުއެޑޯއިން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ހަވަނަ މެޗުގައި އެކުއެޑޯއާއި ސެނެގާލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ސެނެގާލުން ކުޅުނު ފުރަތަމަ މެޗުގައި ނެދަލޭންޑްސް ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުން. އެ ބަލިން އަރައިގަނެ، ސެނެގާލުން ގަދަ 16 އަށް އުންމީދު އާކުރީ 3-1 ގެ ނަތީޖާއަކުން ގަތަރު ބަލިކޮށްގެން. އެކުއެޑޯން ފުރަތަމަ ކުޅުނު މެޗުގައި ގަތަރު ބަލިކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުން. ދެވަނަ މެޗުގައި ނެދަލޭންޑްސްއާ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުން.
ގަދަ 16 ޔަގީންކުރަން ސެނެގާލަށް އޮތް މަގަކީ އެކުއެޑޯ ބަލިކުރުން. މެޗުން ޕޮއިންޓެއް ހޯދައިގެންވެސް އެކުއެޑޯއަށް ގަދަ 16 ޔަގީން ކުރެވޭނެ.