މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެން. މޮޅާއެކު ޕޯޗުގަލް ގަދަ 16 އަށް.
'90+8 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ފެނާންޑޭޒް ފޮނުވާލި ހަމަލާ، އުރުގުއާއީގެ ކީޕަރު ރޮޗޭ ވަނީ މަތަކޮށްފައި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދައްކާފައިވަނީ ނުވަ މިނެޓު.
'90+3 - ޕެނަލްޓީ ކާމިޔާބުކޮށް، ޕޯޗުގަލުން ލީޑު ފުޅާކޮށްފި. ޕޯޗުގަލްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ބްރޫނޯ ފެނާންޑޭޒް.
'90 - ޕެނަލްޓީ އޭރިއާ ތެރެއިން ހިމެނޭޒްގެ އަތުގައި ބޯޅަ ޖެހުނުތޯ ބެލުމަށް ވީއޭއާރަށް ބެލުމަށްފަހު ޕޯޗުގަލަށް ޕެނަލްޓީއެއް ދީފި.
'86 - އުރުގުއާއީ އިން ބަދަލެއް. އޮލިވޭރާގެ ބަދަލުގައި ކުޅެން ނުކުތީ ވިނާ.
'82 - ޕޯޗުގަލުން ތިން ބަދަލު. ފީލިކްސް އާއި ރޮނާލްޑޯ އާއި ވިލިއަމް ކަވާލިއޯގެ ބަދަލުގައި ކުޅެން ނުކުތީ މެތައުސް ނުނޭސް އާއި ގޮންކާލޯ ރާމޯސް އަދި ޖޮއާއޯ ޕަލްހީނިއޯ.
'79 - އުރުގުއާއީއަށް ހުސް ފުރުސަތެއް. ވަލްވާޑޭ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑި އަރަކޭސްޓާ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި.
'78 - އުރުގުއާއީއަށް ރަނގަޅު ފުރުސަތެއް. ޑި އަރަކޭސްޓާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސުއަރޭޒް ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'75 - އުރުގުއާއީގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ގޮމޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ޕޯޗުގަލް ގޯލުގެ އަރިމަތީ ދަނޑިއަށް.
'73 - އުރުގުއާއީ އިން ދެ ބަދަލެއް. ނުނޭޒް އާއި ކަވާނީގެ ބަދަލުގައި ކުޅެން ނުކުތީ ގޮމޭޒް އާއި ލުއިސް ސުއަރޭޒް.
'69 - ޕޯޗުގަލުން ބަދަލެއް. ރުބެން ނެވޭސްގެ ބަދަލުގައި ކުޅެން ނުކުތީ ރަފައެލް ލިއާއޯ.
'62 - އުރުގުއާއީ އިން ދެ ބަދަލެއް. ވެސީނޯގެ ބަދަލުގައި ޑި އަރަސްކޭޓާ އަދި ގޮޑިންގެ ބަދަލުގައި ކުޅެން ނުކުތީ ޕެލިސްޓްރީ.
'60 - އުރުގުއާއީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ނުނޭޒް ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދާފައި.
'58 - އުރުގުއާއީއަށް ފުރުސަތެއް. ޑާވިން ނުނޭޒް ނަގައިދިން ހުރަހަކުން ޕޯޗުގަލް ޕެނަލްޓީ އޭރިއާ ތެރެއިން ކަވާނީގެ ފައިގައި ރަނގަޅަށް ލައްވާލާ ގޮތެއް ނުވި.
'54 - ޕޯޗުގަލުން ގޯލު ޖަހައި ލީޑު ހޯދައިފި. ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒް. ފެނާންޑޭޒް ނަގައިދިން ބޯޅައަށް ޕެނަލްޓީ އޭރިއާ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މަސައްކަތްކުރި. ނަމަވެސް އެ ބޯޅަ ގޯލަށް ވަދެފައިވަނީ ރޮނާލްޑޯގެ ބޮލުގައި ނުޖެހި.
'52 - ޕޯޗުގަލްގެ ނުރައްކާތެރި ހަމަލާއެއް. ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފީލިކްސް ފޮނުވާލި ހަމަލާ، އުރުގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ޕޯޗުގަލް އަދި އުރުގުއާއީއަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'42 - ޕޯޗުގަލުން ބަދަލެއް. އަނިޔާއަކާ ގުޅިގެން ނޫނޯ މެންޑޭޒްގެ ބަދަލުގައި ކުޅެން ނުކުތީ ރަފައެލް ގުރޭރޯ.
'38 - ވަރޭލާއަށް ކުރި ފައުލަކާ ގުޅިގެން ރުބެން ނެވޭސްއަށް ރީނދޫ ކާޑެއް.
'32 - އުރުގުއާއީގެ ނުރައްކަލެއް. މެދު ރޮނގުން ބޯޅަ ހިފައިގެން ޕޯޗުގަލް ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ބެންޓަންކޫރް ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި.
'25 - ޕޯޗުގަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، އުރުގުއާއީގެ ގޯލަށް ނުރައްކާކުރުމަށް ފުރުސަތެއް ހޯދުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން. ނަމަވެސް، އުރުގުއާއީގެ ގޯލާ އަމާޒުކޮށް އަދި ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.
'18 - ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުން، އުރުގުއާއީ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ބްލޮކްވެއްޖެ.
'16 - ޕޯޗުގަލުގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖޮއާއޯ ފީލިކްސް ފޮނުވާލި ހަމަލާ، އުރުގުއާއީ ޑިފެންޑަރު ހިމެނޭޒް ވަނީ ބްލޮކްކޮށްފައި.
'12 - އުރުގުއާއީއަށް ފުރުސަތެއް. ވަލްވާޑޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ހިމެނޭޒް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'8 - ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، އުރުގުއާއީގެ ގޯލާ އަމާޒެއް ނުވި.
'6 - ރުބެން ޑިއާޒްއަށް ކުރި ފައުލަކާ ގުޅިގެން އުރުގުއާއީގެ ބެންޓަންކޫރްއަށް ރީނދޫ ކާޑެއް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އުރުގުއާއީ އިން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގެ ހަތަރުވަނަ މެޗުގައި ޕޯޗުގަލާއި އުރުގުއާއީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މެޗަށް ނުކުންނަ އިރު ޕޯޗުގަލް އޮތީ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުގައި 3-2 އިން ގާނާ ބަލިކޮށްފައި. އެ މެޗުގައި ގޯލު ޖަހައި ރޮނާލްޑޯ ވެފައިވަނީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ފަސް މުބާރާތެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށް. އަނެއްކޮޅުން ނުކުންނަ ދެފަހަރުގެ ޗެމްޕިއަން އޮތީ ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ ކައިރިން އެއްވަރުވެފައި.
މެޗުން މޮޅުވެ، ޕޯޗުގަލަށް ގަދަ 16 ޔަގީން ކުރެވޭނެ. އުރުގާއާއީ އުންމީދު ބޮޑުކުރަން މޮޅެއް މުހިއްމު.
އެންމެފަހުން ކުޅުނު ވޯލްޑް ކަޕް 2018 ގައި ކުއާޓާ ފައިނަލުގައި ވާދަކުރަން ޖެހުނީ ޕޯޗުގަލާއި އުރުގުއާއީ، މެޗު 2-1 އިން ކާމިޔާބުކުރީ އުރުގުއާއީ. އެ މެޗުގައި ޕޯޗުގަލްގެ ގޯލު ޕެޕޭ ޖަހައިދިން އިރު، އުރުގުއާއީގެ ދެ ގޯލުވެސް ޖަހައިދިނީ އެޑިސަން ކަވާނީ. އުރުގުއާއީ އިން ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ 11 އަށް ކަވާނީ ނުކުތް ނަމަވެސް، މިރޭގެ މެޗުގައި 11 ގައި އޭނާ ހިމަނާފައިވޭ.