ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ބްރެޒިލް 1-0 ސްވިޒަލޭންޑް (ފުލްޓައިމް)

29 Nov 04:39

މެޗުގެ އުސްއަލިތައް:

  • ބްރެޒިލާއި ސްވިޒަލޭންޑްސްވެސް މެޗަށް ނުކުތީ މޮޅުވެ ގަދަ 16 ޔަގީންކުރަން
  • ބްރެޒިލުން ރަނގަޅަށް ފެށި ނަމަވެސް ހަމަލާތައް މަދު
  • ބްރެޒިލް މެޗަށް ނުކުތީ އަނިޔާގައި ހުރި ޓީމުގެ ތަރި ނޭމާ ނުލައި
  • ވިނީޝިއަސް ޖޫނިއާއަށް ލިބުނު ފުރުސަތު އޭނާ ނަގާލި އިރު، ރަފީނިއާގެ ހަމަލާ މަތަކުރީ ސޮމާ
  • ސްވިޒަލޭންޑަށް މާ ބޮޑެތި ނުރައްކާތަކެއް ކުރެވިފައެއް ނުވޭ
  • ސްވިޒަލޭންޑަށް ހަމަލާއަކަށް ފުރުސަތު ނުދީ ބްރެޒިލުން ދިޔައީ ހަމަލާއަކަށް އިންތިޒާރު ކުރަމުން
  • ބްރެޒިލްގެ އެޓޭކް ވަރުގަދަ ކުރަން ކޯޗު ބަދަލުތައް ގެނެސްފައިވޭ
  • ހަމަލާތައް މަދުކޮށް ދެވަނަ ހާފުގައިވެސް ފެނުނު އިރު، ބްރެޒިލް ލީޑު ނެގީ ނިމެން ދަނިކޮށް
  • ލީޑު ނަގަން ވިނީޝިއަސް ޖޫނިއާ ޖެހި ބޯޅަ ގޯލަށް ވަން ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑަށް
  • ބްރެޒިލްގެ ގޯލު ޖެހީ ކަސެމީރޯ، އެ ގޯލާއެކު ބްރެޒިލުން ގަދަ 16 ޔަގީންކުރި
  • ސްވިޒަލޭންޑަށް ފަހު މެޗުން ޕޮއިންޓަކާއެކު ގަދަ 16 އަށް ދެވޭނެ
  • އޭގެ ފަހުން ރޮޑްރީގޯ ޖެހި ބޯޅަ
29 Nov 03:54

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެން. އެ ނަތީޖާއާއެކު ބާކީ އެއް މެޗު އޮއްވައި، ބްރެޒިލަށް ވަނީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައި.

29 Nov 03:52

'90+4 - ބްރެޒިލަށް ރަނގަޅު ފުރުސަތެއް. ވިނީޝިއަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮޑްރީގޯ ފޮނުވާލި ބާރު ހަމަލާ، ސްވިޒަލެންޑްގެ ޑިފެންޑަރު އަކާންޖީ ވަނީ ބްލޮކްކޮށްފައި.

29 Nov 03:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

29 Nov 03:45

'87 - ބްރެޒިލުގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ރޮޑްރީގޯ ފޮނުވާލި ބާރު ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ މަތަކޮށްފައި.

29 Nov 03:44

'86 - ބްރެޒިލުން ވެސް ބަދަލެއް. އެލްކްސް ސެންޑްރޯގެ ބަދަލުގައި ކުޅެން ނުކުތީ އެލެކްސް ޓެލޭސް.

29 Nov 03:43

'86 - ސްވިޒަލެންޑުން ބަދަލެއް. ވިޑްމާގެ ބަދަލުގައި ކުޅެން ނުކުތީ ފަބިއަން ފްރައި.

29 Nov 03:42

'83 - ބްރެޒިލުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ރޮޑްރީގޯ ދިން ބޯޅައަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކަސެމީރޯ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސްވިޒަލެންޑް ޑިފެންޑަރު އަކާންޖީގެ ގައިގައި ޖެހި، ކޮންމެވެސް ވަރަކަށް މިސްރާބު ބަދަލުވެގެން.

29 Nov 03:39

'82 - ބްރެޒިލްގެ ހަމަލާއެއް. ގުމޭރޭސް ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ކީޕަރު ސޮމާއާ ދިމާއަށް.

29 Nov 03:33

'75 - ސްވިޒަލެންޑުން ވެސް ދެ ބަދަލެއް. ސޯ އާއި އެމްބޯލޯގެ ބަދަލުގައި ކުޅެން ނުކުތީ އޭބިޝާ އަދި ސެފެރޮވިޗް.

29 Nov 03:32
29 Nov 03:31

'74 - ބްރެޒިލުން ދެ ބަދަލު. ރަފީނާ އަދި ރިޗާލިސަންގެ ބަދަލުގައި އޮންޓޮނީ އާއި ޖެބްރިއަލް ޖެސޫސް.

29 Nov 03:30

'72 - ކަސެމީރޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރިޗާލިސަން ނުރައްކާކުރުމުގެ ކުރިން ސްވިޒަލެންޑް ޑިފެންޑަރު ބޯޅަ ދިފާއުކޮށްފި.

29 Nov 03:24

'66 - ވިނީޝިއަސް ގޯލު ޖެހި އިރު، އޭގެ ކުރިން ބްރެޒިލްގެ ކުޅުންތެރިޔަކު އޮފްސައިޑް މަގާމެއްގައި ހުރިތޯ ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށް. އެހެންކަމުން ގޯލު ބަލައިގެންފައެއް ނުވޭ. އޮފްސައިޑް މަގާމަކުން ބޯޅައަށް މަސައްކަތްކުރީ ރިޗާލިސަން.

29 Nov 03:22

'64 - ބްރެޒިލުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ގުމޭރޭސް ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާ.

29 Nov 03:18

'60 - ސްވިޒަލެންޑުން ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން އެޑްމިލްސަން ފެނާންޑޭޒް ފޮނުވާލި ހަމަލާ، ބްރެޒިލްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.

29 Nov 03:17

'59 - ސްވިޒަލެންޑުން ދެ ބަދަލެއް.ރީޑާ އާއި ވާގާސްގެ ބަދަލުގައި ކުޅެން ނުކުތީ އެޑްމިލްސަން ފެނާންޑޭޒާއި ރެނާޓޯ ސްޓެފަން.

29 Nov 03:16

58 - ބްރެޒިލުން ބަދަލެއް. ފްރެޑްގެ ބަދަލުގައި ބްރޫނޯ ގުމިރޭޝް.

29 Nov 03:14

'56 - ބްރެޒިލްގެ ނުރައްކަލެއް. ވިނީޝިއަސް ދިން ރީތި ބޯޅަ، ރިޗާލިސަންގެ ފައިގައި ލައްވާލާ ގޮތެއް ނުވި. ބޯޅަ ގޯލު ކުރިމަތިން ބޭރަށް.

29 Nov 03:11

'53 - ސްވިޒަލެންޑްގެ ނުރައްކަލެއް. ވިޑްމާ ދިން ބޯޅަ، ވާގަސްއަށް ލިބުމުގެ ކުރިން ބްރެޒިލް ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި. ނަމަވެސް އެ ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވުމުން ބްރެޒިލްގެ ޑިފެންސަށް ޕްރެޝަރެއް ކުރިމަތިވި.

29 Nov 03:09

'52 - ސޯއަށް ކުރި ފައުލަކާ ގުޅިގެން ބްރެޒިލްގެ ފްރެޑަށް ރީނދޫ ކާޑެއް.

29 Nov 03:08

'50 - ރޮޑްރީގޯއަށް ކުރި ފައުލަކާ ގުޅިގެން ސްވިޒަލެންޑްގެ ރިއެޑާއަށް ރީނދޫ ކާޑެއް.

29 Nov 03:03

ދެވަނަ ހާފަށް ބްރެޒިލުން ނުކުތީ ބަދަލަކާއެކު. ލޫކަސް ޕަކެޓާގެ ބަދަލުގައި ކުޅެން ނުކުތީ ރޮޑްރީގޯ.

29 Nov 03:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

29 Nov 02:48

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ބްރެޒިލާއި ސްވިޒަލޭންޑްސްވެސް މެޗަށް ނުކުތީ މޮޅުވެ ގަދަ 16 ޔަގީންކުރަން
  • ބްރެޒިލުން ރަނގަޅަށް ފެށި ނަމަވެސް ހަމަލާތައް މަދު
  • ބްރެޒިލް މެޗަށް ނުކުތީ އަނިޔާގައި ހުރި ޓީމުގެ ތަރި ނޭމާ ނުލައި
  • ވިނީޝިއަސް ޖޫނިއާއަށް ލިބުނު ފުރުސަތު އޭނާ ނަގާލި އިރު، ރަފީނިއާގެ ހަމަލާ މަތަކުރީ ސޮމާ
  • ސްވިޒަލޭންޑަށް މާ ބޮޑެތި ނުރައްކާތަކެއް ކުރެވިފައެއް ނުވޭ
29 Nov 02:46

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ބްރެޒިލް އަދި ސްވިޒަލެންޑަށް ގޯލެއް ނުޖެހި އެއްވަރުވެގެން.

29 Nov 02:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.

29 Nov 02:39

'39 - ރޮޑްރިގޭޒް ދިން ބޯޅައިން ބްރެޒިލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސްވިޒަލެންޑްގެ ވާގަސްއަށް ނުރައްކާކުރެވޭ ގޮތެއް ނުވި.

29 Nov 02:37
29 Nov 02:37

'37 - ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކޮށް ފެންނަނީ ބްރެޒިލް. ސްވިޒަލެންޑުން ކުޅެނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން. އެޓީމުން ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށް މަސައްކަތްކުރޭ.

29 Nov 02:31

'31 - ބްރެޒިލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ރަފީނާ ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ގޯލްކީޕަރު ސޮމާގެ އަތަށް.

29 Nov 02:28

'27 - ބްރެޒިލަށް ހުސް ފުރުސަތެއް. ރަފީނާ ދިން ބޯޅަ ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ވިނީޝިއަސް ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ކީޕަރު ޔޭން ސޮމާ ވަނީ މަތަކޮށްފައި.

29 Nov 02:26

'26 - ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސްވިޒަލެންޑްގެ ފްރޮއިލާ ނުރައްކާކުރުމުގެ ކުރިން ބްރެޒިލް ޑިފެންޑަރު މާކީނިއޯސް އެ ބޯޅަ ހޯދައިފި.

29 Nov 02:21
29 Nov 02:21

ގަދަ 16 އަށް ދެ ޓީމަށް އޮތް ފުރުސަތު

  • ބްރެޒިލް: ސްވިޒަލޭންޑް ބަލިކޮށް ގަދަ 16 އަށް ދެވޭނެ
  • ސްވިޒަލޭންޑް: ބްރެޒިލް ބަލިކޮށް ގަދަ 16 ޔަގީން ކުރެވޭނެ
  • ބައްޔަކާއެކުވެސް ދެޓީމަށްވެސް އަދި ފުރުސަތު އޮންނާނެ
  • ގްރޫޕް ޖީގެ ހަތަރު ޓީމަށްވެސް އަދި ގަދަ 16ގެ ފުރުސަތު އެބައޮތް
29 Nov 02:20

'19 - ޕަކޭޓާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ބްރެޒިލް ފޯވަޑް ރިޗާލިސަންއަށް ލިބުމުގެ ކުރިން ސްވިޒަލެންޑް ޑިފެންޑަރުން ދިފާއުކޮށްފި.

29 Nov 02:15
29 Nov 02:13

'12 - ބްރެޒިލްގެ ނުރައްކަލެއް. ރިޗާލިސަން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ވިނީޝިއަސް ޖޫނިއާއަށް ލިބުމުގެ ކުރިން ސްވިޒަލެންޑްގެ ވިޑްމާ ވަނީ ދިފާއުކޮށްފައި.

29 Nov 02:10

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިއެއް ނުވޭ. ބްރެޒިލުގެ ހަލުވި ފޯވަޑުންގެ ނުރައްކާ ވެސް އަދި ފެނިފައެއް ނުވޭ.

29 Nov 02:05

'5 - ބްރެޒިލް ކީޕަރު އެލިސަންގެ ގޯހެއް. ނަމަވެސް އެ ބޯޅައިން ސްވިޒަލެންޑަށް ނުރައްކާކުރެވޭ ގޮތެއް ނުވި.

29 Nov 02:02

ބްރެޒިލްގެ ފުރަތަމަ މެޗުގައި ނޭމާއަށް ލިބުނު އަނިޔާއާ ގުޅިގެން މި މެޗުގައި އޭނާ ނުފެންނާނެ. އޭގެ އިތުރުން ކެމަރޫނާ ދެކޮޅަށް ކުޅޭ ގްރޫޕުގެ ފަހު މެޗުގައި ވެސް އޭނާ ނުފެންނާނެ.

29 Nov 02:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްވިޒަލެންޑުން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ހަތަރުވަނަ މެޗުގައި ބްރެޒިލާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނަ އިރު، ދެޓީމުވެސް އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައި. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ގަދަ 16 ޔަގީންވާނެ. ދެ ޓީމުންވެސް ނުކުންނާނީ އެ ފުރުސަތުގެ ބޭނުން ކުރަން. ބްރެޒިލް ފުރަތަމަ މެޗުގައި ސާބިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުން. އެ މެޗުގައި ބްރެޒިލްގެ ދެ ގޯލުވެސް ޖެހީ ރިޗާލިސަން. ސްވިޒަލޭންޑުން ފުރަތަމަ މެޗުގައި ކެމަރޫން ބަލިކުރީ 1-0 ގެ ނަތީޖާއަކުން. މެޗުގައި ގޯލު ޖެހީ ބްރީލް އެމްބޯލޯ.

ނޭމާގެ އަނިޔާ، ބްރެޒިލަށް މާޔޫސްކަމެއް

  • ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ދެން ނުކުޅެވޭނެކަން ވަނީ ޔަގީންވެފައި
  • ބްރެޒިލްގެ ތަރި ނޭމާއަށް އަނިޔާވީ އެޓީމުން ސާބިއާއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖު މެޗުގައި
  • މެޗުގައި އަނިޔާވީ ނޭމާ ފައިގެ ކުޑަހުޅަށް، ޓީމް ޑޮކްޓަރު ބުނީ އަނިޔާވީ ލިގަމެންޓަށް ކަމަށް
  • އަނިޔާއާ ގުޅިގެން ނޭމާ ވަނީ އަސަރުގަދަ މެސެޖެއް މީޑިއާއަށް ދޫކޮށްލައިފައި
  • ކޯޗު ޓީޓޭ ބުނީ ނޭމާ އަދި މި މުބާރާތުގައި ކުޅޭނެކަމުގެ އުންމީދު ބޮޑު ކަމަށް

ބްރެޒިލާއި ސްވިޒަލޭންޑްގެ ކުރިމަތިލުންތަކަށް ކަޅިއެއް

ބްރެޒިލާއި ސްވިޒަލޭންޑް މީގެ ކުރިން ނުވަ މެޗެއްގައި ކުރިމަތިލި. އޭގެ ތެރެއިން ތިން މެޗުން ބްރެޒިލް މޮޅުވި އިރު، ސްވިޒަލޭންޑް ވަނީ ދެ މެޗުން މޮޅުވެފައި. އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެން. އެންމެފަހުން ދެ ޓީމު ވާދަކުރީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން. އޭގެ ކުރީ ވޯލްޑް ކަޕެއްގައި ދެގައުމުން ކުޅުނީ 1950 ގައި. އެމެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.