މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ގާނާ ކުރީގައި އޮވެގެން. ކޮރެއާއަށް ކޯނަރެއް ލިބިފައި އޮއްވައި، އެ ކޯނަރު ނެގުމުގެ ކުރިން މެޗު ނިންމައިލުމުން ޓީމުގެ ކޯޗު ޕައުލޯ ބެންޓޯ އާއި ކުޅުންތެރިން ވަނީ ޝަކުވާކޮށްފައި. ބެންޓޯއަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފައި.
'90+6 - ކޮރެއާގެ އިތުރު ނުރައްކަލެއް. ކިމް ޖިން ސޫ ނަގައިދިން ހުރަސް، ޗޯ ގޫ ސަންގްއަށް ލިބުމުގެ ކުރިން ގާނާގެ ކީޕަރު ޒިގީ ވަނީ ދިފާއުކޮށްފައި.
'90+4 - ކޮރެއާއަށް އިތުރު ފުރުސަތެއް. ލީ ކަންގް އިން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޗޯ ގޫ ސަންގް ފޮނުވާލި ހަމަލާ، ގާނާގެ ކީޕަރު ޒިގީ ވަނީ މަތަކޮށްފައި.
'90+2 - ކޮރެއާ އިން ބަދަލެއް. ކިމް މިން ޖޭގެ ބަދަލުގައި ކުޅެން ނުކުތީ ކުވޯން ކިޔުންގް ވޮން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދިހަ މިނެޓުގެ ކުޅުން ދައްކައިފި.
'90 - ކޮރެއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކޮރެއާ ކެޕްޓަން ސޮން ފޮނުވާލި ހަމަލާ ވެސް ގާނާގެ ޑިފެންޑަރުން ވަނީ ބްލޮކޮށްފައި.
'88 - ގާނާގެ ބަދަލެއް. މެންސާގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުލްރަހުމާން ބަބާ.
'84 - ކޮރެއާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ކިމް ޖިން ސޫ ފޮނުވާލި ހަމަލާ ދިޔައީ ގާނާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'83 - ގާނާ އިން އިތުރު ބަދަލެއް. މެޗުގައި ދެ ގޯލު ޖެހި ކުޑޫސްގެ ބަދަލުގައި ކުޅެން ނުކުތީ ޖިކޫ.
'79 - ކޮރެއާ އިން ވެސް ބަދަލެއް. ޖުންގް ވޫ ޔަންގްގެ ބަދަލުގައި ކުޅެން ނުކުތީ ހުވާންގް ޔުއީ ޖޯ.
'79 - ގާނާގެ ތިން ބަދަލެއް. އަންދްރޭ އަޔޫ އާއި ޖޯޑަން އަޔޫ އަދި ލަމްޕްޓޭގެ ބަދަލުގައި ކުޅެން ނުކުތީ ކިޔެރޭ އާއި އޮޑޮއި އަދި ސުލޭމާނާ.
'76 - ކޮރެއާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކިމް ޖިން ސޫ ފޮނުވާލި ހަމަލާ، ގޯލު ލައިން މަތިން ގާނާ ޑިފެންޑަރު ސަލީސޫ ދިފާއުކޮށްފި.
'77 - ކޮރެއާގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ކޮރެއާ ކެޕްޓަން ސޮން ފޮނުވާލި ހަމަލާ، ގާނާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
'75 - ކޮރެއާގެ ނުރައްކަލެއް. ލީ ކަންގް އިން ފޮނުވާލި ހިލޭ ޖެހުން، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް ގާނާގެ ކީޕަރު ޒިގީ ވަނީ މަތަކޮށްފައި.
'73 - ކޮރެއާ ކެޕްޓަން ސޮންއަށް ކުރި ފައުލަކާ ގުޅިގެން ގާނާގެ ތާރިގް ލަމްޕްޓީއަށް ރީނދޫ ކާޑެއް.
'68 - ގާނާ އިން ގޯލެއް ޖަހައި، އަލުން ލީޑު ހޯދައިފި. ގިޑިއޮން މެންސާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ގާނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން މުހައްމަދު ކުޑޫސް. އެ ބޯޅަ، ފޮނުވާލުމަށް ގާނާގެ އިނާކީ ވިލިއަމް ވެސް މަސައްކަތްކުރި. ނަމަވެސް އޭނާގެ ފައިގައި ބޯޅަ ލައްވާލައިފައެއް ނުވޭ.
'61 - ކޮރެއާ އިން އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ކިމް ޖިން ސޫ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކޮރެއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ޗޯ ގޫ ސަންގް.
'58 - ކޮރެއާ އިން ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފި. ލީ ކަންގް އިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޮރެއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޗޯ ގޫ ސަންގް.
53' ކޮރެއާގެ ހަމަލާއެއް. އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައިގައި ޗޯ ބޮލުން ޖެހި ބޯޅަ ކައިރި ކަނަށް ވަންނަން ދަނިކޮށް ގާނާ ކީޕަރު ޒިގީ ވަނީ އެ ބޯޅަ ދިފާއުކޮށްފައި. ރަނގަޅު ސޭވްއެއް.
50' ގާނާގެ ހަމަލާއެއް. އަރިމަތިން ތާރިގް ލަމްޕްޓޭ އެތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ދެވަނަ ހާފަށް ކޮރެއާ ނުކުންނަނީ ބަދަލަކާއެކު. ޖިއޮންގް ވޫ ޔަންގްގެ ބަދަލުގައި ކުޅެން ނުކުތީ ނާ ސަންގް ހޯ.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ގާނާ ކުރީގައި އޮވެގެން.
'45+5 - ގާނާގެ ނުރައްކަލެއް. ޖޯޑަން އަޔޫ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ތޯމަސް ޕާޓޭ ފޮނުވާލި ހަމަލާ، ކޮރެއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'40 - ކޮރެއާ އިން ގާނާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްތަކެއް ނެގި ނަމަވެސް، ގޯލަށް ނުރައްކާކުރެވޭ ގޮތެއް ނުވޭ.
'34 - ގާނާ އިން އިތުރު ގޯލެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފި. ޖޯޑަން އަޔޫ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ގާނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ކޫޑުސް.
'27 - ކުޑުސްއަށް ކުރި ފައުލަކާ ގުޅިގެން ކޮރެއާގެ ޔުންގް ވޫ ޔަންގްއަށް ރީނދޫ ކާޑެއް.
'27 - ކޮރެއާ ޕެނަލްޓީ އޭރިއާ ތެރެއިން އަންދްރޭ އަޔޫގެ އަތުގައި ބޯޅަ ޖެހުނުތޯ ރެފްރީ ވީއޭއާރުގެ އެހީ ހޯދުމަށްފަހު، ނިންމީ ގޯލެއް ކަމަށް.
'24 - ގާނާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޖޯޑަން އަޔޫ ނަގައިދިން ހިލޭ ޖެހުމަކުން ކޮރެއާ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ގާނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލީސޫ.
'21 - ޗޯ ގޫ ސަންގްއަށް ކުރި ފައުލަކާ ގުޅިގެން ގާނާގެ ޑެނިއަލް އަމާޓޭއަށް ރީނދޫ ކާޑެއް.
'18 - ކޮރެއާގެ ހަމަލާއެއް. ކޮރެއާ ކެޕްޓަން ސޮން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޗޯ ގޫ ސަންގް ބޮލުން ފޮނުވާލި ހަމަލާ، ގާނާގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.
'12 - ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ކޮރެއާ ކެޕްޓަން ސޮން ނުރައްކާކުރުމުގެ ކުރިން ގާނާގެ ޑިފެންޑަރުން ބޯޅަ ދިފާއުކޮށްފި.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފައިގެން ނުރައްކާކޮށް ފެންނަނީ ކޮރެއާ.
'6 - ކޮރެއާ ކެޕްޓަން ސޮންއަށް ގާނާގެ ލަމްޕްޓީ ކުރި ފައުލަކާ ގުޅިގެން ކޮރެއާއަށް ހިލޭ ޖެހުމެއް.
'4 - ކައުންޓާ އެޓޭކުގައި ކުރައިށް ގޮސް، ކުވޮން ޗަންގް ހޫންގެ ނުރައްކާ ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ގާނާގެ އަމާޓޭ ދިފާއުކޮށްފި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ކޮރެއާ އިން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގެ ތިންވަނަ މެޗުގައި ދެކުނު ކޮރެއާ އާއި ގާނާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މެޗަށް ނުކުންނަ އިރު ގާނާ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުން. އެ މެޗުގައި ބަލިވުމުގެ މާޔޫސްކަމުގައި ގާނާ ކޯޗު އޮޓޯ އަޑޯ ވަނީ މެޗަށްފަހު ރެފްރީއަށްވެސް ފާޑު ކިޔާފައި. އެންމެ ބޮޑަށް ފާހަގަކުރެވުނީ އަޑޯ، ޕޯޗުގަލަށް ދިން ޕެނަލްޓީއަށް ކީ ފާޑު. އޭނާ ބުނީ އެ ޕެނަލްޓީއަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެގެން ދިން ފައުލެއް ކަމަށް. އަނެއްކޮޅުން ނުކުންނަ ދެކުނު ކޮރެއާ، ފުރަތަމަ މެޗުގައި އުރުގުއާއީއާ އެއްވަރުކުރީ 0-0 ގެ ނަތީޖާއަކުން.