މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ކުރީގައި އޮވެގެން. އެ ނަތީޖާއާއެކު ކެނެޑާ ވަނީ މުބާރާތުން ކަޓާފައި. ކްރޮއޭޝިއާއަށް ވަނީ ގަދަ 16 ގެ އުންމީދު ބޮޑުވެފައި.
'90+4 - ކްރޮއޭޝިއާ އިން އިތުރަށް ލިޑު ފުޅާކޮށްފި. މިސްލާވް އޯސިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލޮވްރޯ މާޔާ. އެ ގޯލު ކްރޮއޭޝިއާ އިން ކާމިޔާބުކުރީ ކެނެޑާ ޑިފެންޑަރު ކަމާލް މިލާ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން.
'90+3 - ކެނެޑާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ހޮއިލެޓް ފޮނުވާލި ހަމަލާ ދިޔައީ ކްރޮއޭޝިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.
'86 - ކްރޮއޭޝިއާގެ ތިން ބަދަލެއް. ކޮވަސިޗް އާއި ޕެރިސިޗް އަދި މޮޑްރިޗްގެ ބަދަލުގައި ކުޅެން ނުކުތީ މާޔާ އާއި ޕަސަލިޗް އަދި އޯސިޗް.
'84 - ކެނެޑާގެ މިލާ އާއި ކްރޮއޭޝިއާ ކެޕްޓަން މޮޑްރިޗަށް ރީނދޫ ކާޑެއް.
'78 - ކެނެޑާ ކީޕަރު ބޯރިއާންގެ ދެ ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ޕެރިސިޗް އަދި ބްރޮޒޮވިޗް ފޮނުވާލި ހަމަލާ ވެސް ކީޕަރު ބޯރިއާން ވަނީ މަތަކޮށްފައި.
'73 - ކެނެޑާ އިން ދެ ބަދަލެއް. ހަޗިންސަންގެ ބަދަލުގައި ސެމުއެލް އަޑެކުގްބޭ، އަދި ޖޮނަތަން ޑޭވިޑްގެ ބަދަލުގައި ކުޅެން ނުކުތީ ލޫކަސް ކަވަލީނީ.
'72 - ކްރޮއޭޝިއާ އިން ބަދަލެއް. ކްރަމިރިޗްގެ ބަދަލުގައި ކުޅެން ނުކުތީ ނިކޯލާ ވްލަސިޗް.
'70 - ކްރޮއޭޝިއާ އިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ޕެރިސިޗް ދިން ބޯޅައަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ކްރަމަރިޗް. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ކެނެޑާ ގޯލުގެ ތިރީ ކަނަކަށް.
'69 - ކޮވަސިޗް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ޕެޓްކޮވިޗްއަށް ލިބުމުގެ ކުރިން ކެނެޑާ ކީޕަރު ބޯރިއާން ކުރިއަށް ނުކުމެ، އެ ބޯޅަ ހޯދައިފި.
'62 - ކެނެޑާ އިން ވެސް ބަދަލެއް. ލަރޭއާގެ ބަދަލުގައި ކުޅެން ނުކުތީ ޖޫނިއާ ހޮއެލިޓް.
'60 - ކްރޮއޭޝިއާ އިން ބަދަލެއް. ލިވާޔާގެ ބަދަލުގައި ކުޅެން ނުކުތީ ބްރޫނޯ ޕެޓްކޮވިޗް.
'56 - ކްރޮއޭޝިއާ ޑިފެންޑަރު ލޮވްރެންއަށް ރީނދޫ ކާޑެއް.
'56 - ކެނެޑާގެ ނުރައްކާތެރި ހަމަލާއެއް. ބޫކޭނަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖޮނަތަން ޑޭވިޑް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް ވަނީ މަތަކޮށްފައި.
'54 - ކެނެޑާ ކީޕަރު މިލާން ބޯރިއާންގެ މޮޅު ސޭވްއެއް. މޮޑްރިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކްރޮއޭޝިއާ ފޯވަޑް ކްރަމަރިޗް ފޮނުވާލި ހަމަލާ، ކެނެޑާ ކީޕަރު ބޯރިއާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'52 - ގުވާޑިއޯލްއަށް ކުރި ފައުލަކާ ގުޅިގެން ކެނެޑާގެ ބޫކޭނަންއަށް ރީނދޫ ކާޑެއް.
'49 - ކެނެޑާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޮސޯރިއޯ ފޮނުވާލި ހަމަލާ ދިޔައީ ކްރޮއޭޝިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
ކެނެޑާ އިން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލަކާއެކު. ޔޫސްތާކިއޯގެ ބަދަލުގައި އިސްމާއިލް ކޯނޭ، އަދި ލަރިންގެ ބަދަލުގައި ކުޅެން ނުކުތީ ޖޮނަތަން އޮސޯރިއޯ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ކުރީގައި އޮވެގެން. ކްރޮއޭޝިއާ އިން ކުރި ހޯދީ ކެނެޑާ އިން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި.
'45+2 - ކްރޮއޭޝިއާއަށް އިތުރު ފުރުސަތެއް. ޕެރިސިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކްރަމަރިޗް ފޮނުވާލި ހަމަލާ، ކެނެޑާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'44 - ކްރޮއޭޝިއާ އިން އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފި. ޖޯސިޕް ޔުރަނޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މާކޯ ލިވާޔާ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ކެނެޑާ ގޯލުގެ ތިރީ ކަނަކަށް.
'36 - ކްރޮއޭޝިއާ އިން ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފި. އިވާން ޕެރިސިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަންދްރޭ ކްރަމަރިޗް. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ކެނެޑާ ގޯލުގެ ތިރީ ކަނަކަށް.
'35 - ކްރޮއޭޝިއާގެ ނުރައްކަލެއް. ކޮވަސިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލިވާޔާ ފޮނުވާލި ހަމަލާ، ކެނެޑާގެ ކީޕަރު ބޯޖާން ވަނީ މަތަކޮށްފައި.
'31 - އަލްފޮންސޯ ޑޭވީސް ނަގައިދިން ހިލޭ ޖެހުމުން ކެނެޑާއަށް ނުރައްކަލެއް ނުކުރެވުނު. ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާ ޑިފެންޑަރުން ވަނީ އެ ބޯޅަ ދިފާއުކޮށްފައި.
'30 - އަލްފޮންސޯ ޑޭވިސްއަށް ކްރޮއޭޝިއާގެ ލޮވްރެން ކުރި ފައުލަކާ ގުޅިގެން ކެނެޑާއަށް ހިލޭ ޖެހުމެއް.
'26 - ލިވާޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެނެޑާގެ ގޯލުގެ ތެރެއަށް ކްރޮއޭޝިއާ ފޯވަޑް ކްރަމަރިޗް ބޯޅަ ފޮނުވާލި ނަމަވެސް، ލަރޭޔާ ހުރީ އޮފްސައިޑް މަގާމެއްގައި.
'22 - ކްރޮއޭޝިއާއަށް ފުރުސަތެއް. ކޮވަސިޗް ދިން ބޯޅައަކުން ކެނެޑާގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިވާޔާ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، އޭނާގެ ފައިގައި ރަނގަޅަށް އެ ބޯޅަ ލައްވާލައިފައެއް ނުވޭ.
'20 - ކްރަމަރިޗް ދިން ބޯޅަ، ކެނެޑާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗަށް ރަނގަޅަށް ކޮންޓްރޯލެއް ނުކުރެވުނު.
'15 - ލަރިން ދިން ބޯޅަ، ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކެނެޑާގެ އަލްފޮންސޯ ޑޭވީސްއަށް ލިބުމުގެ ކުރިން ކޮވަސިޗް، އެ ބޯޅަ ދިފާއުކޮށްފި.
ކެނެޑާގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް ގޯލު ޖެހުމަށް ވެސް އަލްފޮންސޯ ޑޭވީސްއަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ. އެ މެޗުގެ 11 ވަނަ މިނެޓުގައި ޑޭވީސް ފޮނުވާލި ޕެނަލްޓީ، ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުވާ ވަނީ މަތަކޮށްފައި.
'2 - ކެނެޑާއިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޓަހޯން ބޫކޭނަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކެނެޑާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި އަލްފޮންސޯ ޑޭވީސް. މިއީ ވޯލްޑް ކަޕެއްގައި ކެނެޑާ އިން ޖެހި ފުރަތަމަ ގޯލު.
މެޗުގެ ކުޅުން ފަށައިފި.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގެ ހަތަރު ވަނަ މެޗުގައި ކްރޮއޭޝިއާއާއި ކެނެޑާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް އެންމެފަހުގެ ޗެމްޕިއަން ކްރޮއޭޝިއާ ނުކުންނަނީ ފުރަތަމަ މެޗުގައި މޮރޮކޯ ކައިރީ ގޯލެއް ނުޖެހި އެއްވަރުވެފައި އޮވެގެން. ގަދަ 16 އަށް ފުރުސަތު ބޮޑުކުރަން އެޓީމަށް މިރޭގެ މެޗު ކާމިޔާބުކުރުން މުހިއްމު. ކެނެޑާއިން ކުޅެން ޖެހޭނީ މަރުގެ މެޗެއް. މިރޭގެ މެޗުން ކްރޮއޭޝިއާއިން ބަލިވެއްޖެނަމަ ކެނެޑާ ކަޓާނެ. ކެނެޑާއިން ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް ކައިރީ އެޓީމުން ރަނގަޅަށް ކުޅުނު ނަމަވެސް ބަލިވީ 1-0 ގެ ނަތީޖާއަކުން.