މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކޮސްޓަ ރީކާ ކުރީގައި އޮވެގެން.
'90+5 - ކޮސްޓަ ރީކާ އިން ބަދަލެއް. ކޭމްޕްބެލްގެ ބަދަލުގައި ކުޅެން ނުކުތީ ޑެނިއެލް ޗަކޯން.
'90+3 - ޓަހޭޔާއަށް ކުރި ފައުލަކާ ގުޅިގެން ޖަޕާނުގެ އެންޑޯއަށް ރީނދޫ ކާޑެއް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.
'89 - ކޮސްޓަ ރީކާއިން ބަދަލެއް. ބޯޖޭސްގެ ބަދަލުގައި ކުޅެން ނުކުތީ ޔޫސްޓިން ސަލަސް.
'88 - ޖަޕާނަށް ހުސް ފުރުސަތެއް. މިޓޯމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކަމާޑާ ފޮނުވާލި ހަމަލާ، ކޮސްޓަ ރީކާގެ ކީޕަރު ނަވާސް ވަނީ މަތަކޮށްފައި.
'84 - ބެނެޓްއަށް ކުރި ފައުލަކާ ގުޅިގެން ޖަޕާނުގެ އިޓަކޫރާއަށް ރީނދޫ ކާޑެއް.
'82 - ޖަޕާނުން އިތުރު ބަދަލެއް. ސޮމާގެ ބަދަލުގައި ކުޅެން ނުކުތީ ޓަކޫމީ މިނަމީނޯ.
'81 - ކޮސްޓަ ރީކާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޔެލްޓްސިން ޓަހޭޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޮސްޓަ ރީކާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކޭޝާ ފުލާ. އެ ގޯލު ޖެހި އިރު، ޖަޕާންގެ ޑިފެންސުން ގޯސްތަކެއް ފެނިގެންދިޔަ.
ހިލޭ ޖެހުމުގެ ބޭނުން ޖަޕާނަށް ހިފޭ ގޮތެއް ނުވި.
'70 - ޖަޕާނުގެ ޖުންޔާ އީޓޯއަށް ކުރި ފައުލަކާ ގުޅިގެން ކޮސްޓަ ރީކާގެ ކެލްވޯ ރީނދޫ ކާޑެއް، ނުރައްކާ ހިސާބަކުން ޖަޕާނަށް ހިލޭ ޖެހުމެއް. ކެލްވޯއަށް ދެއްކި ރީނދޫ ކާޑާ ގުޅިގެން ޖަރުމަނާ ދެކޮޅަށް ކޮސްޓަ ރީކާ ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ.
'67 - ޖަޕާނުގެ އިތުރު ބަދަލެއް. ޑޮއާންގެ ބަދަލުގައި ކުޅެން ނުކުތީ ޖުންޔާ އީޓޯ.
'65 - ކޮސްޓަ ރީކާ އިން ދެ ބަދަލެއް. ޓޮރޭސް އާއި ކޮންޓްރޭރާސްގެ ބަދަލުގައި ބްރެންޑަން އަގިލޭރާ އަދި ޖެވިންސަން ބެނެޓް.
'63 - ޖަޕާނުގެ ސޮމާ ފޮނުވާލި ހިލޭ ޖެހުން، ކޮސްޓަ ރީކާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'62 - ޖަޕާނުން އިތުރު ބަދަލެއް. ޔާމަންގެ ބަދަލުގައި ކުޅެން ނުކުތީ މިޓޮމާ.
'61 - އެންޑޯއަށް ކުރި ފައުލަކާ ގުޅިގެން ކޮސްޓަ ރީކާގެ ސެލްސޯ ބޯޖޭސްއަށް ރީނދޫ ކާޑެއް. ނުރައްކާ ހިސާބަކުން ޖަޕާނަށް ހިލޭ ޖެހުމެއް.
'58 - ޖަޕާން ފެންނަނީ ވަރަށް ނުރައްކާކޮށް. ދެވަނަ ހާފު ފެށުނީއްސުރެ، އެޓޭކުގައި ޖަޕާނުގެ ނުރައްކާ ބޮޑު.
'49 - ޖަޕާނުގެ ނުރައްކަލެއް. އެންޑޯ ފޮނުވާލި ހަމަލާ ވެސް ކޮސްޓަ ރީކާގެ ކީޕަރު ނަވާސް ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަސާނޯ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ކޮސްޓަ ރީކާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'46 - ޖަޕާނުގެ ނުރައްކާތެރި ހަމަލާއެއް. އަސާނޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މޮރީޓާ ފޮނުވާލި ހަމަލާ، ކޮސްޓަ ރީކާގެ ކީޕަރު ކޭލާ ނަވާސް ވަނީ މަތަކޮށްފައި.
ޖަޕާނުން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލަކާއެކު. ޔުއޭޑާގެ ބަދަލުގައި ޓަކޫމާ އަސާނޯ، އަދި ނަގަޓޯމޯގެ ބަދަލުގައި ކުޅެން ނުކުތީ ޖުންޔާ އިޓޯ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ޖަޕާން އަދި ކޮސްޓަ ރީކާއަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.
'44 - ކޭމްޕްބަލްއަށް ކުރި ފައުލަކާ ގުޅިގެން ޖަޕާންގެ ޔާމަންއަށް ރީނދޫ ކާޑެއް.
'41 - ޔޮޝީޑާއަށް ކުރި ފައުލަކާ ގުޅިގެން ކޮސްޓަ ރީކާގެ އެންތޮނީ ކޮންޓްރޭރާސްއަށް ރީނދޫ ކާޑެއް.
'38 - ޑޮއާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖަަޕާންގެ އެންޑޯ ފޮނުވާލި ހަމަލާ، ކޮސްޓަ ރީކާގެ ޓަހޭޑާ ބްލޮކްކޮށްފި.
'35 - ކޮސްޓަ ރީކާގެ ހަމަލާއެއް. ކޮންޓްރޭރާސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކޭމްޕްބަލް ފޮނުވާލި ހަމަލާ، ޖަޕާންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'28 - ދެ ޓީމަށް ވެސް އިދިކޮޅު ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވޭ. ހަމަލާތައް މަދު.
'18 - ކަމަޑާ ދިން ބޯޅައިން ކޮސްޓަ ރީކާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖަޕާނުގެ ޔަމާނަށް ނުރައްކާކުރެވޭ ގޮތެއް ނުވި.
'13 - ކޮސްޓަ ރީކާގެ ގޯލު ކުރިމައްޗަށް ޑޮއާން ނުރައްކާތެރި ބޯޅައެއް ހުރަސްކޮށްލި ނަމަވެސް، އެ ބޯޅަ ލިބޭ ހިސާބުގައި ޖަޕާނުގެ ކުޅުންތެރިޔަކު ނެތް.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ޖަޕާނުން. ނަމަވެސް ގޯލު ޖެހުމަށް ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ކޮސްޓަ ރީކާ އިން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ތިންވަނަ މެޗުގައި ޖަޕާނާއި ކޮސްޓަ ރީކާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއަދުގެ މެޗަށް ޖަޕާނުން ނުކުންނަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖަރުމަނު ބަލިކޮށްފައި އޮވެގެން. މެޗުން މޮޅުވެއްޖެ ނަމަ އެޓީމަށް ގަދަ 16ގެ ފުރުސަތު ވަރަށް ބޮޑުވާނެ. މިއަދުގެ މެޗުން ޖަޕާން މޮޅުވެ، ދެން މިރޭ ސްޕެއިނާއި ޖަރުމަނު ކުޅޭ މެޗުން ސްޕެއިން މޮޅުވިޔަސް، ނޫނީ އެ މެޗު އެއްވަރު ވިޔަސް، ޖަޕާން ގަދަ 16 އަށް ދާނެ. އަނެއްކޮޅުން ކޮސްޓަ ރީކާ ނުކުންނަނީ ބޮޑު ބައްޔެއް ހަނދާން ނައްތާލަން. އެޓީމުން ފުރަތަމަ ކުޅުނު މެޗުގައި ބަލިވީ ސްޕެއިން އަތުން 7-0 އިން.
"އަހަރެން ވަރަށް ފަހުރުވެރިވޭ ޖަރުމަނު ކައިރީގައި ހޯދި މޮޅަށް. އެކަމަކު އެއީ ކޮސްޓަ ރީކާ ބަލިކުރެވޭނެ ކަމުގެ ޔަގީންކަމެއް ނޫން. ކޮސްޓަރީކާގައި އެތަކެއް ވަރުގަދަ ކުޅުންތެރިންނެއް އެބަ ތިބި. އަދި ހާއްސަކޮށް ސްޕެއިން ކައިރިން ބަލިވުމުން އެ ޓީމުން އަހަރެމެންނާ ދެކޮޅަށް ނުކުންނާނީ ވަރުގަދަކޮށް،"
"އަލުން ދިރުމެކޭ؟ އެކަން ކުރާކަށް ނުޖެހޭނެ. އަދި އަހަރެމެން މަރުވީކީ ނޫން. ދިހަ އަހަރު ކުރިން ހޮންޑިއުރަސް އިން ކެނެޑާ ބަލިކުރި 8-1ގެ ނަތީޖާއަކުން. މިހާރު ކެނެޑާއަކީ ވަރުގަދަ ޓީމެއް. އަދި އެކަމަށް ފާއިތުވީ އެންމެ 10 އަހަރު. އެއީ ގޯހުން ދަސްކުރީ. ކޮންމެ ބަޔަކުވެސް ހެދޭ ގޯސްތަކުން ޖެހޭނީ ދަސްކުރަން. އަހަންނަށް އެތައް ފާޑެއް ކިޔަސް އަހަރެން އެނބުރި އަންނާނަން. އެއީ އެނބުރި އަންނަން ބޭނުން ނުވާނީ ލޯސާސް ކަމަށްވާތީ،"