ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: އާޖެންޓީނާ 2-0 މެކްސިކޯ (ފުލްޓައިމް)

27 Nov 07:05

މެޗުގެ އުސްއަލިތައް:

  • މެޗު ފެށިއިރުވެސް ޕްރެޝަރުގައި އޮތް އާޖެންޓީނާ ފެށީވެސް ޕްރެޝަރުގައި
  • މެކްސިކޯއިން ކުރިއަށް ޕްރެސްކޮށްގެން ކުޅުނު އިރު، އާޖެންޓީނާ ފެނުނީ ހާސްކޮށް
  • ހަމަލާތައް މަދުކޮށް ފެނުނު ހާފުގައި ގޯލަށް އަމާޒުކޮށް އާޖެންޓީނާގެ ފަރާތުންވެސް އުފެއްދީ އެންމެ ހަމަލާއެއް
  • އެއީ މެސީ އަރިމަތިން ޖެހި ހިލޭ ޖެހުމެއް، އެ ހިލޭ ޖެހުން ޕަންޗުކޮށްލީ އޮޗޮއާ
  • ހާފު ނިމެން ދަނިކޮށް މެކްސިކޯގެ ކެޕްޓަން ގުއަޑާޑޯއަށް އަނިޔާވެ ބާލަން ޖެހުނު
  • މެކްސިކޯން ފަހުކޮޅު ނުރައްކާތެރި ހިލޭ ޖެހުމެއް ފޮނުވާލި، ވޭގާ ޖެހި ހިލޭ ޖެހުން މާޓިނޭޒް ހިފި
  • ދެވަނަ ހާފުވެސް ފުރަތަމަ ކޮޅުގައި ފެނުނީ ޕްރެޝަރު
  • އެހެން ނަމަވެސް އާޖެންޓީނާއިން މަޑުމަޑުން ކޮންޓްރޯލް ނަގައި ލީޑު ނެގި
  • ފުރަތަމަ ގޯލަކީ މެސީ ދުރުން ފޮނުވާލި ބޯޅައިން ޖެހި ގޯލެއް
  • އާޖެންޓީނާއިން ދެވަނަ ގޯލަކަށް މަސައްކަތް ކުރީ ފަހަތަށް ސަމާލުވެގެން
  • އެ ގޯލު ފެނުނީ ފަހުކޮޅުގައި، ގޯލު ޖެހީ އެންޒޯ ޕެރޭޒް
  • މެޗުން މޮޅުވެ، އާޖެންޓީނާ ވަނީ ގަދަ 16ގެ އުންމީދު ދަމަހައްޓާފައި
27 Nov 06:57

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެން. މެސީގެ އާޖެންޓީނާއަށް ދިރުމެއް.

27 Nov 06:56

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ހަ މިނެޓު.

27 Nov 06:48

'87 - އާޖެންޓީނާ އިން އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފި. މެސީ ދިން ބޯޅައަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ނުކުތް އެންޒޯ ފެނާންޑޭޒް. އޭނާ ވަނީ މެކްސިކޯ ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި.

27 Nov 06:47

މެކްސިކޯ އިން އަންނަނީ ކުރިއަށް ޖެހި ގޯލެއް ޖެހުމަށް މަސައްކަތްކުރަމުން. ކައުންޓާ އެޓޭކުގައި އާޖެންޓީނާ އިން ވެސް މަސައްކަތްތަކެއް ކަރަމުންދޭ.

27 Nov 06:38

'78 - ޖޫލިއަން އަލްވަރޭޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މެސީއަށް ލިބުމުގެ ކުރިން މެކްސިކޯ ޑިފެންޑަރު ހެކްޓާ މޮރޭނޯ އެ ބޯޅަ ދިފާއުކޮށްފި.

27 Nov 06:34

'73 - މެކްސިކޯ އިން ބަދަލެއް. ލޮޒާނޯގެ ބަދަލުގައި ކުޅެން ނުކުތީ ރޮބާޓޯ އަލްވަރާޑޯ.

27 Nov 06:32
27 Nov 06:30

'69 - އާޖެންޓީނާ އިން އިތުރު ދެ ބަދަލު. ޑި މަރީއާ އާއި މެކް އަލިސްޓާގެ ބަދަލުގައި ކުޅެން ނުކުތީ ކްރިސްޓިއަން ރޮމޭރޯ އާއި އެޒެކީލް ޕަލޭސިއަސް.

27 Nov 06:26

'64 - އާޖެންޓީނާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޑި މަރީއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މެސީ. އޭނާގެ ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަކަށް. މިއީ މެސީގެ އަށްވަނަ ވޯލްޑް ކަޕް ގޯލު.

27 Nov 06:24

'63 - އާޖެންޓީނާ އިން ދެ ބަދަލު. މޮންޓިއާލާއި ލައުޓާރޯ މާޓިނޭޒްގެ ބަދަލުގައި ކުޅެން ނުކުތީ މޮލީނާ އާއި ޖޫލިއަން އަލްވަރޭޒް.

27 Nov 06:20
27 Nov 06:18

'57 - އާޖެންޓީނާ އިން ބަދަލެއް. ގުއިޑޯ ރޮޑްރިގޭޒްގެ ބަދަލުގައި ކުޅެން ނުކުތީ އެންޒޯ ފެނާންޑޭޒް.

27 Nov 06:17

'55 - މެކްސިކޯގެ ޕެނަލްޓީ އޭރިއާ ތެރެއަށް ޑި މަރީއާގެ ނުރައްކާ ބޯޅައެއް. ނަމަވެސް އެ ބޯޅަ، އާޖެންޓީނާގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން މެކްސިކޯގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

27 Nov 06:12

'51 - މެސީ ފޮނުވާލި ހިލޭ ޖެހުން، މެކްސިކޯ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

27 Nov 06:11

'50 - ޕެނަލްޓީ އޭރިއާ ބޭރުން މެސީއަށް ކުރި ފައުލަކާ ގުޅިގެން މެކްސިކޯގެ އެރިކް ގުޓިއަރޭޒަށް ރީނދޫ ކާޑެއް. ނުރައްކާ ހިސާބަކުން އާޖެންޓީނާއަށް ހިލޭ ޖެހުމެއް.

27 Nov 06:10
27 Nov 06:09

'47 - ޕެނަލްޓީ އޭރިއާ ބޭރުން މެކްސިކޯގެ ލޮޒާނޯ ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ގުއިޑޯ ރޮޑްރޮގޭޒް ބްލޮކްކޮށްފި.

27 Nov 06:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

27 Nov 05:52

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗު ފެށިއިރުވެސް ޕްރެޝަރުގައި އޮތް އާޖެންޓީނާ ފެށީވެސް ޕްރެޝަރުގައި
  • މެކްސިކޯއިން ކުރިއަށް ޕްރެސްކޮށްގެން ކުޅުނު އިރު، އާޖެންޓީނާ ފެނުނީ ހާސްކޮށް
  • ހަމަލާތައް މަދުކޮށް ފެނުނު ހާފުގައި ގޯލަށް އަމާޒުކޮށް އާޖެންޓީނާގެ ފަރާތުންވެސް އުފެއްދީ އެންމެ ހަމަލާއެއް
  • އެއީ މެސީ އަރިމަތިން ޖެހި ހިލޭ ޖެހުމެއް، އެ ހިލޭ ޖެހުން ޕަންޗުކޮށްލީ އޮޗޮއާ
  • ހާފު ނިމެން ދަނިކޮށް މެކްސިކޯގެ ކެޕްޓަން ގުއަޑާޑޯއަށް އަނިޔާވެ ބާލަން ޖެހުނު
  • މެކްސިކޯން ފަހުކޮޅު ނުރައްކާތެރި ހިލޭ ޖެހުމެއް ފޮނުވާލި، ވޭގާ ޖެހި ހިލޭ ޖެހުން މާޓިނޭޒް ހިފި
27 Nov 05:51

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ އާޖެންޓީނާ އަދި މެކްސިކޯއަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.

27 Nov 05:51

'45+6 - އަކޫނާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން މެކްސިކޯގެ ޑިފެންޑަރު މޮންޓޭސް ދިފާއުކޮށްފި.

27 Nov 05:50

'45+5 - ޕެނަލްޓީ އޭރިއާ ބޭރުން މެކްސިކޯގެ ވޭގާ ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ގޯލާ އަމާޒެއް ނުވި.

27 Nov 05:47
27 Nov 05:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

27 Nov 05:45

'45 - މެކްސިކޯގެ ހިލޭ ޖެހުން ނުރައްކާ. ވޭގާ ފޮނުވާލި ހިލޭ ޖެހުން، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ޑައިވްކޮށް ބޯޅަ ހިފައިފައި.

27 Nov 05:44

'43 - ފައުލަކާ ގުޅިގެން އާޖެންޓީނާ ޑިފެންޑަރު މޮންޓިއާލަށް ރީނދޫ ކާޑެއް. ނުރައްކާ ހިސާބަކުން މެކްސިކޯއަށް ހިލޭ ޖެހުމެއް.

27 Nov 05:43
27 Nov 05:42

'42 - މެކްސިކޯގެ ބަދަލެއް. ކެޕްޓަން ގުއަޑާޑޯގެ ބަދަލުގައި ކުޅެން ނުކުތީ އެރިކް ގުޓިއެރޭޒް.

27 Nov 05:41

'40 - އާޖެންޓީނާގެ ހަމަލާއެއް. ޑި މާރިއާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ލައުޓާރޯ މާޓިނޭޒް ބޮލުން ފޮނުވާލި ހަމަލާ، މެކްސިކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Nov 05:35
27 Nov 05:34

'34 - މެސީގެ ނުރައްކަލެއް. މެސީ ފޮނުވާލި ހިލޭ ޖެހުން، މެކްސިކޯގެ ކީޕަރު އޮޗޮއާ ވަނީ މަތަކޮށްފައި.

27 Nov 05:33

'33 - ޑި ޕޯލްއަށް މެކްސިކޯގެ ވޭގާ ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާއަށް ހިލޭ ޖެހުމެއް. އާޖެންޓީނާ އިން އަންނަނީ ކުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަމުން.

27 Nov 05:28
27 Nov 05:28

މެޗުގެ 25 މިނެޓުގެ ތެރޭގައި އާޖެންޓީނާއަށް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ނުރައްކާތެރި އާޖެންޓީނާގެ ފޯވަޑް ލައިންގެ ކުޅުން ވެސް ރަނގަޅެއް ނޫން.

27 Nov 05:22

'22 - އަކޫނާއަށް ކުރި ފައުލަކާ ގުޅިގެން މެކްސިކޯގެ ނެސްޓާ އަރައުހޯއަށް ރީނދޫ ކާޑެއް.

27 Nov 05:16

ގްރޫޕްގެ ގަދަ 16 ގެ ފުރުސަތު އޮތް ގޮތް

  • މިވަގުތު އެއްވަނައިގައި އެންމެ ފުރުސަތު ބޮޑުކޮށް އޮތީ ޕޮލެންޑް، އެއީ ހަތަރު ޕޮއިންޓާއެކު
  • މެކްސިކޯއިން އާޖެންޓީނާ ބަލިކޮށްފިނަމަ، މެކްސިކޯއަށްވެސް ހަތަރު ޕޮއިންޓް ލިބޭނެ
  • އާޖެންޓީނާ ބަލިވެއްޖެނަމަ، ކަޓާނެ
  • އެއީ ޕޮއިންޓެއް ނުލިބި ފުލުގައި އޮންނަން ޖެހުމާއެކު، ބާކީ އޮންނާނީ އެއްމެޗު ކަމަށްވުމުން
  • ސައުދީއަށް އަދި ގަދަ 16ގެ ފުރުސަތު އެބައޮތް
27 Nov 05:14

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ މެކްސިކޯ އިން. އާޖެންޓީނާ ފުރަތަމަ މެޗުން ލިބުނު ބައްޔާއެކު އެޓީމުގެ ކުޅުންތެރިންގެ ފަރާތުން ޕްރެޝަރުގައި ހުރި ތަން ފާހަގަކުރެވޭ.

27 Nov 05:10

'10 - މެކްސިކޯގެ ހަމަލާއެއް. ޗާވޭސް ނަގައިދިން ހިލޭ ޖެހުމުން ޕެނަލްޓީ އޭރިއާ ތެރެއިން މޮންޓޭސް ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Nov 05:09

'9 - ލޮޒާނޯއަށް އާޖެންޓީނާ ޑިފެންޑަރު މޮންޓިއޭލް ކުރި ފައުލަކާ ގުޅިގެން މެކްސިކޯއަށް ހިލޭ ޖެހުމެއް.

27 Nov 05:06

'5 - މޮންޓިއޭލްއަށް މެކްސިކޯގެ ވޭގާ ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާއަށް އަމިއްލަ ހާފްގެ ތެރެއިން ހިލޭ ޖެހުމެއް.

27 Nov 05:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ މެކްސިކޯ އިން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ ހަތަރުވަނަ މެޗުގައި އާޖެންޓީނާއާއި މެކްސިކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ކެޕްޓަން ލިއޮނަލް މެސީއާއި އާޖެންޓީނާ ނުކުންނާނީ ފުރަތަމަ މެޗުންވި ބަލި ހަނދާން ނައްތާލަން. ފުރަތަމަ މެޗުގައި ހައިރާންކުރުވަނިވި ގޮތަކަށް ސައުދީ އަރަބިއާ އަތުން އާޖެންޓީނާ ބަލިވީ 1-2 ގެ ނަތީޖާއަކުން. އާޖެންޓީނާގެ އެ ބައްޔަކީ ވޯލްޑް ކަޕް ތާރީހުގައިވެސް އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ. އާޖެންޓީނާއަކީ މުބާރާތުގެ ފެވަރިޓެއް. އެޓީމުން ވޯލްޑް ކަޕަށް ދިޔައީ ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ ގޮތުގައި. އަދި 35 މެޗުން ބަލިނުވެ އޮވެގެން.

އަބަދުވެސް ވޯލްޑް ކަޕްގައި އުނދަގޫ ޓީމެއްގެ ގޮތުގައި މެކްސިކޯ ފާހަގަކޮށްލެވޭ އިރު، އެޓީމުން ފުރަތަމަ މެޗުގައި ޕޮލެންޑާ އެއްވަރުވީ 0-0 ގެ ނަތީޖާއަކުން. އެ މެޗުގައި މެކްސިކޯގެ ހީރޯއަކީ ގޯލްކީޕަރު ގިލޭމޯ އޮޗޮއާ. އޭނާ ވަނީ ޕޮލެންޑްގެ ކެޕްޓަން ލެވަންޑޯސްކީ ޖެހި ޕެނަލްޓީ މަތަކޮށްފައި.

ލޯތައް އަމާޒުވަނީ އާޖެންޓީނާ އާއި މެސީއަށް

  • މި ވޯލްޑް ކަޕަކީ މެސީގެ ފަހު ވޯލްޑް ކަޕް ކަމަށް ކުރިން އޭނާ ބުނެފައިވޭ
  • ވޯލްޑް ކަޕް ތަށްޓަށް ނުކުތް އާޖެންޓީނާ ފުރަތަމަ ބައްޔަކާއެކު އޮތީ ޕްރެޝަރުގައި
  • މެސީގެ ފަހު ވޯލްޑް ކަޕްގައި ކުރިއަށް ދިއުމަށް އާޖެންޓީނާށް މިރޭ މޮޅެއް ބޭނުންވޭ، ޕޮއިންޓަކުން ނުކެޓިޔަސް ހާލަތު ނާޒުކުވާނެ
  • ބަލިވެއްޖެ ނަމަ އާޖެންޓީނާ ކަޓާނެ
  • މިފަހަރުގެ ވޯލްޑް ކަޕަކީ އާޖެންޓީނާގެ 18 ވަނަ ވޯލްޑް ކަޕް
  • އާޖެންޓީނާއިން މީގެ ކުރިން ދެފަހަރު ތަށި ނެގި
  • 1978 އަދި 1986 ގައި އާޖެންޓީނާއިން ތަށި ނެގި
  • މެސީގެ ލީޑާޝިޕްގައި އެންމެ ކުރިއަށް ދިޔައީ 2014 ވަނަ އަހަރު، އެއީ ފައިނަލަށް
  • އެ ފައިނަލުގައި ޖަރުމަނު އަތުން އާޖެންޓީނާ ބަލިވީ 1-0 އިން