ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ފްރާންސް 2-1 ޑެންމާކް (ފުލްޓައިމް)

27 Nov 04:04

މެޗުގެ އުސްއަލިތައް:

  • މެޗު ރަނގަޅަށް ފަށައި ނުރައްކާކުރީ ފްރާންސުން
  • ފުރަތަމަ ކޮޅުގައި ޑެންމާކުގެ ޑިފެންޑަރުން ފްރާންސްގެ ހަލުވި ވިންގް ހިފަހައްޓާލި ނަމަވެސް ފަހުން ނުރައްކާ ކުރި
  • ޑެމްބޭލޭއާއި އެމްބާޕޭގެ ނުރައްކާ ފާހަގަވެފައިވޭ، އެމްބާޕޭއަށް ލިބުނު ފުރުސަތު އޭނާ ނަގާލި
  • ޖިރޫއަށްވެސް ގޯލު ޖަހަން ފުރުސަތު ލިބި ބޭނުން ނުކުރެވުނު
  • އޭގެ އިތުރުން ރެބިއޯ ބޮލުން ފޮނުވާލި ހަމަލާ މަތަކުރީ ޑެންމާކު ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް
  • ޑެންމާކުގެ ހަމަލާއެއްގައި ކޯނެލިއަސް ޖެހި ބޯޅަ ދިޔައީ ބޭރަށް
  • ދެވަނަ ހާފުވެސް ރަނގަޅަށް ފަށައި، އެޓޭކްތައް އުފެއްދީވެސް ފްރާންސުން
  • ހާފުގެ ކުރީކޮޅުގައި ޑެމްބޭލޭގެ ހަމަލާ މަތަކުރީ ޝޫމައިކަލް
  • އެމްބާޕޭގެ ނުރައްކާ ބޮޑުވެ، ފްރާންސަށް ލީޑު ނެގީވެސް އެމްބާޕޭ
  • އެ ގޯލާއެކު ފްރާންސަށް ގަދަ 16 ޔަގީންކޮށްގެން ތިއްބާ، ޑެންމާކު ގޯލު ޖެހި
  • ކޯނަރަކުން ޑެންމާކުގެ ގޯލު ޖެހީ ކްރިސްޓިއަންސެން
  • އެ ގޯލާއެކު ހަމަހަމަ ވާން ދަނިކޮށް އަނެއްކާވެސް ފްރާނަށް ލީޑު ނަގައިދިނީ އެމްބާޕޭ
  • ފްރާންސް ވެފައި ވަނީ މިފަހަރު ގަދަ 16 ޔަގީންކުރި ފުރަތަމަ ޓީމަށް
  • ޑެންމާކަށް ދެން ގަދަ 16 ލިބެން އޮތީ ފަހު މެޗުގައި އޮސްޓްރޭލިއާ ބަލިކޮށްގެން
27 Nov 03:57

މެޗުގެ ކުޅުން ނިންމާލައިފި. ޑެންމާކުގެ މައްޗަށް ފްރާންސުން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުން. ގަދަ 16 ގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސަށް.

27 Nov 03:55

'90+3 - ފްރާންސުން ބަދަލެއް. ގްރީޒްމަންގެ ބަދަލުގައި ޔޫސުފް ފޮފާނާ.

27 Nov 03:55

'90+2 - ޑެންމާކުން ބަދަލެއް. ރަސްމުސް ކްރިސްޓެންސެންގެ ބަދަލުގައި ކުޅެން ނުކުތީ ބާ.

27 Nov 03:49

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

27 Nov 03:45

'86 - ފްރާންސުން ގޯލެއް ޖަހައި، އަލުން ލީޑު ހޯދައިފި. ފްރާންސް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ކިލިއާން އެމްބާޕޭ. އޭނާ އެ ގޯލު ކާމިޔާބުކުރީ އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހަކުން ޑެންމާކުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން.

27 Nov 03:44

'85 - ޑެންމާކުން ބަދަލެއް. ލިންޑްސްޓްރޯމްގެ ބަދަލުގައި ކުޅެން ނުކުތީ ކްރިސްޓިއަން ނޯގާޑް.

27 Nov 03:41
27 Nov 03:40

'81 - ޑެންމާކުގެ ނުރައްކާތެރި ހަމަލާއެއް. ޑޮލްބާގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރެތުވެއިޓް ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

27 Nov 03:39

'80 - ފްރާންސްގެ އިތުރު ނުރައްކަލެއް. ތިއޯ ހެނާންޑޭޒް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ރާބިއޯ ފޮނުވާލި އޯވަހެޑް، ޑެންމާކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Nov 03:38

'78 - ފްރާންސްގެ ނުރައްކާތެރި ހަމަލާއެއް. ގްރީޒްމަން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޗުއަމެނީ ބޮލުން ފޮނުވާލި ހަމަލާ، ޑެންމާކްގެ މޭލާގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

27 Nov 03:35

'75 - ފްރާންސުން ދެ ބަދަލެއް. ޑެމްބެލޭގެ ބަދަލުގައި ކުޅެން ނުކުތީ ކިންގްސްލީ ކޮމާން، އަދި ވަރާންގެ ބަދަލުގައި ނުކުތީ އިބްރާހިމާ ކޮނާޓޭ.

27 Nov 03:34

'73 - ޑެންމާކުން ބަދަލެއް. ޑެމްސްގާޑްގެ ބަދަލުގައި ކުޅެން ނުކުތީ ޑޮލްބާގް.

27 Nov 03:33

'73 - ޑެންމާކަށް ހުސް ފުރުސަތެއް. ޑެމްސްގާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖެސްޕާ ލިންޑްސްޓްރޯމް ފޮނުވާލި ހަމަލާ، ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފައި.

27 Nov 03:28

'68 - ޑެންމާކުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ކޯނަރެއްގެ ތެރެއިން ޔޯކިން އެންޑަސަން ޖައްސާލި ބޯޅައަކުން، ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އަންދްރޭސް ކްރިސްޓެންސެން.

27 Nov 03:25

'63 - ފްރާންސުން ބަދަލެއް. ޖިރޫގެ ބަދަލުގައި ކުޅެން ނުކުތީ މާކަސް ތުރާމް.

27 Nov 03:21

'61 - ފްރާންސުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ތިއޯ ހެނާންޑޭޒް ދިން ބޯޅައަކުން ޑެންމާކުގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކިލިއާން އެމްބާޕޭ. މިއީ މިފަހަރުގެ މުބާރާތުގައި އެމްބާޕޭ ކާމިޔާބުކުރި ދެވަނަ ގޯލު.

27 Nov 03:15

'56 - ފްރާންސްގެ ނުރައްކަލެއް. މެދު ރޮނގުން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އެމްބާޕޭ ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.

27 Nov 03:09

'50 - ޑެމްބެލޭ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްބެލޭއަށް ލިބުމުގެ ކުރިން ޑެންމާކުގެ ކީޕަރު ޝްމައިކަލް، އެ ބޯޅަ ހޯދައިފި.

27 Nov 03:06

ޑެންމާކުން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. ކޮނޭލިއަސްގެ ބަދަލުގައި ކުޅެން ނުކުތީ މާޓިން ބްރެތުވެއިޓް.

27 Nov 03:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

27 Nov 02:50

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗު ރަނގަޅަށް ފަށައި ނުރައްކާކުރީ ފްރާންސުން
  • ފުރަތަމަ ކޮޅުގައި ޑެންމާކުގެ ޑިފެންޑަރުން ފްރާންސްގެ ހަލުވި ވިންގް ހިފަހައްޓާލި ނަމަވެސް ފަހުން ނުރައްކާ ކުރި
  • ޑެމްބޭލޭއާއި އެމްބާޕޭގެ ނުރައްކާ ފާހަގަވެފައިވޭ، އެމްބާޕޭއަށް ލިބުނު ފުރުސަތު އޭނާ ނަގާލި
  • ޖިރޫއަށްވެސް ގޯލު ޖަހަން ފުރުސަތު ލިބި ބޭނުން ނުކުރެވުނު
  • އޭގެ އިތުރުން ރެބިއޯ ބޮލުން ފޮނުވާލި ހަމަލާ މަތަކުރީ ޑެންމާކު ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް
  • ޑެންމާކުގެ ހަމަލާއެއްގައި ކޯނެލިއަސް ޖެހި ބޯޅަ ދިޔައީ ބޭރަށް
27 Nov 02:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ފްރާންސް އަދި ޑެންމާކަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.

27 Nov 02:46
27 Nov 02:45

މެޗުގެ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

27 Nov 02:43

'43 - ވިކްޓާ ނެލަސަންއަށް ކުރި ފައުލަކާ ގުޅިގެން ފްރާންސް ޑިފެންޑަރު ޖޫލްސް ކޫންޑޭއަށް ރީނދޫ ކާޑެއް.

27 Nov 02:40

'40 - ފްރާންސަށް ހުސް ފުރުސަތެއް. ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި އެމްބާޕޭ ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Nov 02:39

'38 - ޑެންމާކުގެ ނުރައްކާތެރި ހުރަހެއް. ރަސްމުސް ކްރިސްޓެންސެން ނަގައިދިން ހުރަސް، ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބޭ ހިސާބުގައި ޑެންމާކުގެ ކުޅުންތެރިޔަކު ނެތް.

27 Nov 02:37
27 Nov 02:37

'37 - ފްރާންސްގެ ނުރައްކަލެއް. އެމްބާޕޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖިރޫ ބޮލުން ފޮނުވާލި ހަަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Nov 02:36

'36 - ޑެންމާކުގެ ހަމަލާއެއް. ހޮއިބިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޮނޭލިއަސް ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Nov 02:34

'33 - ފްރާންސަށް އިތުރު ފުުރުސަތެއް. ޖިރޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ގްރީޒްމަން ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި. ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްބެލޭ ފޮނުވާލި ހަމަލާ ވެސް ޑެންމާކުގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.

27 Nov 02:32
27 Nov 02:31

'30 - ފްރާންސަށް ފުރުސަތެއް. އެމްބާޕޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޫންޑޭ ފޮނުވާލި ހަމަލާ، ޑެންމާކުގެ ހޮއިބިއާ ވަނީ ދިފާއުކޮށްފައި.

27 Nov 02:23

'22 - ޖިރޫއަށް ކުރި ފައުލަކާ ގުޅިގެން ޑެންމާކުގެ އަންދްރޭސް ކޯނެލިއަސްއަށް ރީނދޫ ކާޑެއް.

27 Nov 02:21

'21 - ފްރާންސަށް ރަނގަޅު ފުރުސަތެއް. ޑެމްބެލޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ރާބިއޯ ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.

27 Nov 02:20

'20 - އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ޑެންމާކުގެ އަންދްރޭސް ކްރިސްޓެންސަންއަށް ރީނދޫ ކާޑެއް.

27 Nov 02:16

'15 - ފްރާންސްގެ އިތުރު ނުރައްކަލެއް. ޑެމްބެލޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖިރޫ ބޮލުން ފޮނުވާލި ހަމަލާ ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Nov 02:14

'12 - ފްރާންސްގެ ނުރައްކަލެއް. ގްރީޒަމަން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވަރާން ބޮލުން ފޮނުވާލި ހަމަލާ، ގޯލަށް އަމާޒުވާން ދަނިކޮށް، ޑެންމާކުގެ ޔޯކިމް މޭލާ ވަނީ ދިފާއުކޮށްފައި.

27 Nov 02:12

'12 - އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ޑެންމާކުގެ ކޯނެލިއަސް ދިފާއުކޮށްފި.

27 Nov 02:11
27 Nov 02:11

މިއަދު ގްރޫޕް ޑީގައި ކުޅޭ މެޗުތަކުން ޓީމުތަކަށް ގަދަ 16 އަށް އޮތް ފުރުސަތު

  • ފްރާންސް: ޑެންމާކު ބަލިކޮށްފި ނަމަ ފްރާންސަށް ގަދަ 16 ޔަގީންކުރެވޭނެ
  • އޮސްޓްރޭލިއާ: ޓިއުނީޝިއާ ބަލިކޮށް އެޓީމަސް ފަހު މެޗަށް އުންމީދު އެބައޮތް
  • ޑެންމާކް، ޓިއުނީޝިއާ: ޑެންމާކަށް މޮޅަކާއެކު އުންމީދު ލިބޭނެ. ބަލިވިޔަސް އަދި ނުކަޓާނެ. ޓިއުނީޝިއާ މިއަދު ބަލިވުމުން ފަހު މެޗުން މޮޅެއް މަޖުބޫރު
27 Nov 02:10

'10 - ފްރާންސްގެ ނުރައްކަލެއް. ރާބިއޯ ދިން ބޯޅަ، ޑެންމާކްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖިރޫގެ ފައިގައި ލައްވާލައިފައެއް ނުވޭ.

27 Nov 02:07

'5 - ޕެނަލްޓީ އޭރިއާ ބޭރުން ފްރާންސްގެ ޑެމްބެލޭ ފޮނުވާލި ހަމަލާ، ޑެންމާކުގެ ޑިފެންޑަރުން ބްލޮކްކޮށްފި.

27 Nov 02:03
27 Nov 02:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޑެންމާކުން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގެ ހަތަރުވަނަ މެޗުގައި ފްރާންސާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

އެންމެފަހުގެ ޗެމްޕިއަން ފްރާންސުން މިރޭގެ މެޗަށް ނުކުންނަނީ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކައިރިން 4-1 ގެ ނަތީޖާއަކުން މޮޅުވެފައި އޮވެގެން. އެޓީމުން ރަނގަޅަށް ވޯލްޑް ކަޕް ފަށައި، ފޯމުގައި އޮތް ނަމަވެސް ޑެންމާކަކީ ފްރާންސަށް އުނދަގޫ ޓީމެއް. އެންމެފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ދެ ޓީމުން ކުޅުނު މެޗު ވީ އެއްވަރު. އަދި މިދިޔަ ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނޭޝަންސް ލީގުގައި ދެޓީމުން ކުރިމަތިލި ދެ މެޗުވެސް ކާމިޔާބުކުރީ ޑެންމާކުން. ޑެންމާކަކީ އެންމެފަހުން ޔޫރޯގެ ސެމީ ފައިނަލްގައި ކުޅުނު ޓީމެއް.

މެޗުގެ ކުރިން ކޯޗުންގެ ބަސް

ޑިޑިއޭ ޑިޝޭމްޕްސް - ފްރާންސް

"ޑެންމާކަކީ ޓީމެއްގެ ގޮތުގައި މާ ބޮޑަށްވެސް ދަށްކުރެވޭ ޓީމެއް. މިދިޔަ ހަތަރު މަހު ޑެންމާކުން ދެ ފަހަރަށް ފްރާންސް ބަލިކޮށްފި. މި ދައްކަނީ މީގެ ހަތަރު މަސް ކުރީގެ ވާހަކަ. ޑެންމާކު އަހަރެންނަށް އުނދަގޫތަކެއް ކުރިމަތިކުރުވާ. އެއީ މި މެޗުން ވެގެންވާނެ ގޮތެއް ނޫންކަން އެނގި ތިބެ ނުކުންނާނީ. އެ ވާހަކަދައްކަނީ ބަދަލު ހިފާކަށް ނޫން. ޑެންމާކު އަހަރެމެންނަށް އެނގޭތީ. އެކި ސްޓައިލުގެ ފުޓުބޯޅަ ޑެންމާކު ކުޅޭނެ. އެހެންވީމަ އެކި ކަހަލަ އުނދަގޫ ޓީމަށް ކުރިމަތިކުރުވާ ޓީމެއް ޑެންމާކަކީ،"

ކެސްޕާ ޖުލްމާންޑް - ޑެންމާކް

"ފްރާންސްގެ ޗާލު ފެށުމަށް ޖެހިލުމެއް ނުވޭ. އެޓީމާ ދެކޮޅަށް ޑެންމާކު ނުކުންނާނީ އަނެއްކާވެސް މޮޅަކަށް. މިހެން ބުނަނީ އިހުތިރާމް ކުޑަކުރުމަކަށް ނޫން. ދުނިޔޭގެ ޗެމްޕިއަން ފްރާންސަށް އިހުތިރާމް ކުރަން ޖެހޭނެ. އެޓީމަކީ ބޮޑެތި މުބާރާތްތަކުގައި ތަފާތު ޓީމަކަށްވެސް ވާނެ. އަބަދުވެސް ވޯލްޑް ކަޕްގައި ފްރާންސް ތަފާތު ފެންނާނެ. އެހެންނަމަވެސް ޑެންމާކަށް އޮތީ ޔަގީންކަމެއް، އުންމީދެއް،"