މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕޮލެންޑް ކުރީގައި އޮވެގެން.
'90+6 - ސައުދީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މުހައްމަދު ކަނޯ ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'90+5 - ސައުދީން ބަދަލެއް. ނަވާފް އަލް އާބިދްގެ ބަދަލުގައި ކުޅެން ނުކުތީ ހާތަން ބަހްބްރީ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓުގެ ކުޅުން ދައްކައިފި.
'90 - އަނެއްކާވެސް ލެވަންޑޯސްކީގެ ނުރައްކަލެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ލެވަންޑޯސްކީ މަސައްކަތްކުރީ ސައުދީ ކީޕަރު މުހައްމަދު އަލް އޮވައިސްގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުމަށް. ނަމަވެސް ކީޕަރު އަލް އޮވައިސް ވަނީ އެ ބޯޅަ ދިފާއުކޮށްފައި.
'86 - ސައުދީން ދެ ބަދަލެއް. ސަލާހް އަލް ޝެހްރީ އާއި އަބްދުﷲ އަލް މަލިކީގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުލްރަހުމާން އަލް އޮބޫދް އާއި ނަސީރް އަލް ދަވްސާރީ.
'82 - ޕޮލެންޑުން ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ސައުދީގެ އަބްދުﷲ އަލް މަލިކީއަށް ހެދުނު ގޯހަކުން ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ޕޮލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ.
'78 - ސައުދީއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އަބްދުﷲ އަލް މަލިކީ ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'71 - ޕޮލެންޑުން އިތުރު ބަދަލެއް. މިލިކްގެ ބަދަލުގައި ކުޅެން ނުކުތީ ކާޒީސްޓޯފް ޕިއެޓެކް.
'69 - ސައުދީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސައުދީ ކެޕްޓަން ސާލެމް އަލް ދަވްސާރީ ފޮނުވާލި ހަމަލާ އަމާޒުވީ ޕޮލެންޑް ކީޕަރު ޝެޒްނީއާ ދިމާއަށް.
'66 - ޕޮލެންޑަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީ ފޮނުވާލި ހަމަލާ، ސައުދީގެ ކީޕަރު މުހައްމަދު އަލް އޮވައިސް ވަނީ މަތަކޮށްފައި. މަތަކުރި ބޯޅަ، އަމާޒުވީ ސައުދީ ގޯލުގެ އަރިމަތީ ދަނޑިއަށް.
'65 - ސައުދީގެ ބަދަލެއް. މުހައްމަދު އަލް ބުރާކްގެ ބަދަލުގައި ކުޅެން ނުކުތީ ސުލްތާން އަލް ގަންނާމް.
'63 - ޕޮލެންޑްގެ ނުރައްކާތެރި ހަމަލާއެއް. ބެރެޒީންސްކީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މިލިކް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސައުދީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
'62 - ޕޮލެންޑުން ބަދަލެއް. ޕޮލެންޑްގެ ގޯލު ޖެހި ޒީލިންސްކީގެ ބަދަލުގައި ކުޅެން ނުކުތީ ޖަކުބް ކަމިންސްކީ.
'61 - ސައުދީއަށް އިތުރު ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން މުހައްމަދު ކަނޯ ފޮނުވާލި ބާާރު ހަމަލާ ވެސް ދިޔައީ ޕޮލެންޑް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
'60 - ސައުދީއަށް ހުސް ފުރުސަތެއް. ރީތި ކުޅުމަކާއެކު ފެރާސް އަލް ބްރިކާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފެރާސް އަލް ބްރިކާން ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'55 - ސައުދީއަށް ރަނގަޅު ފުރުސަތެއް. ޕޮލެންޑްގެ ޑިފެންޑަރުން ބޯޅަ ދިފާއުނުކުރެވި ލިބުނު ބޯޅައަކުން ސައުދީ ކެޕްޓަން ފެރާސް އަލް ބްރިކަން ފޮނުވާލި ހަމަލާ، ޕޮލެންޑް ކީޕަރު ޝެޒްނީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'54 - ޕެނަލްޓީ އޭރިއާ ބޭރުން ސައުދީގެ ފެރާސް އަލް ބްރިކަން ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ގޯލާ އަމާޒެއް ނުވި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފު ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕޮލެންޑް ކުރީގައި އޮވެގެން.
'45+10 - ސައުދު އަބްދުލްހަމީދު ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ޕޮލެންޑް ޑިފެންޑަރުން ދިފާއުކޮށްފި.
'45+4 - ލެވަންޑޯސްކީއަށް ކުރި ފައުލަކާ ގުޅިގެން ސައުދީގެ އަބްދުﷲ އަލް އަމްރީއަށް ރީނދޫ ކާޑެއް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ދިހަ މިނެޓު.
'45+1 - ޕޮލެންޑް ކީޕަރު ވޮޖްސިއެޗް ޝެޒްނީ މޮޅު ދެ ސޭވްއެއް. ސައުދީގެ ފެރާސް އަލް ބްރިކާން ފޮނުވާލި ޕެނަލްޓީ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން މުހައްމަދު އަލް ބުރާކް ފޮނުވާލި ހަމަލާ ވެސް ޕޮލެންޑް ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައި.
'44 - ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ ސައުދީއަށް ޕެނަލްޓީއެއް ދިނުމަށް.
'43 - ޕެނަލްޓީ އޭރިއާ ތެރެއިން ސައުދީގެ ސަލާހް އަލް ޝެހްރީއަށް ޕޮލެންޑްގެ ބީލިކް ފައުލުކޮށްފައިވޭތޯ ބެލުމަށް ރެފްރީ ވީއޭއާރަށް ބަލަނީ.
'40 - ޕޮލެންޑުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޕޮލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޕިއޮޓާ ޒީލިންސްކީ.
'33 - ސައުދީއަށް ފުރުސަތެއް. ސާމީ އަލް ނާޖީ ނަގައިދިން ހުރަސް، ޕޮލެންޑް ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ސައުދީގެ ސަލާހް އަލް ޝެހްރީގެ ބޮލުގައި ލައްވާލާ ގޮތެއް ނުވި.
ސައުދީން ވަނީ މެޗު ފެށުމުގެ ކުރިން އާޖެންޓީނާ މެޗުގައި މޫނަށް އަނިޔާވި ޔާސިރު އަލްޝެހެރާނީގެ ޖާޒީއަށް ހާއްސަ ޝަރަފެއް އަރުވާފައި. ޔާސިރުގެ މޫނަށް އެމެޗުގައި ނުރައްކާތެރި އަނިޔާއެއް ލިބި، އެމަޖެންސީގައި ގައުމަށް ގެންގޮސް ސާޖަރީއަށް ހަދަން ޖެހިފައިވާ. އޭނާ މިހާރު ދަނީ މަޑުމަޑުން އަނިޔާއިން ރިކަވާ ވަމުން.
'26 - ޕޮލެންޑަށް ރަނގަޅު ފުރުސަތެއް. ޕިއޮޓާ ޒީލިންސްކީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޕޮލެންޑްގެ ކްރިސްޓިއަން ބީލިކް ބޮލުން ފޮނުވާލި ހަމަލާ، ސައުދީގެ ގޯލާ އަމާޒުވާން ދަނިކޮށް ސަލާހް އަލް ޝެހްރީ ވަނީ ދިފާއުކޮށްފައި.
'19 - ޕޮލެންޑްގެ މިލިކްއަށް ވެސް ރީނދޫ ކާޑެއް.
'16 - ސާލެމް އަލް ދަވްސާރީއަށް ކުރި ފައުލަކާ ގުޅިގެން ޕޮލެންޑްގެ މެޓީ ކޭޝްއަށް ރީނދޫ ކާޑެއް.
'15 - ސައުދީގެ ސަލާހް އަލް ޝެހްރީއަށް ކުރި ފައުލަކާ ގުޅިގެން ޕޮލެންޑްގެ ކިވިއޯއަށް ރީނދޫ ކާޑެއް.
'13 - ސައުދީގެ ނުރައްކަލެއް. ސައުދު އަބްދުލްހާމިދު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މުހައްމަދު ކަނޯ ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައި.
10' - ޕޮލެންޑްގެ ބެރެޒީންސްކީ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ސައުދީ ޑިފެންޑަރު އަލީ އަލް ބުރާހީ ދިފާއުކޮށްފި.
'8 - ސައުދީގެ ހަމަލާއެއް. މުހައްމަދު އަލް ބުރާކް ދުރުން ފޮނުވާލި ބާރު ހަމަލާ، ޕޮލެންޑްގެ ކްރިކޮވިއާކް ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
މެޗުގެ ފުރަތަމަ ފަސް މިނެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެއް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޕޮލެންޑުން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ ތިންވަނަ މެޗުގައި ޕޮލެންޑާއި ސައުދީ އަރަބިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މި މެޗަށް ސައުދީ ނުކުންނަނީ ފުރަތަމަ މެޗުގައި ހައިރާންކުރުވަނިވި ގޮތަކަށް އާޖެންޓީނާ ބަލިކޮށްފައި. އެ މެޗުގައި ސައުދީން ފަހަތުން އަރައި އާޖެންޓީނާ ބަލިކުރީ 2-1 ގެ ނަތީޖާއަކުން. އެއީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފެނުނި އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ. އަނެއްކޮޅުން ނުކުންނަ ޕޮލެންޑް އޮތީ ފުރަތަމަ މެޗުގައި މެކްސިކޯ ކައިރީ އެއްވަރުވެފައި. މެޗުގައި ޕޮލެންޑަށް ޕެނަލްޓީއެއް ލިބި، ގޯލު ޖަހަން ރަނުގެ ފުރުސަތުތައްވެސް ލިބުނު. ޕެނަލްޓީގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ބޯޅަ މެކްސިކޯ ގޯލްކީޕަރު ގިލޭމޯ އޮޗޮއާ.
"އަހަރެންގެ މާމައާއި ކާފައަކީވެސް ޕޮލެންޑަށް އުފަން ބައެއް. އެހެންވިޔަސް މާދަމާ އަހަންނަކީ ސައުދީގެ ރައްޔިތެއް. އަދި ގްރޫޕްގައި އެންމެ ބަލި ޓީމަކީ ސައުދީ ކަން ހަނދާނެއްވެސް ނުނެތޭ. ތަޖުރިބާ މަދު ޓީމަކީވެސް ސައުދީ. "ސައުދީގެ އެފްއޭއަކީ ވަރަށް ސީރިއަސް އެފްއޭއެއް. މިނިސްޓަރުވެސް އެހާމެ ސީރިއަސްވާނެ. އެހެންވީމާ އެންމެ މެޗަކުން މޮޅުވެގެން އެކަހަލަ ކަންކަން ނުކުރާނެ. މުބާރާތުގައި އަދި ވަރަށް މުހިއްމު ދެ މެޗު އެބައޮތް. އުންމީދުތައްވެސް ހުރީ އެ ދެ މެޗު ނެގުމަށް. ހަދިޔާތައް ދޭ ވަރެއްވެސް އަދި ނުވޭ،"
"ފާޑުކިޔުންތައް އެބަހުރި. އަހަރެންގެ ފޯމެޝަނާއި ބައެއް ކުޅުންތެރިން ބޭނުން ނުކުރުމުގެ ކަންތަކުގައިވެސް. އެކަމަކު ބުނެވެން އޮތް ވާހައަކީ 12 ކުޅުންތެރިންނެއް ނުއެއް އެރުވޭނެއޭ ދަނޑު މައްޗަކަށް. ވަކި ކުޅުންތެރިންތަކެއް އަހަރެންނަށްވެސް އެރުވޭނީ. ލެވަންޑޯސްކީއަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ. އޭނާއަކީ މިގައުމަށް އެންމެ ޝަރަފުވެރި ކަމާއެކު ކުޅޭ ކުޅުންތެރިޔާ. ޕެނަލްޓީއެއް ޖަހަން ޖެހުނަސް އަދިވެސް ހުންނާނީ ހަމަ ލެވަންޑޯސްކީ. އެއީ އެކަން އޮންނާނެ ގޮތް،"