ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ޓިއުނީޝިއާ 0-1 އޮސްޓްރޭލިއާ (ފުލްޓައިމް)

26 Nov 22:07

މެޗުގެ އުސްއަލިތައް:

  • ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެއް
  • ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިފައެއް ނުވޭ
  • އޮސްޓްރޭލިއާއިން ގިނަ ހުރަސްތަކަކަށް މަސައްކަތް ކުރުން ވެގެންދިޔައީ ޓިއުނީޝިއާއަށް ޗެލެންޖަކަށް
  • މިޗެލް ޑޫކް އޮސްޓްރޭލިއާއަށް ލީޑު ނަގައިދިނީ ގުޑްވިންގެ ހުރަހަކުން
  • މުހައްމަދު ޑްރޭގާއަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތު އޭނާ ނަގާލި
  • ޓިއުނީޝިއާ ކެޕްޓަން މަސާކްނީއަށް ވެސް ހުސް ފުރުސަތެއް ލިބުނު، އޭނާގެ ހަމަލާ ގޯލާ އަމާޒެއް ނުވޭ
  • ދެވަނަ ހާފުވެސް ރަނގަޅަށް ފެށީ ޓިއުނީޝިއާ
  • ޔޫސުފް މަސާކްނީއާއި ޓަލްބީ ދުރުން ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރު ރަޔަން
  • ކަޒްރީ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، އެ ހަމަލާވެސް މަތަކުރީ ރަޔަން
  • ނަތީޖާއާއެކު އޮސްޓްރޭލިއާއަށް ވަނީ ދިރުން ލިބިފައި
  • މިއީ 1974 ވަނަ އަހަރަށްފަހު އޮސްޓްރޭލިއާ ވޯލްޑް ކަޕްގައި ކްލީންޝީޓެއް ހޯދި ފުރަތަމަ ފަހަރު
26 Nov 21:58

'90 - މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ކުރީގައި އޮވެގެން.

26 Nov 21:54

'90+2 - ބޯޅައިގައި އަތްލުމުން ޓިއުނީޝިއާގެ ސަސީއަށް ރީނދޫ ކާޑެއް.

26 Nov 21:53

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

26 Nov 21:51

'88 - ޓިއުނީޝިއާއަށް އިތުރު ފުރުސަތެއް. ކެޗްރީޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކަޒްރީ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، އޮސްޓްރޭލިއާގެ ކީޕަރު މެޓް ރަޔަން ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.

26 Nov 21:50

'86 - ޓިއުނީޝިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސްލިޓީ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާ ޑިފެންޑަރު ސޫޓާ ވަނީ ދިފާއުކޮށްފައި.

26 Nov 21:48

'85 - އޮސްޓްރޭލިއާގެ އިތުރު ދެ ބަދަލެއް. ގުޑްވިން އާއި ލެކީގެ ބަދަލުގައި ކުޅެން ނުކުތީ އަވެރް މަބިލް އާއި ކީނޫ ބަކުސް.

26 Nov 21:46

'84 - ޓިއުނީޝިއާގެ ޓަލްބީ ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރޭލިއާ ކީޕަރު މެޓް ރަޔަންގެ އަތަށް.

26 Nov 21:38

'75 - އޮސްޓްރޭލިއާ އިން ވެސް ބަދަލެއް. ކަރަސިޗްގެ ބަދަލުގައި ކުޅެން ނުކުތީ މިލޮސް ޑެގެނެކް.

26 Nov 21:37

'73 - ޓިއުނީޝިއާ އިން އިތުރު ދެ ބަދަލެއް. ޖަބާލީގެ ބަދަލުގައި ކެނީސީ އަދި ބްރޮންގެ ބަދަލުގައި ކުޅެން ނުކުތީ ވަޖްދީ ކެޗްރީޑާ.

26 Nov 21:35

'72 - ޓިއުނީޝިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޓިއުނީޝިއާގެ ކެޕްޓަން ޔޫސުފް މަސާކްނީ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ކީޕަރު މެޓް ރަޔަން ވަނީ މަތަކޮށްފައި.

26 Nov 21:34

'72 - އޮސްޓްރޭލިއާގެ ނުރައްކަލެއް. މެކްލެރެން ދިން ނުރައްކާތެރި ބޯޅަ، ޓިއުނީޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ލެކީގެ ފައިގައި ލައްވާލާ ގޮތެއް ނުވި.

26 Nov 21:29

'67 - ޓިއުނީޝިއާ އިން ބަދަލެއް. ލައިޑޫނީގެ ބަދަލުގައި ކުޅެން ނުކުތީ ވަހްބީ ކަޒްރީ.

26 Nov 21:27

'65 - އާވައިންއަށް ކުރި ފައުލަކާ ގުޅިގެން ޓިއުނީޝިއާގެ އަބްޑިއަށް ރީނދޫ ކާޑެއް.

26 Nov 21:27

'64 - އޮސްޓްރޭލިއާ އިން ދެ ބަދަލެއް. މިޗެލް ޑޫކްގެ ބަދަލުގައި ޖެމީ މެކްލެރެން، އަދި ރައިލީ މެކްގްރީގެ ބަދަލުގައި އައިޑިން ހުރޫސްޓިޗް.

26 Nov 21:23

'61 - ޕެނަލްޓީ އޭރިއާ ބޭރުން ޓިއުނީޝިއާގެ ސަސީ ފޮނުވާލި ހަަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒެއް ނުވި.

26 Nov 21:22

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކޮށް ފެނިފައިވަނީ ޓިއުނީޝިއާ. ނަމަވެސް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

26 Nov 21:19
26 Nov 21:18

'56 - ޓިއުނީޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ކްރެއިގް ގުޑްވިން ނުރައްކާތެރި ހުރަހެއް ނަގައިދިން ނަމަވެސް، އެ ބޯޅަ ލިބޭ ހިސާބުން އޮސްޓްރޭލިއާގެ އެއްވެސް ކުޅުންތެރިޔަކު ނެތް.

26 Nov 21:15

'52 - ލައިޑޫނީއަށް އޮސްޓްރޭލިއާގެ އާވައިން ކުރި ފައުލަކާ ގުޅިގެން ޓިއުނީޝިއާއަށް ހިލޭ ޖެހުމެއް. އެ ހިލޭ ޖެހުމުގެ ބޭނުމެއް ޓިއުނީޝިއާއަށް ނުހިފުނު.

26 Nov 21:10

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

26 Nov 20:55

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެއް
  • ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިފައެއް ނުވޭ
  • އޮސްޓްރޭލިއާއިން ގިނަ ހުރަސްތަކަކަށް މަސައްކަތް ކުރުން ވެގެންދިޔައީ ޓިއުނީޝިއާއަށް ޗެލެންޖަކަށް
  • މިޗެލް ޑޫކް އޮސްޓްރޭލިއާއަށް ލީޑު ނަގައިދިނީ ގުޑްވިންގެ ހުރަހަކުން
  • މުހައްމަދު ޑްރޭގާއަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތު އޭނާ ނަގާލި
  • ޓިއުނީޝިއާ ކެޕްޓަން މަސާކްނީއަށް ވެސް ހުސް ފުރުސަތެއް ލިބުނު، އޭނާގެ ހަމަލާ ގޯލާ އަމާޒެއް ނުވޭ
26 Nov 20:53

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ކުރީގައި އޮވެގެން.

26 Nov 20:49

'45+3 - ޓިއުނީޝިއާއަށް ހުސް ފުރުސަތެއް. އިސާމް ޖަބާލީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޓިއުނީޝިއާ ކެޕްޓަން ޔޫސުފް މަސާކްނީ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

26 Nov 20:47

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

26 Nov 20:44

'41 - ޓިއުނީޝިއާއަށް ހުސް ފުުރުސަތެއް. ޔޫސުފް މަސާކްނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ މުހައްމަދު ޑްރޭގާ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ޑިފެންޑަރު ހެރީ ސޫޓާ ވަނީ ހުޝިޔާރުކަމާއެކު ޓެކަލްކޮށް ދިފާއުކޮށްފައި.

26 Nov 20:42

'40 - އޮސްޓްރޭލިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ލެކީ ނުރައްކާކުރުމުގެ ކުރިން ޓިއުނީޝިއާގެ ޑިފެންޑަރު ޓަލީބީ ވަނީ ދިފާއުކޮށްފައި.

26 Nov 20:39

'38 - ޓިއުނީޝިއާގެ ހަމަލާއެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޓިއުނީޝިއާގެ ކެޕްޓަން މަސާކްނީ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ޑިފެންޑަރު ވަނީ ދިފާއުކޮށްފައި.

26 Nov 20:35
26 Nov 20:32

'31 - ޓިއުނީޝިއާ އިން ކުރިއަށް ޖެހި، އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާކުރެވޭ ގޮތެއް ނުވޭ. މެޗުގައި ޓިއުނީޝިއާއަށް އަދި އޮސްޓްރޭލިއާގެ ގޯލަށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.

26 Nov 20:27

'26 - ގުޑްވިންއަށް ކުރި ފައުލަކާ ގުޅިގެން ޓިއުނީޝިއާގެ އައިސާ ލައިޑޫނީއަށް ރީނދޫ ކާޑެއް.

26 Nov 20:25

'23 - އޮސްޓްރޭލިއާ އިން ގޯލެއް ޖަހައި، ލީޑު ހޯދައިފި. ކްރެއިގް ގުޑްވިން ނަގައިދިން ހުރަހަކުން ޓިއުނީޝިއާ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އޮސްޓްރޭލިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިޗެލް ޑޫކް.

26 Nov 20:14

'11 - އޮސްޓްރޭލިއާގެ ގުޑްވިން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ޓިއުނީޝިއާ ޑިފެންޑަރު މެރިއާ ދިފާއުކޮށްފި.

26 Nov 20:13

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކުގައި ނުރައްކާކޮށް ފެންނަނީ އޮސްޓްރޭލިއާ. އޮސްޓްރޭލިއާ އިން ނުރައްކާކުރުމަށް މަސައްކަތްކުރަމުން ދަނީ ޓިއުނީޝިއާ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްތައް ނަގައިގެން.

26 Nov 20:11

މިއަދު ގްރޫޕް ޑީގައި ކުޅޭ މެޗުތަކުން ޓީމުތަކަށް ގަދަ 16 އަށް އޮތް ފުރުސަތު

  • ފްރާންސް: ޑެންމާކު ބަލިކޮށްފި ނަމަ ފްރާންސަށް ގަދަ 16 ޔަގީންކުރެވޭނެ. އޮސްޓްރޭލިއާއާ ޓިއުނީޝިއާ މިވަގުތު ކުޅޭ މެޗު އެއްވަރު ވެއްޖެނަމަ، ފްރާންސަށް ގްރޫޕް އެއްވަނަވެސް ޔަގީންވާނެ.
  • އޮސްޓްރޭލިއާ: ޓިއުނީޝިއާ އަތުން ބަލިވެއްޖެނަމަ، ކަޓާނެ
  • ޑެންމާކް، ޓިއުނީޝިއާ: ދެޓީމަށްވެސް މިއަދު ވަކި ގޮތެއް ނުނިމޭނެ. މޮޅަކާއެކު އުންމީދު ލިބުނުނަސް ކޮލިފިކޭޝަން ޔަގީން ނުކުރެވޭނެ. ބައްޔަކާއެކު މާޔޫސްވާން ޖެހުނަސް، ނުއެއް ކަޓާނެ.
26 Nov 20:08

'7 - އޮސްޓްރޭލިއާ އިން ހުރަސްތަކެއް ނަގަމުންދިޔަ ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން ޓިއުނީޝިއާގެ ޑިފެންޑަރުން ދަނީ އެ ބޯޅަތައް ހުއްޓުވަމުން.

26 Nov 20:01

މެޗުގެ ކުޅުން ފަށައިފި. ކިކްކޯފް ކުރީ އޮސްޓްރޭލިއާ އިން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގެ ތިންވަނަ މެޗުގައި ޓީއުނީޝިއާއާއި އޮސްޓްރޭލިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މީގެ ކުރިން ވޯލްޑް ކަޕްގައި މާ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ނުވާ ދެގައުމުންވެސް މިއަދު މެޗަށް ނުކުންނާނީ މަޖުބޫރު މޮޅެއް ހޯދަން. ބައްޔަކާއެކު ދެ ޓީމަށްވެސް ގަދަ 16 ގެ ހާލަތު އުނދަގޫވެގެން ދާނެ. ޓިއުނީޝިއާ ފުރަތަމަ މެޗުގައި ޑެންމާކާ އެއްވަރުކުރީ 0-0 ގެ ނަތީޖާއަކުން. އޮސްޓްރޭލިއާ ފުރަތަމަ މެޗުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ނުކުމެ ބަލިވީ 4-1 ގެ ނަތީޖާއަކުން.

މެޗުގެ ކުރިން ކޯޗުންގެ ބަސް

ޖަލާލް ކަދްރީ - ޓިއުނީޝިއާ

"އޮސްޓްރޭލިއާ ޓީމަކީ ވަރަށް ބޮޑަށް އިހުތިރާމު ލިބިފައިވާ ޓީމެއް، އެއީ އޭޝިއާގެ މުބާރާތްތަކުގައި ދައްކާ ކުޅުމުގެ ސަބަބުން. އޮސްޓްރޭލިއާއަކީ އެންމެ މަތީ ފަންތީގެ މެޗުތަކުގައިވެސް ވަރުގަދައަށް ކުޅެވޭނެ ޓީމެއް. އަވަސް، ހަލުވި ކުޅުންތެރިން އެޓީމުގައި އެބަތިބި. އެކަމަކުވެސް މެޗުގައި ބޭނުންކުރެވޭނެ ބަލިފައިތަކެއް އެބަހުރި. އޮސްޓްރޭލިއާގެ އެތުލެޓިކް ކޮލިޓީ ރަނގަޅު ނަމަވެސް ފިޒިކަލީ އަހަރެމެންނަށް އެޓީމާ ޗެލެންޖް ކުރެވޭނެ. ފްރާންސް މެޗުގައި ބަލިވި ބަލިވުންވެސް އެއީ ހައިރާންކަމެއް ނޫން. ލިބޭ ބޯޅައިގައި އޮސްޓްރޭލިއާ މޮޅަކަސް އެކަން ދަމަހައްޓަން އޮސްޓްރޭލިއާއަށް އުނދަގޫ. އޮސްޓްރޭލިއާ ޓީމުގެ ހުރިހާ ކަމެއް އެނަލައިސްކޮށް ބަލައިފިން. ހުރިހާ މެޗެއްވެސް އެނަލައިސްކޮށްފިން. އެހެންވީމާ ނޭނގޭނެ ކަމެއް ނޯންނާނެ،"

ގްރަހަމް އާނޯލްޑް - އޮސްޓްރޭލިއާ

"ޓިއުނީޝިއާއަކީ ވަރަށް ފިޒިކަލް ޓީމެއް. އެ ފިޒިކާލިޓީގައި މެޗަށް ނުކުންނަން އޮސްޓްރޭލިއާވެސް ތައްޔާރު. އަަހަރެމެން ނުކުންނާނީ މީގެ ކުރިން އޮސްޓްރޭލިއާގެ ވޯލްޑް ކަޕް ރެކޯޑުން ހިތްވަރު ހޯދައިގެން. 17 މެޗުން ދެ މެޗުން މޮޅުވެފައި އޮތީ. އެއީ ހިތްވަރެއް ކަމަށް ބަލަނީ އާ ޖީލަކަށް މި ޖީލު ވާން ބޭނުންވާތީ. މިއީ އޮސްޓްރޭލިއާގެ ގޯލްޑަން ޖެނެރޭޝަނަކަށް ވެވޭނެ ޓީމެއް. އެކަން ކުރަން ވޯލްޑް ކަޕްގެ ރެކޯޑު ރަނގަޅުކުރަން ޖެހޭ،"