ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: އިންގްލެންޑް 0-0 އެމެރިކާ (ފުލްޓައިމް)

26 Nov 07:07

މެޗުގެ އުސްއަލިތައް:

  • މިރޭގެ މެޗަށް ނުކުތް އިރު، އިންގްލެންޑަށް ޕޮއިންޓަކުންވެސް ގަދަ 16 ޔަގީންވާން އެބައޮތް
  • އެމެރިކާއަށް ގަދަ 16 ހޯދަން މޮޅެއް މުހިއްމު
  • ފުރަތަމަ ކޮޅުގައި އިންގްލެންޑުން ނުރައްކާ ކުރި، ކޭންއަށް ލިބުނު ފުރުސަތު ކާމިޔާބެއް ނުވި
  • ހާފުގެ ފަހުކޮޅުގައި އެމެރިކާގެ ނުރައްކާ ފެނުނު، މެކެނީއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި
  • ޕުލިސިޗްގެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށް، އަނެއްކޮޅުން މައުންޓްގެ ހަމަލާ މަތަކުރީ އެމެރިކާ ކީޕަރު ޓާނާ
  • ހާފުގެ ކުރީކޮޅުގައި އެމެރިކާ ނުރައްކާ ކުރި، ގިނަ ކޯނަރުތަކެއް ލިބި އިންގްލެންޑް ޑިފެންސަށް ބާރުބޮޑުވި
  • ޕުލިސިޗްގެ ހަމަލާއެއް ގޯލަށް އަމާޒުނުވެ ދިޔަ އިރު، ގޯލާ ސީދާ ހަމަލާއެއް ފެނުނީ މަދު ފަހަރު
  • ވޭލްސް ކައިރީ ބޮޑު ބައްޔެއް ނުވެއްޖެނަމަ، އިންގްލެންޑް ގަދަ 16 އަށް ދާނެ
  • އެމެރިކާ ފަހު މެޗުގައި އިރާނާ ކުރިމަތިލާން ޖެހޭ އިރު، އެމެޗުން މޮޅުވެ ގަދަ 16 އަށް ދެވޭނެ
26 Nov 06:52

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ އިންގްލެންޑް އަދި އެމެރިކާއަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.

26 Nov 06:51

'90+3 - އިންގްލެންޑަށް ރަނގަޅު ފުރުސަތެއް. ލޫކް ޝޯ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ހެރީ ކޭން ބޮލުން ފޮނުވާލި ހަމަލަ، އެމެރިކާގެ ގޯލާ އަމާޒުވެފައެއް ނުުވޭ.

26 Nov 06:47

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

26 Nov 06:45

'87 - އިންގްލެންޑްގެ ހަމަލާއެއް. ގްރީލިޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަޝްފާޑް ފޮނުވާލި ހަމަލާގައި ބާރެއް ނެތް، އެމެރިކާގެ ކީޕަރު މެޓް ޓާނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.

26 Nov 06:41

'83 - އެމެރިކާ އިން ދެ ބަދަލެއް. ވެއާ އާއި ރައިޓްގެ ބަދަލުގައި ކުޅެން ނުކުތީ ޖިއޮވާނީ ރޭނާ އާއި ޖޯޝުއާ ސާޖެންޓް.

26 Nov 06:38
26 Nov 06:36

'78 - އިންގްލެންޑުން ވެސް ބަދަލެއް. ސަކާގެ ބަދަލުގައި ކުޅެން ނުކުތީ މާކަސް ރަޝްފާޑް.

26 Nov 06:35

'77 - އެމެރިކާ އިން ދެ ބަދަލެއް. މެކެނީ އާއި ޑެސްޓްގެ ބަދަލުގައި ކުޅެން ނުކުތީ ބްރެންޑެން އާރޮންސަން އާއި ޝެކް މޯ.

26 Nov 06:31

'73 - ގްރީލިޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހެރީ ކޭން ނުރައްކާކުރުމުގެ ކުރިން އެމެރިކާގެ ޑިފެންޑަރުން އެ ބޯޅަ ދިފާއުކޮށްފި.

26 Nov 06:27
26 Nov 06:26

68' އިންގްލެންޑުން ދެ ބަދަލެއް. ރަހީމް ސްޓާލިން އާއި ބެލިންހަމްގެ ބަދަލުގައި ކުޅެން ނުކުތީ ޖޯޑަން ހެންޑަސަން އާއި ޖެކް ގްރީލިޝް.

26 Nov 06:23

63' އެމެރިކާގެ ނުރައްކާތެރި ކޯނަރެއް. ޕުލިސިޗްގެ ކޯނަރު ސީދާ ގޯލާ ދިމާލަށް ދިޔަ އިރު، ޕަންޗުކޮށް ބޭރުކޮށްލީ އިންގްލެންޑް ކީޕަރު ޕިކްފޯޑް. އެމެރިކާއަށް ގިނަ ކޯނަރުތަކެއް ލިބި، އިންގްލެންޑްގެ ޑިފެންސް ލައިނަށް ދަނީ ބާރުބޮޑުކޮށް.

26 Nov 06:19
26 Nov 06:16

'58 - އެމެރިކާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޕުލިސިޗް ފޮނުވާލި ހަމަލާ، އިންގްލެންޑް މިޑްފީލްޑަރު ޑެކްލަން ރައިސް ވަނީ ބްލޮކްކޮށްފައި.

26 Nov 06:11

'53 - އެމެރިކާގެ ވެއާއަށް އިންގްލެންޑް ފުލްބެކް ލޫކް ޝޯގެ ނުރައްކާ ފައުލެއް.

26 Nov 06:06

'49 - އެމެރިކާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން މެކެނީ ފޮނުވާލި ހަމަލާ، އިންގްލެންޑުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

26 Nov 06:02

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

26 Nov 05:51

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މިރޭގެ މެޗަށް ނުކުތް އިރު، އިންގްލެންޑަށް ޕޮއިންޓަކުންވެސް ގަދަ 16 ޔަގީންވާން އެބައޮތް
  • އެމެރިކާއަށް ގަދަ 16 ހޯދަން މޮޅެއް މުހިއްމު
  • ފުރަތަމަ ކޮޅުގައި އިންގްލެންޑުން ނުރައްކާ ކުރި، ކޭންއަށް ލިބުނު ފުރުސަތު ކާމިޔާބެއް ނުވި
  • ހާފުގެ ފަހުކޮޅުގައި އެމެރިކާގެ ނުރައްކާ ފެނުނު، މެކެނީއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި
  • ޕުލިސިޗްގެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށް، އަނެއްކޮޅުން މައުންޓްގެ ހަމަލާ މަތަކުރީ އެމެރިކާ ކީޕަރު ޓާނާ
26 Nov 05:47

މެެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ އިންގްލެންޑް އަދި އެމެރިކާއަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.

26 Nov 05:47
26 Nov 05:47

'45+1 - އިންގްލެންޑްގެ ނުރައްކާތެރި ހަމަލާއެއް. ސްޓާލިން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މޭސަން މައުންޓް ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، އެމެރިކާގެ ކީޕަރު މެޓް ޓާނާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

26 Nov 05:45

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.

26 Nov 05:45

'45 - އިންގްލެންޑަށް ފުރުސަތެއް. ލޫކް ޝޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސްޓާލިން ފޮނުވާލި ހަމަލާ، އެމެރިކާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

26 Nov 05:43

'43 - އެމެރިކާގެ އިތުރު ހަމަލާއެއް. ޑެސްޓް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޕުލިސިޗް ބޮލުން ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

26 Nov 05:42

'41 - އެމެރިކާގެ ހަމަލާއެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އެެމެރިކާގެ ޑެސްޓް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ ވަނީ ބްލޮކްކޮށްފައި.

26 Nov 05:40
26 Nov 05:40

'40 - ވެއާ ނަގައިދިން ހުރަސް، އިންގްލެންޑް ޕެނަލްޓީ އޭރިއާ ތެރެއިން އެމެރިކާގެ ކުޅުންތެރިޔަކަށް ލިބޭ ގޮތެއް ނުވި.

26 Nov 05:36

'36 - އިންގްލެންޑްގެ ހަމަލާއެެއް. މައުންޓް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޫޑް ބެލިންހަމް ފޮނުވާލި ހަމަލާ، އެމެރިކާ ޑިފެންޑަރު ޒިމާމަން ވަނީ ބްލޮކްކޮށްފައި.

26 Nov 05:35
26 Nov 05:33

'33 - އެމެރިކާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން އެމެރިކާ ތަރި ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިއަށް.

26 Nov 05:29

'29 - ޕެނަލްޓީ އޭރިއާ ބޭރުން އެމެރިކާގެ މޫސާ ފޮނުވާލި ހަމަލާ، އިންގްލެންޑް މިޑްފީލްޑަރު ޑެކްލަން ރައިސް ބްލޮކްކޮށްފި.

26 Nov 05:27

'26 - އެމެރިކާއަށް ހުސް ފުރުސަތެއް. ޓިމޮތީ ވެއާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ވެސްޓަން މެކެނީ ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

26 Nov 05:23
26 Nov 05:20

'20 - ޑެސްޓް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން އިންގްލެންޑް ކީޕަރު ޕިކްފޯޑް އެ ބޯޅަ ހޯދައިފި.

26 Nov 05:16

'17 - އެމެރިކާގެ ހަމަލާއެއް. މެކެނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރައިޓް ބޮލުން ފޮނުވާލި ހަމަލާ އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

26 Nov 05:15

މެޗުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ އިންގްލެންޑުން. އަދި އެޓޭކުގައި ނުރައްކާކޮށް ފެންނަނީ ވެސް އިންގްލެންޑް. ނަމަވެސް ގޯލު ޖަހާނެ ފުރުސަތަކަށް ލިބިފައިވަނީ ހަމައެކަނި ކޭންއަށް ލިބުނު ފުރުސަތު.

26 Nov 05:10

'10 - އިންގްލެންޑަށް ހުސް ފުރުސަތެއް. ސަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިންގްލެންޑް ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ، އެމެރިކާ ޑިފެންޑަރު ޒިމާމަން ވަނީ ދިފާއުކޮށްފައި.

26 Nov 05:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންގްލެންޑުން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގެ ހަތަރު ވަނަ މެޗުގައި އިންގްލެންޑާއި އެމެރިކާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

އިންގްލެންޑުން 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔައީ އެތައް އަހަރެއްގެ އިންތިޒާރަކަށްފަހު. އެގައުމުން އަދިވެސް އިންތިޒާރު ކުރަނީ 1966 ވަނަ އަހަރަށްފަހު ފުރަތަމަ ވޯލްޑް ކަޕް ތަށްޓަށް. އަދި ފުރަތަމަ ބޮޑު މުބާރާތެއްގެވެސް ތަށްޓަށް. އެ ދަތުރަށް މިފަހަރު އިންގްލެންޑް ފެށީ ވަރުގަދަ މޮޅަކުން. އިރާން ކައިރިން އިންގްލެންޑް ފުރަތަމަ މެޗުގައި މޮޅުވީ 6-2 ގެ ނަތީޖާއަކުން. އަނެއްކޮޅުން ނުކުންނަ އެމެރިކާއިން ގްރޫޕްގެ ފުރަތަމަ މެޗުގައި ވޭލްސްއާ އެއްވަރު ކޮށްފައިވަނީ 1-1 ގެ ނަތީޖާއަކުން.

ވޯލްޑް ކަޕްގެ ތާރީހުގައި އިންގްލެންޑަށް އެމެރިކާ ބަލިކުރެވިފައެއް ނެތް

އެމެރިކާ އާއި އިންގްލެންޑް މީގެ ކުރިން ވޯލްޑް ކަޕްގައި ވާދަކުރީ ދެފަހަރަކުއެވެ. އެއީ 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. 1950 ވަނަ އަހަރު އިންގްލެންޑް ބަލިވި އިރު، 2010 ގެ މެޗު ވީ އެއްވަރެވެ. ފުރަތަމަ މެޗުގައި 1-0 އިން އިންގްލެންޑް ބަލިވި އިރު، ބިލީ ރައިޓް ފަދަ ކުޅުންތެރިން ތިއްބެވެ. ދެން ކުޅުނު 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި އެމެރިކާއާ އިންގްލެންޑް 1-1 އިން އެއްވަރުވި އިރު، އެ މެޗުގައި ފެނިގެން ދިޔައީ އިންގްލެންޑް ގޯލްކީޕަރު ރޮބާޓް ގްރީންގެ ބޮޑު ގޯހެއް. އިންގްލެންޑަށް ގޯލު ޖެހީ ސްޓީވަން ޖެރާޑް. އެމެރިކާގެ ގޯލު ޖެހީ ކްލިންޓް ޑެމްސީ. އޭރު އިންގްލެންޑް ޓީމަކީ ފެވަރިޓެއް. ފްރޭންކް ލެމްޕާޑާއި ޖޯން ޓެރީގެ އިތުރުން ވޭން ރޫނީ ފަދަ ކުޅުންތެރިން ޓީމުގައި ތިބި.