މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓުގެ ކުޅުން ދައްކައިފި.
'87 - ބްރެޒިލުން އިތުރު ބަދަލެއް. ރަފީނިއާގެ ބަދަލުގައި ކުޅެން ނުކުތީ ގެބްރިއަލް މާޓިނެލީ.
'87 - ބްރެޒިލްގެ ހަމަލާއެއް. ސާބިއާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އެންޓޮނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ރޮޑްރީގޯ ފޮނުވާލި ހަމަލާ، ސާބިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'82 - ބްރެޒިލްގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ބްރެޒިލް މިޑްފީލްޑަރު ފްރެޑް ފޮނުވާލި ހަމަލާ، ސާބިއާގެ ކީޕަރު މިލިންކޮވިޗްް ސަވިޗް ވަނީ މަތަކޮށްފައި.
'81 - ބްރެޒިލުގެ ނުރައްކަލެއް. ޖެސުސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ފޮނުވާލި ހަމަލާ އަމާޒުވީ ސާބިއާ ގޯލުގެ ހުރަސް ދަނޑިއަށް.
'80 - ބްރެޒިލްގެ އިތުރު ބަދަލެއް. އަނިޔާއަކާ ގުޅިގެން ނޭމާގެ ބަދަލުގައި އެންޓޮނީ.
'79 - ބްރެޒިލްގެ ތިންވަނަ ބަދަލު. ރިޗާލިސަންގެ ބަދަލުގައި ގެބްރިއަލް ޖެސުސް.
'75 - ބްރެޒިލްގެ ފުރަތަމަ ދެ ބަދަލު. ލޫކަސް ޕަކޭޓާގެ ބަދަލުގައި ފްރެޑް، އަދި ވިނީޝިއަސް ޖޫނިއާގެ ބަދަލުގައި ރޮޑްރީގޯ.
'73 - ބްރެޒިލުން އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފި. ބްރެޒިލް ފޯވަޑް ރިޗާލިސަންގެ ރީތި ގޯލެއް. ވިނީޝިއަސް ޖޫނިއާ ދިން ބޯޅަ، ކޮންޓްރޯލުކޮށްލުމަށްފަހު، ރިޗާލިސަން ވަނީ ވަރަށް ރީތިކޮށް ވޮލީއަކުން ސާބިއާގެ ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލާފައި.
'67 - ބްރެޒިލްގެ ނުރައްކަލެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާ، ސާބިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'66 - ސާބިއާގެ އިތުރު ދެ ބަދަލެއް. ލުކިޗްގެ ބަދަލުގައި ލަޒޮވިޗް އަދި މިލަޑެނޮވިޗްގެ ބަދަލުގައި ކުޅެން ނުކުތީ ވްލަހޮވިޗް.
'64 - ރެފްރީއާ ދިމާއަށް ބުނި ބަހެއްގެ ސަބަބުން ސާބިއާގެ ލުކިޗްއަށް ރީނދޫ ކާޑެއް.
'62 - ބްރެޒިލުން ގޯލެއް ޖަހައި، ލީޑު ހޯދައިފި. ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރިޗާލިސަން. އޭނާ އެ ގޯލު ޖެހީ ވިނީޝިއަސް ޖޫނިއާ ފޮނުވާލި ބާރު ހަމަލާއެއް ސާބިއާގެ ކީޕަރު މިލިންކޮވިޗް ސަވިޗް މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން.
'60 - ބްރެޒިލްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބްރެޒިލް ފުލްބެކް އެލެކްސް ސެންޑްރޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސާބިއާ ގޯލުގެ އަރިމަތީ ދަނޑިއަށް.
'58 - ސާބިއާ ކެޕްޓަން ޓަޖިޗް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ބްރެޒިލް ކެޕްޓަން ތިއާގޯ ސިލްވާ ދިފާއުކޮށްފި.
'57 - ސާބިއާގެ ދެ ބަދަލެއް. ގުޑޭޖް އާއި ޒިވްކޮވިޗްގެ ބަދަލުގައި ކުޅެން ނުކުތީ އިލިޗް އާއި ރަޑޮނިޗް.
'55 - ބްރެޒިލްގެ ހަމަލާއެއް. ވިނީޝިއަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރެޒިލް ތަރި ނޭމާ ފޮނުވާލި ހަމަލާ، ސާބިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'53 - ބްރެޒިލަށް ފުރުސަތެއް. ޕަކޭޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބަރެޒިލްގެ ރަފީނިއާ ނުރައްކާކުރުމުގެ ކުރިން ސާބިއާ ޑިފެންޑަރު ޕަވްލޮވިޗް ވަނީ ޓެކަލްކޮށް ބޯޅަ ދިފާއުކޮށްފައި.
'50 - ނޭމާ ފޮނުވާލި ހިލޭ ޖެހުން، ސާބިއާ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
'49 - ނޭމާއަށް ކުރި ފައުލަކާ ގުޅިގެން ސާބިއާގެ ގުޑޭޖަށް ރީނދޫ ކާޑެއް. ނުރައްކާ ހިސާބަކުން ބްރެޒިލަށް ހިލޭ ޖެހުމެއް.
'46 - ބްރެޒިލަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ރަފީނިއާ ފޮނުވާލި ހަމަލާ، ސާބިއާގެ ކީޕަރު މިލިންކޮވިޗް ސަވިޗް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ބްރެޒިލް އަދި ސާބިއާއަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.
'42 - ބްރެޒިލަށް ހުސް ފުރުސަތެއް. ކަސެމީރޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާ، ސާބިއާ ޑިފެންޑަރު މިލެންކޮވިޗް ވަނީ ބްލޮކްކޮށްފައި.
'35 - ބްރެޒިލަށް ހުސް ފުރުސަތެއް. ޕަކޭޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ރަފީނިއާ ފޮނުވާލި ހަމަލާގައި ބާރެއް ނެތް. ސާބިއާގެ ކީޕަރު މިލިންކޮވިޗް ސަވިޗް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.
'31 - ބްރެޒިލްގެ ޕަކޭޓާ ދިން ރީތި ބޯޅައަކުން ރަފީނިއާ ހުރަސްކޮށްލި ބޯޅަ، ތިއާގޯ ސިލްވާގެ ފައިގައި ލައްވާނުލައި، ސާބިއާގެ ކީޕަރު މިލިންކޮވިޗް ސަވިޗްގެ އަތަށް.
'27 - ސާބިއާ ކީޕަރު މިލިންކޮވިޗް ސަވިޗްގެ މޮޅު ސޭވްއެއް. ބްރެޒިލް ކެޕްޓަން ތިއާގޯ ސިލްވާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވިނީޝިއަސް ޖޫނިއާ ނުރައްކާކުރުމުގެ ކުރިން ސާބިއާގެ ކީޕަރު މިލިންކޮވިޗް ސަވިޗް ވަނީ ކުރިއަށް ނުކުމެ ދިފާއުކޮށްފައި.
'25 - ޓަޖިޗް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ސާބިއާ ފޯވަޑް މިޓްރޮވިޗްއަށް ލިބުމުގެ ކުރިން ބްރެޒިލް ކީޕަރު އެލިސަން، އެ ބޯޅަ ހޯދައިފި.
'22 - ބްރެޒިލްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކަސެމީރޯ ފޮނުވާލި ބާރު ހަމަލާ، އުނދަގުލެއް ނެތި ސާބިއާގެ ކީޕަރު މިލިންކޮވިޗް ސަވިޗް ވަނީ މަތަކޮށްފައި.
'21 - ބްރެޒިލްގެ ހަމަލާއެއް. ނޭމާ ފޮނުވާލި ބާރު ހަމަލާ، ސާބިއާގެ ޕެނަލްޓީ އޭރިއަ ތެރެއިން ވަނީ ބްލޮކްވެފައި.
13' ނޭމާގެ ނުރައްކާތެރި ކޯނަރެއް. ނޭމާގެ ކޯނަރު އޮޅާލީ ގޯލާ ދިމާލަށް، ވައިގެ ތެރޭގައި މިސްރާބު ބަދަލުވެގެން ދިޔަ ބޯޅަ ސާބިއާ ކީޕަރު މިލިންކޮވިޗް-ސަވިޗް ޕަންޗުކޮށް ބޭރުކޮށްލައިފި.
12' ބްރެޒިލުން އަނެއްކާވެސް ނުރައްކާ ކޮށްފި. ޒިވްކޮވިޗް ކައިރިން ނައްޓައި، ވިނީޝިއަސް ޖޫނިއާ އޭރިއާ ތެރެއަށް ވަން ނަމަވެސް، ރަނގަޅަށް ހުރަސް ކުރެވޭ ގޮތެއް ނުވި.
9' ނޭމާގެ ނުރައްކަލެއް. އޭރިއާ ތެރެއިން ބޯޅަ ހޯދައި ސާބިއާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލި ނަމަވެސް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި.
4' ބްރެޒިލްގެ ނުރައްކަލެއް. މެދުތެރެއިން ވިނީޝިއަސް ޖޫނިއާ ތަނަވަސް ކޮށްދިން ފުރުސަތެެއްގައި ރަފީނިއާ ނަގައިދިން ހުރަސް، ސާފުކޮށްލީ ސާބިއާގެ ޑިފެންޑަރު ޕަވްލޮވިޗް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބްރެޒިލުން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ދެވަނަ މެޗުގައި ބްރެޒިލާއި ސާބިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލަކީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. ތާރީހުގެ ތެރެއިން ޕެލޭ ފަދަ ކުޅުންތެރިންނާއެކު ތިން ތަށި އެގައުމުން ހޯދި އިރު، އެންމެފަހުން ވޯލްޑް ކަޕް ހޯދާފައި ވަނީ 2002 ވަނަ އަހަރު.
ބްރެޒިލާ ދެކޮޅަށް މިފަހަރު ނުކުންނަ ސާބިއާގެ ފުޓުބޯޅައަށް ޖިއޯޕޮލިޓިކްސްގެ އަސަރު ކޮށްފައިވޭ. ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން ކިންގްޑޮމް އޮފް ޔޫގޯސްލާވިއާގެ ގޮތުގައި ގިނަ ގައުމުތަކެއް އެކުގައި އޮތް އިރު، 1930 ވަނަ އަހަރުގެ ވޯލްޑް ކަޕުން އެގައުމު ހަތަރުވަނަ ހޯދި. އެ ކާމިޔާބީއަކީ ސާބިއާގެވެސް ހިއްސާ އޮތް ކާމިޔާބީއެއް. ހަނގުރާމައަށްފަހު ސާބިއާ އޮތީ ސޯޝަލިސްޓް ފެޑެރަލް ރިބަޕްލިކް އޮތް ޔޫގޯސްލާވިއާގެ ގޮތުގައި. އޭރު 1950 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާ ހަމައަށް ސާބިއާ ވަނީ ހަތް ވޯލްޑް ކަޕެއްގައި ކުޅެފައި ފަހުން ސާބިއާ އެންޑް މޮންޓަނީގްރޯގެ ގޮތުގައި އެގައުމުން ފުޓުބޯޅަ ތަމްސީލުކުރި އިރު، ސާބިއާގެ ނަމުގައި އެގައުމުން ފުޓުބޯޅައަށް ނުކުތީ 2010 ވަނަ އަހަރު
ވޯލްޑް ކަޕްގައި ޖުމުލަ 12 ފަހަރު ވާދަކޮށްފައިވާ ސާބިއާ ވަނީ ފަސް ފަހަރު ޔޫރޯގައި ކުޅެފައި.