ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ބެލްޖިއަމް 1-0 ކެނެޑާ (ފުލްޓައިމް)

24 Nov 07:05

މެޗުގެ އުސްއަލިތައް:

  • ފުރަތަމަ ހާފް ޑޮމިނޭޓްކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ ކެނެޑާ
  • ފުރަތަމަ ކޮޅުގައިވެސް އެޓީމުން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި
  • ކެނެޑާއިން ކޮންޓްރޯލުގައި ކުޅުނު ނަމަވެސް މާޔޫސްކަމަކަށްވީ ގޯލު ނުޖެހުން
  • ޖޮނަތަން ޑޭވިޑާއި އަޓިބާ ހަޗިންސަން އަދި އަލިސްޓާ ޖޯންސްޓަންއަށް ފުރުސަތުތައް ލިބު ބޭކާރުވި
  • ކެނެޑާއަށް ލިބުނު ޕެނަލްޓީގައި އެލްފޯންސޯ ޑޭވިސް ޖެހި ބޯޅަ ކޯޝުއާ މަތަކުރި
  • ބެލްޖިއަމް ލީޑު ނެގީ ކުޅުމުގެ އޮއެވަރާ އިދިކޮޅަށް، ގޯލު ޖެހީ ބަޓްސްޝުއާއީ
  • ދެވަނަ ހާފުގައިވެސް ކެނެޑާއަށް ފުރުސަތުތައް ލިބި ބޭކާރުވި
  • ޖޮނަތަން ޑޭވިޑާ ލަނިންގެ ހަމަލާތައް ކޯޓުއާ މަތަކުރިއިރު، ކެނެޑާ މާޔޫސްވީ ގޯލެއް ނުޖެހުމުން
  • ބެލްޖިއަމްއަށް އުނދަގޫ މޮޅެއް ހޯދުނީ ފަހު ހާފުގައި ރަނގަޅަށް ޑިފެންސްކޮށްގެން
24 Nov 06:56

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެން.

24 Nov 06:49

'88 - ކެނެޑާއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލަރިން ނުރައްކާކުރުމުގެ ކުރިން ބެލްޖިއަމް ޑިފެންޑަރު ވާޓޮންގެން ވަނީ ދިފާއުކޮށްފައި.

24 Nov 06:44

'83 - ލޮއިސް އޮޕެންޑާއަށް ކުރި ފައުލަކާ ގުޅިގެން ކެނެޑާގެ ޖޯންސްޓަންއަށް ރީނދޫ ކާޑެއް.

24 Nov 06:43

'81 - ޓްރޮސާޑަށް ކުރި ފައުލަކާ ގުޅިގެން ކެނެޑާގެ އަލްފޮންސޯ ޑޭވީސްއަށް ރީނދޫ ކާޑެއް.

24 Nov 06:42

'81 - ކެނެޑާ އިން ދެ ބަދަލެއް. ޔޫސްޓާކިއޯގެ ބަދަލުގައި ޖޮނަތަން އޮސޯރިއޯ. އަދި ބުކާނަންގެ ބަދަލުގައި ލިއަމް މިލާ.

24 Nov 06:41

'80 - ކެނެޑާއަށް ރަނގަޅު ފުރުސަތެއް. ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ލަރިން ބޮލުން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައި.

24 Nov 06:40

'78 - ބެލްޖިއަމުން ބަދަލެއް. ބަޓްޝުއާއީގެ ބަދަލުގައި ކުޅެން ނުކުތީ ލޮއިސް އޮޕެންޑާ.

24 Nov 06:38
24 Nov 06:37

؛76 - ކެނެޑާއަށް ފުރުސަތެއް. ބޫކަނަން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ލަރިންއަށް ރަނގަޅަށް ކޮންޓްރޯލު ކުރެވިފައެއް ނުވޭ.

24 Nov 06:28

'67 - ބެލްޖިއަމަށް ރަނގަޅު ފުރުސަތެއް. ޑި ބްރޭނާ ދިން ބޯޅައަކުން ބަޓްޝުއާއީ ފޮނުވާލި ހަމަލާ، ކެނެޑާގެ ލަރޭޔާ ވަނީ ޓެކަލްކޮށް ބޯޅަ ދިފާއުކޮށްފައި.

24 Nov 06:22

'62 - ބެލްޖިއަމުން ބަދަލެއް. ކެޕްޓަން އެޑެން ހަޒާޑްގެ ބަދަލުގައި ކުޅެން ނުކުތީ ލިއާންޑްރޯ ޓްރޮސާޑް.

24 Nov 06:18

'58 - ކެނެޑާގެ ދެ ބަދަލެއް. ހޮއިލެޓްގެ ބަދަލުގައި ކުޅެން ނުކުތީ ކައިލް ލަރިން. އަދި ހަޗިންސަންގެ ބަދަލުގައި ކުޅެން ނުކުތީ އިސްމާއިލް ކޯނޭ.

24 Nov 06:17

'56 - ޔޫސްޓާކިއޯއަށް ކުރި ފައުލަކާ ގުޅިގެން ބެލްޖިއަމްގެ އޮނާނާއަށް ރީނދޫ ކާޑެއް.

24 Nov 06:16

ދެވަނަ ހާފުގައި ވެސް ކެނެޑާގެ އެޓޭކުން ނުރައްކާ ބޮޑު. ބެލްޖިއަމަށް ރަނގަޅު ކުޅުމެއް ނުދެއްކޭ.

24 Nov 06:14

'54 - ހޮއިލެޓްއަށް ކުރި ފައުލަކާ ގުޅިގެން ބެލްޖިއަމްގެ މުނިއޭއަށް ރީނދޫ ކާޑެއް.

24 Nov 06:11

'50 - ޕެނަލްޓީ އޭރިއާ ބޭރުން ޔޫސްޓާކިއޯ ފޮނުވާލި ހަމަލާ ވެސް ބެލްޖިއަމްގެ ގޯލާ އަމާޒެއް ނުވި.

24 Nov 06:10

'48 - ކެނެޑާއަށް ފުރުސަތެއް. ޔޫސްޓާކިއޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރު ޖޮނަތަން ޑޭވިޑް ބޮލުން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

24 Nov 06:07

ބެލްޖިއަމުން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލަކާއެކު. ކަރަސްކޯގެ ބަދަލުގައި ނުކުތީ ތޯމަސް މުނިއޭ އަދި ޓިއެލެމަންސްގެ ބަދަލުގައި ކުޅެން ނުކުތީ އަމަދޫ އޮނާނާ.

24 Nov 06:06

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ފެށީ ބެލްޖިއަމުން.

24 Nov 05:52
24 Nov 05:52

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ފުރަތަމަ ހާފް ޑޮމިނޭޓްކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ ކެނެޑާ
  • ފުރަތަމަ ކޮޅުގައިވެސް އެޓީމުން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި
  • ކެނެޑާއިން ކޮންޓްރޯލުގައި ކުޅުނު ނަމަވެސް މާޔޫސްކަމަކަށްވީ ގޯލު ނުޖެހުން
  • ޖޮނަތަން ޑޭވިޑާއި އަޓިބާ ހަޗިންސަން އަދި އަލިސްޓާ ޖޯންސްޓަންއަށް ފުރުސަތުތައް ލިބު ބޭކާރުވި
  • ކެނެޑާއަށް ލިބުނު ޕެނަލްޓީގައި އެލްފޯންސޯ ޑޭވިސް ޖެހި ބޯޅަ ކޯޝުއާ މަތަކުރި
  • ބެލްޖިއަމް ލީޑު ނެގީ ކުޅުމުގެ އޮއެވަރާ އިދިކޮޅަށް، ގޯލު ޖެހީ ބަޓްސްޝުއާއީ
24 Nov 05:51

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކެނެޑާ ކުރީގައި އޮވެގެން.

24 Nov 05:51

'45+4 - ކެނެޑާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސްޓެފަން ޔޫޓަގިއޯ ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމްގެ ޓިއެލެމަންސް ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

24 Nov 05:48

'45+3 - ކެނެޑާއަށް ރަނގަޅު ފުރުސަތެއް. ރިޗީ ލަރޭޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޫކަނަން ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

24 Nov 05:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

24 Nov 05:45

'44 - ބެލްޖިއަމުން ގޯލެއް ޖަހައި، ލީޑު ހޯދައިފި. ޓޮބީ އަލްވަރާލްޑް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިޝީ ބަޓްޝުއާއީ.

24 Nov 05:42

'42 - ބެލްޖިއަމަށް އަދިވެސް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވޭ. ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރެވިފައެއް ނުވޭ. ކެނެޑާ އަދިވެސް ފެންނަނީ ނުރައްކާކޮށް.

24 Nov 05:37
24 Nov 05:32

'31 - ކެނެޑާއަށް އިތުރު ފުރުސަތެއް. ބޫކަނަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޮނަތަން ޑޭވިޑް ފޮނުވާލި ހަމަލާ، ބެލްޖިއަމް ޑިފެންޑަރު ޓޮބީ އަލްޑާވެރާލްޑް ވަނީ ބްލޮކްކޮށްފައި.

24 Nov 05:30

'30 - ކެނެޑާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އަލިސްޓާ ޖޯންސްޓަން ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައި.

24 Nov 05:27

'27 - ކެނެޑާގެ ހަމަލާއެއް. ޑޭވީސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އަޓިބާ ހަޗިންސަން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

24 Nov 05:24

'23 - ބެލްޖިއަމަށް ރަނގަޅު ފުރުސަތެއް. ޓިއެލެމަންސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބެލްޖިއަމްގެ މިޝީ ބަޓްޝުއާއީ ފޮނުވާލި ހަމަލާ، ކެނެޑާގެ ޑިފެންޑަރު ކަމާލް މިލާ ވަނީ ބްލޮކްކޮށްފައި.

24 Nov 05:19

މެޗުގެ 20 މިނެޓުގެ ކުޅުން ނިމުނު އިރު، ކެނެޑާގެ ޕެނަލްޓީ އޭރިއާ ތެރެއިން ބެލްޖިއަމްގެ ކުޅުންތެރިއެއްގެ ފައިގައި އަދި ބޯޅަ ޖެހިފައެއް ނުވޭ.

24 Nov 05:16

'16 - ކެނެޑާގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޖޫނިއާ ހޮއިލެޓް ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

24 Nov 05:14

'12 - ކެނެޑާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކެނެޑާގެ ލަރޭޔާ ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

24 Nov 05:12

މެޗުގެ ފުރަތަަމަ ދިހަ މިނެޓުގެ ތެރޭގައި ނުރައްކާކޮށް ފެނުނީ ކެނެޑާ އިން. އެޓީމުން އަންނަނީ ކުރިއަށް ޖެހި، ބެލްޖިއަމްގެ ގޯލަށް ނުރައްކާކުރަމުން. ބެލްޖިއަމަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ނުލިބޭ.

24 Nov 05:11

'11 - ކެނެޑާގެ ޕެނަލްޓީ ނާކާމިޔާބު. ކެނެޑާގެ ތަރި އަލްފޮންސޯ ޑޭވީސް ފޮނުވާލި ޕެނަލްޓީ، ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުވާ ވަނީ މަތަކޮށްފައި.

24 Nov 05:10

'9 - ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ ކެނެޑާއަށް ޕެނަލްޓީއެއް ކަމަށް. ބެލްޖިއަމްގެ ކަރެސްކޯއަށް ރީނދޫ ކާޑެއް.

24 Nov 05:09

'7 - ކެނެޑާއަށް އިތުރު ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޫކަނާން ފޮނުވާލި ހަމަލާ، ޔެނިކް ކަރެސްކޯގެ އަތުގައި ވަނީ ޖެހިފައި.

24 Nov 05:08

'6 - ކެނެޑާއަށް ފުރުސަތެއް. ބޫކަނާން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިޔާ ތެރެއިން ޖޮނަތަން ޑޭވިޑް ފޮނުވާލި ހަމަލާ، ބެލްޖިއަމް ޑިފެންޑަރު ޑެންޑޮންކާ ވަނީ ބްލޮކްކޮށްފައި.

24 Nov 05:02

'1 - ބެލްޖިއަމްގެ ހަަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މިޗީ ބަޓްޝުއާއީ ފޮނުވާލި ހަމަލާ އަމާޒުވީ ކެނެޑާގެ ކީޕަރު ބޯޖާންއާ ދިމާއަށް.

24 Nov 05:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ކެނެޑާ އިން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގެ ދެވަނަ މެޗުގައި ބެލްޖިއަމާއި ކެނެޑާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ބެލްޖިއަމުން މިފަހަރުގެ ވޯލްޑް ކަޕް ކެމްޕޭން ފަށާނީ މިރޭ އެޓީމުން ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗުން. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމްއަކީ ފަހަކަށް އައިސް އެންމެ ގިނަ ތަރިން އުފެއްދި ޓީމު. ހާއްސަކޮށް އެގައުމުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތީ މުޅިންހެން ތަރިންގެ ޓީމަކާއެކުގައި. އެ ޖީލަށް ނިމުން އައުމުގެ ކޮޅުމަތީގައި އޮތް އިރު، އެ ޓީމުގައި ހިމެނުނު ލީޑާޝިޕް ރަނގަޅު ކުޅުންތެރިން ކަމަށްވާ ވިންސެންޓް ކޮމްޕެނީއާއި މަރުއާން ފެލައިނީ ފަދަ ކުޅުންތެރިން މިހާރު ޓީމުގައި ނުހިމެނޭ. އެހެން ނަމަވެސް ބެލްޖިއަމަކީ އަދިވެސް ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމު.

ކެނެޑާއިން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި. އެއީ ކެނެޑާއިން މިހާތަނަށް ކުޅުނު ހަމައެކަނި ވޯލްޑް ކަޕް. މިފަހަރު ކެނެޑާ ނުކުންނަނީ ތާރީހު ލިޔެލަން.

ތަރިންނަށް ނަޒަރެއް

ބެލްޖިއަމް - ކެވިން ޑި ބްރޭނާ

އުމުރު: 31 އަހަރު
ކްލަބު: މެންޗެސްޓާ ސިޓީ

މެންޗެސްޓާ ސިޓީގައި އެންމެ މުހިންމު ކުޅުންތެރިޔާ ޑި ބްރޭނާއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރު. ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޑޮމެސްޓިކް މުބާރާތްތަކުގައި ވެސް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔަކީ ޑި ބްރޭނާ. އޭނާ ވަނީ ސިޓީއާއެކު ހަތަރު ޕްރިމިއާ ލީގާއި އެފްއޭ ކަޕެއް ވެސް ކާމިޔާބުކޮށްފައި. އޭގެ އިތުރުން 202-21 ވަނަ އަހަރު ސީޒަނުގައި ސިޓީއާއެކު ޗެމްޕިއަންސް ލީގު ފައިނަލްވެސް ޑި ބްރޭނާ ކުޅެފައިވޭ. 2010 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ޑި ބްރޭނާ ވަނީ މިހާތަނަށް އެގައުމަށް ކުޅުނު 93 މެޗުން 25 ގޯލު ޖަހައިދީފައި.

އަލްފޯންސޯ ޑޭވީސް - ކެނެޑާ

އުމުރު: 21 އަހަރު
ކްލަބު: ބަޔާން މިއުނިކް

ޖަރުމަނުގެ ބަޔާން މިއުނިކްގެ ތަރި އެލްފޯންސޯ ޑޭވީސްއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ލެފްޓް ބެކް. ސްޕީޑު ބާރު، ނެއްޓުންތަކުގައި ހުނަރުވެރި ޑޭވީސްއަކީ ގޯލުތަކަށް ފުރުސަތު ފަހިކޮށްދޭންވެސް ކުޅަދާނަ ކުޅުންތެރިއެއް. މޭޖާ ލީގު ސޮކާގެ ވައިޓްކެޕްސްއިން ކެރިއަރު ފެށި ޑޭވީސްއަކީ 2000 ގެ އަހަރުތަކުގެ ފަހުން އުފަންވި ކުޅުންތެރިއަކަށް އެ ލީގުގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ. 2018 ވަނަ އަހަރު ބަޔާންއަށް ކުޅެ ފެށި ޑޭވީސް ވަނި އެ ކްލަބުގެ ސީނިއާ ޓީމަށް 90 ވަރަކަށް މެޗު ކުޅެ، ޓްރެބަލްވެސް ކާމިޔާބު ކޮށްފައި. ގައުމީ ޓީމަށް 34 މެޗު ކުޅެފައިވާ ޑޭވީސްއަކީ އެންމެ ހަގު އުމުރުގައި ގައުމީ ޓީމަށް ކުޅެ، ގޯލުވެސް ޖެހި ކުޅުންތެރިޔާ.