މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން.
'90+9 - ނެދަލެންޑްސް އިން ލީޑު ފުޅާކޮށްފި. ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޑޭވީސް ކްލާސަން. އޭނާ އެ ގޯލު ކާމިޔާބުކުރީ މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާއެއް ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން. ކްލާސަން ފޮނުވާލި ހަމަލާ، ކީޕަރު މެންޑީގެ އަތުގައި ޖެހުނު ނަމަވެސް، ގޯލުގެ ތެރެއަށް ވަނީ ވަދެފައި.
'90+4 - ނެދަލެންޑްސް އިން އިތުރު ބަދަލެއް. ގަކްޕޯގެ ބަދަލުގައި ކުޅެން ނުކުތީ މާޓެން ޑެ ރޫން.
ސަބާލީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސެނެގާލްގެ ބަމްބާ ޑިއެންގް ބޮލުން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒެއް ނުވި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އަށް މިނެޓުގެ ކުޅުން ދައްކައިފި.
'86 - ސެނެގާލްގެ ނުރައްކަލެއް. ޕަޕޭ ގޭ ދުރުން ފޮނުވާލި ބާރު ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ވަނީ މަތަކޮށްފައި.
'84 - ނެދަލެންޑްސް އިން ގޯލެއް ޖަހައި، ލީޑު ހޯދައިފި. ޑި ޔޮންގް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ. އެ ގޯލު ޖެހި އިރު، ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީގެ ގޯސް ފާހަގަކުރެވޭ.
'79 - ނެދަލެންޑްސްގެ ދެ ބަދަލެއް. ބާގްވައިންގެ ބަދަލުގައި ކުޅެން ނުކުތީ ޑޭވީ ކްލާސަން. އަދި ބާގްހައުސްގެ ބަދަލުގައި ކުޅެން ނުކުތީ ޓެއުން ކޫޕްމެއިނާސް.
'74 - ސެނެގާލުން އިތުރު ދެ ބަދަލެއް. ޑިއާޓޭ އާއި ކޮޔާޓޭގެ ބަދަލުގައި ކުޅެން ނުކުތީ ޕަޕޭ ގޭ އާއި ނިކޮލަސް ޖެކްސަން. ކޮޔާޓޭ ބަދަލުކޮށްފައިވަނީ އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން.
'73 - ޕެނަލްޓީ އޭރިއާ ތެރެއިން ސެނެގާލްގެ އިދްރީސާ ގޭ ފޮނުވާލި ހަމަލާ އަމާޒުވީ، ނެދަލެންޑްސް ކީޕަރު ނޮޕާޓްއާ ދިމާއަށް.
'68 - ސެނެގާލްގެ ދެވަނަ ބަދަލު. ޑިއާގެ ބަދަލުގައި ކުޅެން ނުކުތީ ބަމްބާ ޑިއެންގް.
'65 - ސެނެގާލްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ބޫލާޔޭ ޑިއާ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ވަނީ މަތަކޮށްފައި.
'62 - ސެނެގާލުން ވެސް ބަދަލެއް. ޑިއާލޯގެ ބަދަލުގައި ކުޅެން ނުކުތީ އިސްމާއިލް ޖެކޮބްސް. ޑިއާލޯއަށް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައި.
'62 - ނެދަލެންޑްސްގެ ބަދަލެއް. ޔެންސަންގެ ބަދަލުގައި ކުޅެން ނުކުތީ މެމްފިސް ޑިޕާއީ.
'60 - ނެދަލެންޑްސްގެ ހަަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބާގްހައުސް ފޮނުވާލި ބާރު ހަމަލާ، ސެނެގާލްގެ ކެޕްޓަން ކުލިބާލީ ވަނީ ބްލޮކްކޮށްފައި.
'58 - ސެނެގާލްގެ ޑިއާލޯގެ ނުރައްކާތެރި ހުރަހެއް. އޭނާގެ ހުރަސް، ނެދަލެންޑްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިއާޓާއަށް ރަނގަޅަށް ލިބޭ ގޮތް ވަނީ ނުވެފައި.
'56 - ސެނެގާލްގެ އިސްމާއިލާ ސާ އަށް ކުރި ފައުލަކާ ގުޅިގެން ނެދެލެންޑްސްގެ ޑި ލިގްޓްއަށް ރީނދޫ ކާޑެއް.
'54 - ސެނެގާލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސަބާލީ ފޮނުވާލި ބާރު ހަމަލާ، ނެދަލެންޑްސް ޑިފެންޑަރު އަކޭ ވަނީ ބްލޮކްކޮށްފައި.
'53 - ނެދަލެންޑްސްއަށް ފުރުސަތެއް. ގަކްޕޯ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވެން ޑައިކް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސެނެގާލް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސެނެގާލުން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނެޖެހި އެއްވަރުވެގެން.
ދެ ޓީމުން ވެސް ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ނެދަލެންޑްސް އަދި ސެނެގާލްގެ ކީޕަރަށް މާ ބޮޑު ނުރައްކަލާ ކުރިމަތިވެފައެއް ނުވޭ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'41 - އިސްމާއިލާ ސާގެ ނުރައްކާތެރި ހުރަހެއް. އޭނާގެ އެ ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ނެދަލެންޑްސް ޑިފެންޑަރު އަކޭ ވަނީ ދިފާއުކޮށްފައި.
'40 - ނެދަލެންޑްސްގެ ނުރައްކަލެއް. ބާގްހައުސްއަށް ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ، ސެނެގާލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'35 - ޕެނަލްޓީ އޭރިއާ ތެރެއަށް ޑި ޔޮންގް ނަގައިދިން ހުރަސް، ސެނެގާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ސީސޭ ދިފާއުކޮށްފި.
'33 - ސެނެގާލްގެ ސަބާލީ ދުރުން ފޮނުވާލި ހަމަލާގައި ނުރައްކަލެއް ނެތް. އެ ބޯޅަ، ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ވަނީ ފަސޭހަކަމާއެކު ހޯދާފައި.
އަދިވެސް ނުރައްކާ ޓީމެއްގެ ގޮތުގައި ފެންނަނީ ސެނެގާލް. އެޓީމަށް ބޯޅަ ލިބުމުން ނެދަލެންޑްސްގެ ޑިފެންސްގައި ގިނަ ކުޅުންތެރިންތަކެއް ބައިވެރިވާކަން ފާހަގަކޮށްލެވޭ.
'27 - ނެދަލެންޑްސްގެ ހަމަލާއެއް. ގަކްޕޯ ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވެން ޑައިކް ބޮލުން ފޮނުވާލި ހަމަލާ ސެނެގާލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'25 - ސެނެގާލްގެ ނުރައްކަލެއް. ޑަމްފްރީސް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ބޭރުން އިސްމާއިލާ ސާ ފޮނުވާލި ބާރު ހަމަލާ، ނެދަލެންޑްސްގެ ކެޕްޓަން ވެން ޑައިކް ވަނީ ބްލޮކްކޮށްފައި.
ހިލޭ ޖެހުމުން ނެދަލެންޑްސްއަށް ސެނެގާލްގެ ގޯލަށް ބޮޑު ނުރައްކަލެއް ނުކުރެވުނު.
'21 - ޑި ލިގްޓްއަށް ސެނެގާލްގެ އިސްމާއިލާ ސާ ކުރި ފައުލަކާ ގުޅިގެން ނެދަލެންޑްސްއަށް ހިލޭ ޖެހުމެއް.
'19 - ކައުންޓާ އެޓޭކެއްގައި ނެދަލެންޑްސްގެ ނުރައްކަލެއް. ބާގުއިސް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ފްރެންކީ ޑި ޔޮންގް ނުރައްކާކުރުމުގެ ކުރިން ސެނެގާލްގެ ކޮޔާޓޭ ވަނީ ދިފާއުކޮށްފައި.
'17 - ނެދަލެންޑްސްއަށް ފުރުސަތެއް. ގަކްޕޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެލީ ބްލިންޑް ބޮލުން ފޮނުވާލި ހަމަލާ، ސެނެގާލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'16 - ޕެނަލްޓީ އޭރިއާ ތެރެއިން ޑަމްފްރީސް ދިން ބޯޅަ، ނެދަލެންޑްސް ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ސެނެގާލްގެ ޑިފެންޑަރުން ދިފާއުކޮށްފި.
ސެނެގާލްގެ އެޓޭކް ފެންނަނީ ވަރުގަދަކޮށް. ނަމަވެސް ނެދަލެންޑްސްގެ ގޯލާ އަމާޒުކޮށް އަދި ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.
'9 - ސެނެގާލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އިސްލާއިލާ ސާ ފޮނުވާލި ހަމަލާ ދިޔައީ ނެދަލެންޑްސްގެ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
'4 - ނެދަލެންޑްސްއަށް ފުރުސަތެއް. ގަކްޕޯ ދިން ބޯޅަ، ބާގްވިންގެ ފައިގައި ލައްވާލާ ގޮތް ވަނީ ނުވެފައި.
'2 - ސެނެގާލަށް ފުރުސަތެއް. އިސްމާއިލާ ސާ ދިން ބޯޅައަކުން ކްރެޕިން ޕެނަލްޓީ އޭރިއާ ތެރެއިން ޑިއާޓާ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ފްރެންކީ ޑި ޔޮންގް ވަނީ ބްލޮކްކޮށްފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނެދަލެންޑްސް އިން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި އިންގްލެންޑާއި އިރާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
އެފްރިކާގެ ޗެމްޕިއަން ސެނެގާލުން މިފަހަރުގެ ވޯލްޑް ކަޕް ފަށާ މެޗަށް މިރޭ ނުކުންނާނީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ސަޑިއޯ މާނޭ ނުލައި. މާނޭ ނެތުމަކީ ޓީމަށް ލިބުނު އެންމެ ބޮޑު މާޔޫސްކަން. މާނޭއަށް ވޯލްޑް ކަަޕް ގެއްލުނީ ވޯލްޑް ކަޕަށް ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުން.
އަނެއްކޮޅުން ނުކުންނަ ނެދަލޭންޑްސްއަކީ ޔޫރަޕް ފުޓުބޯޅައިގެ ވަރުގަދަ ނަމެއް. އަހަރުތަކަކަށްފަހު ނެދަލޭންޑްސް މިފަހަރުގެ މުބާރާތަށް ނުކުންނާނީވެސް އުންމީދީ ޓީމަކާއެކުގައި. ނެދަލޭންޑްސްއަށް އެންމެފަހުގެ 2018 ވަނަ އަހަރު ވޯލްޑް ކަޕް ގެއްލިފައިވާ އިރު، މާޔޫސީ އެއަހަރުތައް ނިންމައި ނެދަލޭންޑްސްއިން 2019 ވަނަ އަހަރު ނޭޝަންސް ލީގުގެ ރަނަރަޕްކަން ހޯދި ހިސާބުން އެގައުމުގެ ފުޓުބޯޅައަށް އުންމީދެއް އައި. މިއީ އެޓީމަށް ފެންވަރު ދައްކާލަން ލިބޭނެ އެންމެ ފަހި ފުރުސަތު.