ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: އިންގްލެންޑް 6-2 އިރާން (ފުލްޓައިމް)

22 Nov 01:16

މެޗުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލް ކުރީ އިންގްލެންޑުން
  • އިރާނުގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނުނު އިރު، އިންގްލެންޑް ގޯލަށް ނުރައްކާ ކުރެވިފައެއް ނުވޭ
  • އިރާނަށް ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަމަކީ ގޯލްކީޕަރު ބެއިރަންވާންޑަށް އަނިޔާވެ ބަދަލުކުރަން ޖެހުން
  • އިންގްލެންޑް ހާފުގެ ފަހު ކޮޅުގައި ފުލުފުލުގައި ތިން ގޯލު ޖެހި
  • ފުރަތަމަ ގޯލު ބެލިންހަމް ބޮލުން ޖެހި އިރު، ދެވަނަ ގޯލު ޖެހީ ބުކަޔޯ ސަކާ
  • ތިންވަނަ ގޯލަކީ ހިތްގައިމު ކުޅުމަކަށްފަހު ސްޓާލިން ޖެހި ގޯލެއް
  • ދެވަނަ ހާފުގައިވެސް އިންގްލެންޑް ކުޅުނީ ކޮންޓްރޯލްގައި
  • ދެވަނަ ހާފު ކުރީކޮޅުގައި ސަކާ އިތުރު ގޯލެއް ޖެހި
  • ޓަރޭމީ އިރާނަށް ގޯލެއް ޖެހި ނަމަވެސް އިންގްލެންޑުން ފަހުން ފުލުފުލުގައި ދެ ގޯލު ޖެހި
  • އިންގްލެންޑްގެ ފަހު ގޯލުތައް ޖެހީ ރަޝްފޯޑު، ގްރީލިޝް
  • ފަހުވަގުތު އިރާނަށް ލިބުނު ޕެނަލްޓީވެސް ޖަހައިދިނީ ޓަރޭމީ
22 Nov 01:14

މެޗުގެ ދެވަނަ ހާފު ނިންމާލައިފި. މެޗު ނިމިގެންދިޔައީ 6-2 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން.

22 Nov 01:13

އީރާނުން ދެވަނަ ގޯލު ޖަހައިފި. އީރާންގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން މެހްދީ ޓަރޭމީ.

22 Nov 01:11

'45+11 - ވީއޭއާރުން ބެލުމަށްފަހު އީރާނަށް ޕެނަލްޓީއެއް.

22 Nov 01:11

އިންގްލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން އިންގްލެންޑްގެ ޖޯން ސްޓޯންސް ފައުލު ކުރިތޯ ބެލުމަށް ވީއޭއާރްއަށް ބަލަނީ.

22 Nov 01:09

'90+8 - އީރާނަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސަރްދާރް އަޒްމޫން ފޮނުވާލި ބާރު ހަމަލާ، ކީޕަރު ޕިކްފޯޑްގެ އަތުގައި ޖެހިފައި އަމާޒުވީ އިންގްލެންޑް ގޯލުގެ ހުރަސްދަނޑިއަށް.

22 Nov 01:02

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދިހަ މިނެޓުގެ ކުޅުން ދައްކައިފި.

22 Nov 01:00

'90 - އިންގްލެންޑުގެ ހަ ވަނަ ގޯލު ޖަހައިފި. ވިލްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝް.

22 Nov 00:57
22 Nov 00:49

'78 - އީރާންގެ ހަ ވަނަ ބަދަލު. ނޫރައްލާހިގެ ބަދަލުގައި ކުޅެން ނުކުތީ ސަރްދާރް އަޒްމޫން.

22 Nov 00:47

'77 - އީރާނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޓަރޭމީ ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

22 Nov 00:47

'76 - އިންގްލެންޑްގެ ފަސްވަނަ ބަދަލު. ކެޕްޓަން ހެރީ ކޭންގެ ބަދަލުގައި ކުޅެން ނުކުތީ ކެލަމް ވިލްސަން.

22 Nov 00:43

'71 - އިންގްލެންޑުން ފަސްވަނަ ގޯލު ޖަހައިފި. ޕެނަލްޓީ އޭރިއާ ތެރެއިން އީރާންގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަޝްފާޑް. އޭނާ އެ ގޯލު ޖެހީ ކުޅެން ނުކުތްތާ މިނެޓެއް ވެސް ނުވަނީސް.

22 Nov 00:42

'71 - އިންގްލެންޑުން ހަތަރު ބަދަލެއް. މެގުއާ، ސަކާ، މައުންޓް އަދި ސްޓާލިންގެ ބަދަލުގައި ކުޅެން ނުކުތީ އެރިކް ޑަޔާ، ފިލް ފޮޑެން، ޖެކް ގްރީލިޝް އަދި މާކަސް ރަޝްފާޑް.

22 Nov 00:40

'70 - އީރާންގެ ދެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ނޫރައްލާހި ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި. ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާ އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

22 Nov 00:38

'68 - އަނިޔާއަކާ ގުޅިގެން އިންގްލެންޑް ޑިފެންޑަރު ހެރީ މެގުއާ ދަނޑުން ފާބައިފި.

22 Nov 00:36

'65 - އީރާންގެ ގޯލެއް. ގޮލިޒަޑޭހް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން އީރާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެހްދީ ޓަރޭމީ. އިންގްލެންޑުގެ ގޯލުގެ ތެރެއަށް އެ ބޯޅަ ވަދެފައިވަނީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި.

22 Nov 00:33

'62 - ސަކާގެ ރީތި ގޯލެއް. ސްޓާލިން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ސަކާ ވަނީ ވަރަށް ބަލާލާފައި އީރާންގެ ގޯލުގެ ތެރެއަށް ފޮނުވާލާފައި. މިއީ މި މެޗުގައި ސަކާ ޖެހި ދެވަނަ ގޯލު.

22 Nov 00:31

'61 - އީރާންގެ އެޒަޓޮލާހީ ދުރުން ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒު ނުވެ ބޭރަށް.

22 Nov 00:29

'59 - އިންގްލެންޑްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައިން ލޫކް ޝޯ ފޮނުވާލި ހަމަލާ، އީރާންގެ ކަނާނީ ވަނީ ބްލޮކްކޮށްފައި.

22 Nov 00:26

'56 - ކޭން ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ވަންނަން ދަނިކޮށް، އީރާންގެ ޑިފެންޑަރުން ބޯޅަ ދިފާއުކޮށްފި.

22 Nov 00:24

'54 - ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބެލިންހަމް ދިން ބޯޅަ، އިންގްލެންޑްގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން އީރާންގެ ޑިފެންޑަރުން އެ ބޯޅަ ދިފާއުކޮށްފި.

22 Nov 00:20

'48 - އިންގްލެންޑް ކެޕްޓަން ހެރީ ކޭންއަށް ކުރި ފައުލަކާ ގުޅިގެން އީރާން ޕޫރަލިގަންޖީއަށް ރީނދޫ ކާޑެއް.

22 Nov 00:17

އީރާނުން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލާއެކު. ކަރީމީ އާއި ޖަހަންބަކްޝް އަދި ޗެޝްމީގެ ބަދަލުގައި ކުޅެން ނުކުތީ އެޒަޓޮލާހީ އާއި ގޮލިޒަޑޭހް އަދި ކަނާނީ.

22 Nov 00:15

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންގްލެންޑުން.

22 Nov 00:00

މެޗުގެ ފުރަތަަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލް ކުރީ އިންގްލެންޑުން
  • އިރާނުގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނުނު އިރު، އިންގްލެންޑް ގޯލަށް ނުރައްކާ ކުރެވިފައެއް ނުވޭ
  • އިރާނަށް ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަމަކީ ގޯލްކީޕަރު ބެއިރަންވާންޑަށް އަނިޔާވެ ބަދަލުކުރަން ޖެހުން
  • އިންގްލެންޑް ހާފުގެ ފަހު ކޮޅުގައި ފުލުފުލުގައި ތިން ގޯލު ޖެހި
  • ފުރަތަމަ ގޯލު ބެލިންހަމް ބޮލުން ޖެހި އިރު، ދެވަނަ ގޯލު ޖެހީ ބުކަޔޯ ސަކާ
  • ތިންވަނަ ގޯލަކީ ހިތްގައިމު ކުޅުމަކަށްފަހު ސްޓާލިން ޖެހި ގޯލެއް
21 Nov 23:59

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އީރާން ކުރީގައި އޮވެގެން.

21 Nov 23:59

'45+15 - ޝޯ ރީތި ހިލޭ ޖެހުމެއް އީރާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ނަމަވެސް، މެގުއާއަށް އެ ބޯޅަ ނިންމައިލެވިފައެއް ނުވޭ. އޭނާ ހުރީ އެ ބޯޅަ ލިބޭނެ ކަމަށް ރަނގަޅަށް ނުވިސްނައި.

21 Nov 23:57
21 Nov 23:57

'45+11 - އީރާނަށް ހުސް ފުރުސަތެއް. ހަޖިސާފީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޖަހަންބަކްޝް ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

21 Nov 23:54
21 Nov 23:53

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދައްކާފައިވަނީ 14 މިނެޓުގެ ކުޅުން. އިތުރު ވަގުތުގެ ގޮތުގައި އެހާ ގިނަ ވަގުތު ދީފައިވަނީ އީރާންގެ ކީޕަރު ބެއިރަންވާންޑަށް ފަރުވާ ދިނުމަށް ގިނަ ވަގުތުތަކަކަށް ކުޅުން މެދުކެނޑިފައި އޮތުމުން.

21 Nov 23:50
21 Nov 23:47

'45 - އިންގްލެންޑުން ތިން ގޯލުގެ ލީޑެއް ހޯދައިފި. ކައުންޓާ އެޓޭކެއްގެ ތެރެއިން ކޭން ދިން ބޯޅައަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން. ޕެނަލްޓީ އޭރިއާ ތެރެއިން ސްޓާލިން ޖެހި އެ ގޯލު ފާހަގަކޮށްލެވެނީ ރީތި ގޯލެއްގެ ގޮތުގައި.

21 Nov 23:44

'43 - އިންގްލެންޑުން ލީޑު ފުޅާކޮށްފި. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސަކާ.

21 Nov 23:40
21 Nov 23:40

މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވާ އިރު، އީރާނަށް އިންގްލެންޑްގެ ގޯލަށް އަދި ނުރައްކާކުރެވިފައެއް ނުވޭ.

21 Nov 23:37

މިއީ އިންގްލެންޑްގެ ޖާޒީގައި ބެލިންގްހަމް ޖެހި ފުރަތަމަ ގޯލު. އޭނާ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގައި އިންގްލެންޑަށް ގޯލެއް ކާމިޔާބުކޮށްދިން ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށް. ބެލިންގްހަމް ގޯލު ޖެހި އިރު، އޭނާގެ އުމުރަކީ 19 އަހަރާއި 145 ދުވަސް. ވޯލްޑް ކަޕެއްގައި އިންގްލެންޑަށް ގޯލު ކާމިޔާބުކޮށްދިން އެންމެ ހަގު ކުޅުންތެރިޔަކީ މައިކަލް އޮވެން. ވޯލްޑް ކަޕް 1998 ގައި އޮވެން ގޯލު ޖެހި އިރު، އޭނާގެ އުމުރަކީ 18 އަހަރާއި 190 ދުވަސް.

21 Nov 23:35

'35 - އިންގްލެންޑުން ލީޑު ހޯދައިފި. ލޫކް ޝޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންގްހަމް.

21 Nov 23:34

މިއަދުގެ މެޗުގެ ކުރިން ދަނޑު ބޭރުގެ ޑްރާމާ ދެގައުމަށްވެސް އޮތީ ބޮޑުކޮށް. އިރާނުން ނުކުތީ ގައުމުގައި އޮތް ބޮޑު ހަލަބޮލިކަން ހަނދާން ނައްތާލައި ފުޓުބޯޅައަށް ފޯކަސް ކުރުމަށް. އިރާނުގައި ބޮޑެތި މުޒާހަރާތައް ކުރިއަށްދަނީ ހައްޔަރުގައި ހުރި އަންހެނަކު މަރުވި މައްސަލައެއްގައި. އަނެއްކޮޅުން އިންގްލެންޑް ވެފައި އޮތީ ވޯލްޑް ކަޕާ ގުޅިގެން ގަތަރަށް އެންމެ ބޮޑަށް ފާޑުކިޔައި، ގަތަރުގެ އުސޫލުތަކަށް ގޮންޖަހަން އެންމެ ބޮޑަށް ބޭނުންވެގެން އުޅުނު ގައުމަށް.

21 Nov 23:32
21 Nov 23:32

'32 - އިންގްލެންޑްގެ ނުރައްކާތެރި ހަމަލާއެއް. ޓްރިޕިއާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މެގުއާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އީރާން ގޯލުގެ ހުރަސް ދަނޑިއަށް.

21 Nov 23:31

މެޗުގެ ފުރަތަމަ 30 މިނެޓުގެ ކުޅުން ނިމުނު އިރު، ބޯޅަ ހިފަހައްޓައިގެން މުޅިން ވެސް ހަމަލާތައް އުފައްދާފައިވަނީ އިންގްލެންޑުން. ނަމަވެސް އީރާންގެ ޑިފެންސް ފެންނަނީ ވަރުގަދަކޮށް.

21 Nov 23:30

'30 - އިންގްލެންޑަށް ހުސް ފުރުސަތެއް. ސަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، މޭސަން މައުންޓް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ، އީރާން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

21 Nov 23:27

'27 - ޕެނަލްޓީ އޭރިއާ ބޭރުން އިންގްލެންޑްގެ ސަކާ ފޮނުވާލި ހަމަލާގައި ބާރެއް ނެތް. އީރާންގެ ކީޕަރު ހޮސެއިން ހޮސެއިނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.

21 Nov 23:25

'25 - އިންގްލެންޑްގެ ލޫކް ޝޯއަށް ކުރި ފައުލަކާ ގުޅިގެން އީރާންގެ ޖަހަންބަކްޝްއަށް ރީނދޫ ކާޑެއް.

21 Nov 23:21
ގޯލްކީޕަރު ބެއިރަންވާންޑަށް އަނިޔާވެ ބަދަލުކުރަން ޖެހުމަކީ ކޯޗު ގުއެރޯޒަށް މާޔޫސްކަމެއް. ގައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ބެއިރަންވާންޑަކީ ތަޖުރިބާކާރު ގޯލްކީޕަރެއް. އޭނާ ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގައިވެސް ކުޅެފައި. ހާއްސަކޮށް އެ ވޯލްޑް ކަޕްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ޕެނަލްޓީއެއް މަތަކުރުމާއެކު އޭނާއަށް ސަމާލުކަންވެސް ހުއްޓުނު.
21 Nov 23:20
21 Nov 23:19

'19 - އަލީރެޒާ ބެއިރަންވާންޑްގެ ބަދަލުގައި ކުޅެން ނުކުންނަނީ ކީޕަރު ހޮސެއިން ހޮސެއިނީ.

21 Nov 23:17
21 Nov 23:17

'17 - ކީޕަރު އަލީރެޒާ ބެއިރަންވާންޑް، އިތުރަށް ކުޅުމުގައި ކުރިއަށް ނުގެންދެވޭނެތީ ބަދަލުކުރުމަށް އިޝާރާތްކޮށްފި.

21 Nov 23:16

އީރާންގެ ކީޕަރު އަލީރެޒާ ބެއިރަންވާންޑްއަކީ އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ.

21 Nov 23:15

ބަދަލު ކީޕަރު ހޮސެއިން ހޮސެއިނީ ހުރީ ބެއިރަންވާންޑްގެ ބަދަލުގައި ކުޅެން ނުކުތުމަށް ތައްޔާރުވެގެން. ނަމަވެސް ބެއިރަންވާންޑް ވަނީ ފަރުވާއަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައި.

21 Nov 23:12

އީރާންގެ ކީޕަރު ބެއިރަންވޭންޑްއަށް އަނިޔާވުމާ ގުޅިގެން ދަނޑު މަތީގައި އަންނަނީ އޭނާއަށް ފަރުވާދެމުން. އޭނާއަށް އަނިޔާވީ ކޭންގެ ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި އީރާން ޓީމުގެ ޑިފެންޑަރު ހޮސެއިނީއާ ދެ ކުޅުންތެރިން ޖެހިގެން.

21 Nov 23:10

މިއަދުގެ މެޗު ބެލުމަށް ގަތަރު ވޯލްޑް ކަޕްގެ އެމްބެސެޑަރު، އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްވެސް ސްޓޭޑިއަމްގައި އިންކަން ފާހަގަކުރެވޭ. އިންގްލެންޑް ކެޕްޓަން ބޭންޑްގައިވެސް ގިނަ މެޗުތަކެއް ކުޅުނު ބެކަމް ވަނީ 1996 އިން 2009 ވަނަ އަހަރާ ދެމެދު އިންގްލެންޑް ގައުމީ ޓީމަށް 115 މެޗު ކުޅެދީފައި.

21 Nov 23:09

'8 - އިންގްލެންޑުގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ހެރީ ކޭން ފޮނުވާލި ހަމަލާ، އިރާންގެ ކީޕަރު ބެއިރަންވޭންޑް ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅަ، ހެރީ މެގުއާއަށް ލިބުނު ނަމަވެސް، އޭނާއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވޭ.

21 Nov 23:05

އިންގްލެންޑްގެ ފުރަތަމަ 11 އަށް ސައުތުގޭޓް ނެރޭނެ ކުޅުންތެރިންނަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުން. މެޗަށް ނެރުނު ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ މޭސަން މައުންޓާއި ޔުނައިޓެޑްގެ ހެރީ މެގެއާ ފާހަގަކޮށްލެވޭ، ފިލް ފޮޑެން ފެށީ ބެންޗުން.

21 Nov 23:03

'3 - ޓްރިޕިއާ ނަގައިދިން ކޯނަރު، އިންގްލެންޑްގެ އެއްވެސް ކުޅުންތެރިޔަކަށް ނުލިބި ގޯލް ކިކަކަށް ބޭރުވެއްޖެ.

21 Nov 23:02

'3 - މެޗުގެ ފުރަތަމަ ކޯނަރު އިންގްލެންޑަށް.

21 Nov 23:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އީރާނުން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އިންގްލެންޑާއި އިރާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ދެ ގައުމުންވެސް ވާދަވެރި މުބާރާތެއްގައި ކުރިމަތިލާ ފުރަތަމަ ފަހަރު. އިންގްލެންޑުން 1966 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ފަހުން އެޓީމަށް މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވޭ. އިންގްލެންޑަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެމީ ފައިނަލަށް ދެވުނު. އެއީ ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕްގައި އިންގްލެންޑް ހޯދި އެންމެ ބޮޑު ކާމިޔާބީ. މިފަހަރު ނުކުންނާނީ ތަށި ހޯދައި ތާރީހު ލިޔެލަން.

އިރާނަށް މިއީ ހަވަނަ ވޯލްޑް ކަޕް. މިފަަހަރުގެ ވޯލްޑް ކަޕަކީ ޖެހިޖެހިގެން އެގައުމުން ކުޅޭ ތިންވަނަ ވޯލްޑް ކަޕް. މިދިޔަ ދެ އަހަރުގެ ވޯލްޑް ކަޕްގައިވެސް އިރާން ކެޓީ ގްރޫޕް ސްޓޭޖުން. މިފަހަރު އެޓީމުން ނުކުންނާނީ އެ ތާރީހު ބަދަލުކޮށް، ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔުމަށް.

ކޯޗުންނަށް ނަޒަރެއް

އިންގްލެންޑް - ގެރެތު ސައުތުގޭޓް

އިންގްލެންޑް ގައުމީ ޓީމު ކޯޗުކަމުގެ މަގާމަކީ އުނދަގޫ މަގާމެއް ނަމަވެސް ގެރެތު ސައުތުގޭޓްގެ ފަރާތުން މިހާތަނަށް ފެނިފައިވަނީ ތަފާތު ވިސްނުމަކުން ޓީމަށް ހެޔޮ ބަދަލުތަކެއް ގެންނަ މަންޒަރު. ހާއްސަކޮށް ވަކި ޓީމެއްގެ ކުޅުންތެރިޔަކަށް ނުބަލައި، ޒުވާން ހުނަރުވެރި ކުޅުންތެރިންނާއެކު ރިސްކް ނަގަން ކެރޭ ކޯޗެއްގެ ގޮތުގައި ސައުތުގޭޓް ފާހަގަ ވެފައިވާ އިރު، 2018 ވަނަ އަހަރު ވޯލްޑް ކަޕް ސެމީއާއި އެންމެފަހުން ޔޫރޯގެ ފައިނަލަކީ އޭނާގެ ބޮޑެތި ކާމިޔާބީތައް. އިންގްލެންޑުގެ އިތުބާރު ސައުތުގޭޓް ހޯދައި، މިފަހަރު ނުކުންނާނީ ރަން މެޑައްޔަށް.

އިރާން - ކާލޯސް ގުއެރޯޒް

ޕޯޗުގަލަށް އުފަން ކާލޯސް ގުއެރޯޒްއަކީ ޔޫރަޕްގެ ފުޓުބޯޅައަށް މުޅިން އާ ނަމެއް ނޫން. ގުއެރޯޒް ވަނީ ޕޯޗުގަލް ގައުމީ ޓީމަށްވެސް ދެ ފަހަރެއްގެ މަތިން ކޯޗުކަން ކޮށްދީފައި. އޭގެ އިތުރުން ޔޫއޭއީއާއި ދެކުނު އެފްރިކާ، ކޮލަމްބިއާގެ އިތުރުން މިސްރު ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދިން ގުއެރޯޒްއަކީ ތަޖުރިބާގެ ފައިދާ ހޯދޭނެ ކޯޗެއް. 2011 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށްވެސް އިރާން ކޯޗުގެ މަގާމުގައި ގުއެރޯޒް ހުރި އިރު، އިރާނުން 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ދިޔައީވެސް އޭނާއާއެކުގައި.

ގުއެރޯޒް ޔޫރަޕުން އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަންގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރި ކޯޗެއްގެ ގޮތުގައި.