ބޮލީވުޑް

2019 ވުމަން އިން ދަ ވޯލްޑް ސަމިޓުގައި ޕްރިޔަންކާ ބައިވެރިވަނީ

2019 ވުމެން އިން ދަ ވޯލްޑް ސަމިޓުގައި ބައިވެރިވެ އެ ސަމިޓުގެ ސްޕީކަރުންގެ ލިސްޓުގައި ޕްރިޔަންކާ ހިމެނިއްޖެއެވެ.

މި ސަމިޓުގައި ޕްރިޔަންކާ ވާހަކަދައްކާނީ އޭނާގެ އެކްޓިވެސްޓެއްގެ ގޮތުންނާއި ވިޔަފާރިވެރިއެއްގެ ގޮތުގައި އޭނާގެ ކެރިއަރުގެ ވާހަކައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ސަމިޓުގައި ވާހަކަދައްކާނެ އަންހެނުންގެ ތެރޭގައި "ކެޕްޓަން މާވެލް"ގެ ތަރި ބްރެއި ލާސަން، ހޮލީވުޑްގެ ތަރިންގެ ތެރޭގައި ހިމެނޭ އެޝްލީ ޖުޑް، ބްރެއިން ކްރެންސްޓޮން އަދި ޑައިރެކްޓަރު ޖިލް ސަލޮވަޔަންޑް ހިމެނެއެވެ. މީހެ އިތުރުން އޮޕްރާ ވިންޕްރޭވެސް ހިމެނެއެވެ.

2019 ވުމެން އިން ދަ ވޯލްޑް ސަމިޓްގެ 10 ވަނަ އަހަރީ ދުވަސް ވެސް ފާހަގަކުރެވިގެންދާ މި ސަމިޓުގައި ދޮގު ހަބަރު ފެތުރުމާއި، މީޓޫ މޫވްމަންޓްގެ އިތުރު ކުރިއެރުންތަކާއި ނޫސްވެރިކަން ދަމަހައްޓާނެ ގޮތްތަކާ މެދު ހިޔާލު ބަދަލުކުރާނެ ކަމަށް ވެއެވެ.