ވިޔަފާރި

އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުުންފުނިތަކުގެ މަސައްކަތް ހުއްޓާލަނީ

އަހުމަދު ޖައިޝަން

އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ބައެއް ސަބްސިޑަރީ ކުންފުނިތައް ކަމަށްވާ މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ އަދި އެސްޓީއޯ ހޮޓެލްސް އެންޑް ރިޒޯޓްސް ޕވޓ ލޓޑ އުވާލުމަށާއި ސިންގަޕޫރުގައި ހުރި އެސްޓީއޯ މޯލްޑިވްސްގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް އެސްޓީއޯގެ ބޯޑް އޮފް ޑިރެކްޓާސް ނިންމާފައިވާ ކަމަށެވެ.

ޑިރެކްޓަރުންގެ ބޯޑުން އެ ނިންމެވުން ނިންމެވުމާއެކު، އެ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން މިހާރު ދަނީ ކުރަމުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް ނިންމާފައިވަނީ ބެހޭގޮތުން ހެދި ދިރާސާތަކުން ދައްކާގޮތުން އެކުންފުނިތަކަށް ކޮށްފައިވާ އިންވެސްޓްމަންޓާއި އެއްވަރުގެ ފައިދާއެއް ލިބިފައި ނުވާކަމަށް ފެނުމުން ކަމަށެވެ.