މުހައްމަދު އައުޒަމް
ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއަޕް ބޭނުންކުރުމުގައި އަދިވެސް ދަތިތަކާއި ކުރިމަތިވާނެކަމަށް އެފަރާތްތަކުން ބުނެފިއެވެ.
ރެއިންފެށިގެން ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ބޭނުންކުރަ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ބައެއް ސަރަހައްދުތަކަށް ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއަޕް ބޭނުންނުކުރެވެއެވެ. އަދި ބައެއް ސަރަހައްދުތަކަށް މި އެޕް ތަކުގެ ފުރިހަމަ ބޭނުން ނުކުރެވެއެވެ.
ފޭސްބުކް އަދި އިންސްޓަގްރާމް އިން ވަނީ އެޕް ބޭނުން ކުރާފަރާތްތަކަށް މައްސަލައުޅޭކަމަށް އަންގާފައެވެ. ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް މެސެޖު ނުކުރެވުމުގެ އިތުރުން ޕޯސްޓްތަށްވެސް ނުކުރެވެއެވެ. އަދި މިދެއެޕުގެ މުހިންމު މަސައްކަތްތަކެއް ވަނީ ހުއްޓިފައެވެ.
ވަޓްސްއެޕް އިންވެސް ވަނީ އެ އެޕް ބޭނުންކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ބުނެފައެވެ. އަދިވެސް ބައެއް ފަރާތްތަކަށް ވަޓްސްއެޕް ބޭނުން ނުކުރެވޭނެކަމަށް އެފަރާތުން ބުނެއެވެ.
ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ބައެއް ފަރާތްތަކަށް ޑެސްކްޓޮޕް މެދުވެރިކޮށް ބޭނުން ކުރެވޭއިރު މޯބައިލް ފޯނު މެދުވެރިކޮށް ބައެއް ފަރާތްތަކަށް ބޭނުން ކުރެވެއެވެ.
މައްސަލަ ދިމާވި ސަބަބު އަދި ހާމަކޮށްފައި ނުވި ނަމަވެސް ފޭސްބުކްއިން ވަނީ މިއީ ޑީޑޮކްސް އެޓޭކް އެއް ނޫންކަމަށް ބުނެފައެވެ.