ބޮލީވުޑް

ނިކްގެ ލަވައަށް އެއްވަނަ ލިބުމުން ޕީސީއަށް ދުނިޔޭގެ އެންމެ އަގުބޮޑު ކާރު ހަދިޔާ ކޮށްފި

ނިކް ޖޯނާސްގެ އެންމެ ފަހު ލަވަ "ސަކާ"އަށް އެއްވަނަ ލިބުމުން ހަދިޔާ އަކަށް އަންހެނުން ޕްރިޔަންކާ ޗޯޕްރާ (ޕީސީ)އަށް ދުނިޔޭގެ އެންމެ އަގުބޮޑު ކާރު ހަދިޔާ ކޮށްފިއެވެ.

މާސެޑީޒްގެ މެއިބާޝް ޕީސީއަށް ހަދިޔާ އަކަށް ލިބިފައިވާއިރު އެ ކާރުގެ އަގަކީ 199،000 ޑޮލަރެވެ.

ޕީސީ ވަނީ އޭނާއަށް ފިރިމީހާ ނިކްގެ ފަރާތުން މި ލިބުނު ހަދިޔާގެ އުފާ އޭނާގެ ފޭނުންނަށް މީސް މީޑިއާ މެދުވެރިކޮށް ހިއްސާ ކޮށްފައެވެ. 

ނިކްގެ ލަވައަށް އެއްވަނަ ލިބުނުކަން ޕީސީއަށް އެނގުނީ އޭނާ އިންޑިއާގައި ހުރެފައި އެލްއޭގައި ހުންނަ އޭނާގެ ގެއަށް ދިޔައިރު ގޭގައި ހަރުކޮށްފައިވާ ފޮޓޯ ފެނުމުންނެވެ. ޕީސީ ވަނީ އެ އުފާވެރިކަންވެސް އޭނާގެ ފޭނުންނަށް ހިއްސާކޮށްފައެވެ. 

ނިކް އަދި ޕީސީ ކައިވެނި ކޮށްފައިވަނީ މިދިޔަ ޑިސެމްބަރުގައެވެ. އުމުރުން 10 އަހަރު ޕްރިޔަންކާ ނިކް އަށްވުރެ ދޮށިވުމުން އަމާޒުވާ ފާޑުކިޔުންތަކަށް ބީރު ކަންފަތެއް ދީ ދެމަފިރިންވެސް އަންނަނީ ކައިވެންޏަށްފަހު ކަޕަލް ގޯލްސްތައް ފޭނުންނަށް ހިއްސާ ކުރަމުންނެވެ.