އެލޮން މަސްކް ޓުވީޓާ ގަނެފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެލޮން މަސްކް ޓުވީޓާ ގަތީ 44 ބިލިއަން ޑޮލަރަށެވެ.
މި ބޮޑު ވިޔަފާރީގެ ސަބަބުން ސިޔާސީ ވާހަކަ ދެއްކުމާއި އިޖުތިމާއީ ވާހަކަ ދެއްކުމުގެ އެންމެ މުހިންމު އެއް ގްލޯބަލް ޕްލެޓްފޯމްގެ ކޮންޓުރޯލް ހަމައެކަނި މަސްކް އަށް މި ވަނީ ލިބިގެން ގޮސްފައެވެ. ކޯޓާއި ކޯޓުން ބޭރުގައިވެސް ބޮޑެތި ކޯޅުންތަކެއް ހިންގުމަށް ފަހު ޓުވީޓާ ގަތުމަށްފަހު އެންމެ ފުރަތަމަވެސް ވަކިކުރީ އިންޑިޔާ ދަރިިކޮޅުގެ ސީއީއޯ ޕަރަގް އަގްރަވާލް އާއި ސީއެފްއޯ ނެޑް ސެގަލް އަދި ޖެނެރަލް ކައުންސެލް ޝޯން އެވެ.
މީގެ އިތުރުން ޓުވީޓާގެ ގާނޫނީ، އަދި ސިޔާސަތު ކަނޑައެޅުމުގެ އިސްވެރިޔާ ވިޖާޔާ ގައްޑޭ ވެސް ވަނީ ވަކިކޮށްފަ އެވެ.
މޫނު ދޮންނަ ތަށި (ސިންކެއް) ހިފައިގެން ޓުވީޓާގެ ހެޑް އޮފީހަށް ވަދެ ޖޯކު ޖެހުމަށް ފަހު ކުރި ޓުވީޓެއްގައި އެލޮން މަސްކް ބުނެފައިވަނީ ޓުވީޓާ ދޫނި "މިނިވަން ވެއްޖެ" ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ވިޔަފާރި ނިމުމާއި އެކު ޓުވީޓާގެ ގިނަ މުވައްޒަފުންތަކެއް މަދުކުރާނެއެވެ. އަދި ޓުވިޓާއިން މިނިވަން ވާހަކަ ދެއްކުމަށް އިސްކަން ދޭން ބޭނުންވާ ކަމަށާއި މީހުންގެ އެކައުންޓްތައް ބްލޮކު ކުރުމާއި ވިޔަފާރީގެ ގޮތުން ރަނގަޅު ބަދަލުތަކެއް ގެންނާނެ އެވެ. ހަމަ އެއާއި އެކު ޓުވިޓާ ހިންގާ ކޮންމެ ގައުމެއްގެ އެތެރޭގެ ގާނޫނުތަކަށް ތަބާވާނެ ކަމަށާއި އެހެން ނަމަވެސް ގާނޫނުތަކުން ގިނަ ފަހަރަށް މިނިވަން ވާހަކަ ދެއްކުމަށް ހުރަސް އަޅާ ކަމަށްވެސް އެލޮން މަސްކު ބުނެފައެވެ. ޓުވިޓަރ ބޭނުންކޮށްގެން އިޝްތިހާރު ކުރާ ފަރާތްތަކަށް ހިލޭ އިޝްތިހާރުތައް ދެން ނުކުރެވޭނެ ކަމަށާއި އަދި ޓުވިޓާ އަކީ ޗައިނާގެ ވީޗެޓާ އެއްގޮތް "ސުޕަރ އެޕް" އަކަށް ހަދަން ބޭނުންވާ ކަމަށް ވެސް އެލޮންމަސްކު ވަނީ ބުނެފައެވެ.