ބޮލީވުޑް

ކަލަންކް ޓީޒާ: ގިނަ ބައެއްގެ ލޯތްބާއި ތައުރީފު އޮހެނީ

އިއްޔެ މެންދުރު ވަނީ ފިލްމު ކަލަންކްގެ ޓީޒާ ރިލީސްކޮށްފައެވެ.

ވަރުން ދަވަން، އާލިޔާ ބަޓް، އަދިތްޔާ ރޯއީ ކަޕޫރު، ސޮނާކްޝީ ސިންގް، ސަންޖޭ ދަތް އަދި މަދުރީ ޑިކްސިޓް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ މީގެ 15 އަހަރު ކުރިން ލެޖެންޑަރީ ފިލްމު އުފައްދާ ޔަޝް ޖޯހަރު ހަދާފައިވާ ކޮންސެޕްޓެކެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރު ކަރަން ޖޯހަރު ފިލްމު ޕްރޮޑިއުސް ކުރަން ހަވާލުވެ އަބީޝެކް ވަރްމަން އޭގެ ޑައިރެކްޝަނާ ހަވާލުވި ފަހުންނެވެ.

ގަރުނެއްވެފައިވާ ކޮންސެޕްޓަކަށް ހަދާފަ ފިލްމު ކަލަންކްގެ ވާހަކައާއި ޑައިލޮގް އަދި ފިލްމުގައި ބޭނުން ކޮށްފައިވާ ކާސްޓުންގެ ގޮތުން ފިލްމާ މެދު ގިނަ ބަޔަކު ކުރާ އުންމީދު ވަރަށް ބޮޑެވެ.

ފިލްމުގެ ޓީޒާއަށްވެސް އަންނަނީ ގިނަ ބައެއްގެ ލޯތްބާއި ތައުރީފު ލިބެމުންނެވެ. މީސް މީޑިއާގައި ފިލްމުގެ ޓީޒާ އެކަނި ބަލާފައި ބްލޮކްބަސްޓާއަކަށް ވާނެ ކަމަށް މިހާރުން ފެށިގެންވެސް މީހުން އަންނަނީ ބުނަމުންނެވެ. މީގެ އިތުރުން ބޮލީވުޑް ތަރިންގެ ފަރާތުންވެސް ފިލްމާ ގުޅުވައިގެން މީސް މީޑިއާގައި ތައުރީފު ލިބޭލެއް މަދެއްނޫނެވެ. 

ކަލަންކް ރިލީސް ކުރަން ހަމަޖެހިފައިވަނީ 17 އޭޕްރިލްގައެވެ.