ޕްރިޔަންކާ ޗޯޕްރާގެ ކޮއްކޮ ޕަރިނިތީ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑު ތައް ފެތުރެމުން ދާތީ އިންޓަވިއުއެއްގައި އޭނާއަށް އެ ސުވާލު ވަނީ އަމާޒުވެފެއެވެ.
ޖަވާބުގައި ޕަރިނިތީ ބުނީ އަދި ކައިވެންޏަކާ މެދު ނުވިސްނާ ކަމަށާއި، އެކަމަށް އަދި ތައްޔާރެއްވެސް ނޫން ކަމަށެވެ. މީގެ އިތުރުން އޭނާގެ ދައްތަ، އަދި ގްލޯބަލް އައިކަން ޕްރިޔަންކާ ގެ ފޫޓް ސްޓެޕްސް ފޮލޯ ކުރަނީތޯ ވެސް ޕަރިނިތީ އަށް އަމާޒުވިއެވެ. ޕަރިނިތީ ބުނި ގޮތުގައި ޕްރިޔަންކާ ކައިވެނި ކުރީ 36 އަހަރުގައި ކަމަށާއި އޭނާ އެ އުމުރަށް ދިއުމަށް އަދި ހަ އަހަރު އެބައޮތްކަމަށެވެ.
ފިލްމު ކޭސަރީ ގައި އޭނާ ކުޅުނު ރޯލު ކުޑަ ވުމާ ގުޅިގެންވެސް ޕަރިނިތީ އަށް ވަނީ ސުވާލުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ކިތަންމެ ކުޑަ ރޯލެއް ކުޅުނު ނަމަވެސް ފިލްމުގައި އޭނާ ކުޅެފައިވަނީ ވަރަށް މުހިއްމު ބައެކެވެ.
އަކްޝޭ ކުމާރު އާއެކު ޕަރިނިތީ ފެނިގެންދާ ފިލްމު، ކޭސަރީ ރިލީސް ކުރަނީ މާޗް 21 ގައެވެ.