ވިޔަފާރި

އެޕަލް އިން ޔޫއެސްބީ-ސީ އަށް ބަދަލުވުން ޔަގީންކޮށްދީފި، އެއް ބިލިއަން ލައިޓްނިން ކޭބަލްތައް ކުނިގޮނޑަށް

އާދަމް ނަސީރު

އެޕަލް އައިފޯނުގެ ލައިޓްނިން ޗާޖުކުރާ ޕޯޓް ޔޫއެސްބީ-ސީ އަށް ބަދަލު ކުރާނެ ކަން އެޕަލް ކުންފުނިން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ އެކު ފަޔަރސައިޑްން ދެއްކި ވާހަކަ ތަކުގައި އެޕަލް ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ގްރެގް ޖޮސްވިއާކް ވަނީ އީޔޫގެ އާ ގައިޑްލައިންތަކުގެ ސަބަބުން އެޕަލް ޔޫއެސްބީ-ސީ އަށް ބަދަލުވާނެ ކަން ޔަގީންކޮށްދެއްވައިފައެވެ. ސަރުކާރުތަކުން ކުރަން ޖެހޭ ކަންތައްތައް ކުރާނެ އެހެންކަމުން އިތުރު ގޮތެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

އީޔޫ އިން ސީޓައިޕް ޗާޖަރު ތަކަށް ބަދަލުވުމުގެ މަސައްކަތް މީގެ 10 އަހަރު ކުރިން ފަށައިފި ކަމަށާއި އެެހެން ނަމަވެސް އެޕަލް ކުންފުނިން ގޮތް ދޫނުކުރިކަމަށް ގިނަ ބަޔަކު ބުނެއެވެ. އެޕަލް ކުންފުނިން އެމީހުންގެ އަމިއްލަ ގޮތް ދޫކޮށްލާނީ ގޮތް ހުސްވުމުން ކަމަށް މީހުން އަބަދުވެސް ބުނެއެވެ. އެހެން ކަމުން މި ބަދަލާ އެކު މިހާރު އައިފޯން ޖާޗުކުރާ އެއް ބިލިއަން ލައިޓްނިން ކޭބަލް ކުނީގެ ގޮތުގައި އުކާލެވޭނެ ކަމަށާއި އެެހެން ކަމުން އީ ވޭސްޓް ގިނަވެގެން މައްސަލަ ހައްލު ކުރުމަށް އީޔޫއިން ގެންގުޅޭ ސިޔާސަތު ދެކޮޅު ނުޖެހޭ ކަމަށް ވެސް ބައެއް ފަރާތް ތަކުން ދެކެވެ. 2024 އިން ފެށިގެން އައިފޯނު ތަކުގައި ސީ.ޕޯޓް ޗާޖިން ބޭނުންކުރުން އިނގެރޭސި ވިލާތުގައި މިހާރު ވަނީ ލާޒިމްވެސް ކޮށްފައެވެ.

މާނައަކީ އަންނަ އަހަރު ނެރޭ އައިފޯން 15 ނުވަތަ ދެން އަންނަ އަހަރު ނެރޭ އައިފޯން 16 އިން ފެށިގެން އެ ނުކުންނަ ފޯނުތަކުގައި ސީޕޯޓް ހުންނާނެއެވެ. މިހާރުވެސް ޔޫއެސްބީ-ސީ ޗާޖިން ޕޯޓް އެޕަލްގެ އެހެން ހުރިހާ ޕޯޓަބަލް ޑިވައިސްތަކެއްގައި ވަނީ ހިމަނާފައެވެ. ކުންފުނީގެ މެކްބުކްސް އަދި އައިޕެޑް ޕްރޯ މޮޑެލްތަކުގައި މިހާރުވެސް ބޭނުންކުރަނީ ޗާޖިން/ޑޭޓާ ޓްރާންސްމިޝަން ސްޓޭންޑަޑްގެ ސީޕޯޓެވެ.