ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ކުރިޔަށް އޮތީ އިލްމުވެރީންނަށް ބިރުވެރި ދުވަސްތަކެއް: ޑރ. ޝަހީމް

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޝަމީމް އިއްޔެ އިންޑިއާގެ އެއާޕޯޓެއްގައި ހިފެހެއްޓި މައްސަލައިގައި ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެއީ ޖުމުލަ ގޮތެއްގައި ހުރިހާ އިލްމުވެރީންނަށް އޮތް ބިރުވެރިކަމެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފި އެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، "ވަކި ފެކްޝަނަށް ނިސްބަތްވާ މީހަކު ނަމަ އެމީހަކަށް ގެއްލުން ދިނުމަކީ ތި ގެންނަން އުޅޭ އިންސާފުގެ މަގުތޯ؟" ސުވާލު ކުރައްވައިފަ އެވެ.

ޝެއިޚް ޝަމީމް ހިފެހެއްޓި ހާދިސާއަށް އިޝާރާތް ކުރައްވައި ޝަހީމް ގެ ޓްވީޓުގައި ވިދާޅުވީ، އެ ހާދިސާ އިން ރަމްޒު ކޮށްދެނީ ކުރިޔަށް އޮތީ އިލްމުވެރީންނަށް ބިރުވެރިކަމުން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ.

ޑރ. ޝަހީމް މިގޮތަށް ޓްވީޓް ކުރެއްވި އިރު، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި އޭނާ ވަނީ އިންޑިއާ އަށް އެތެރެ ވިޔަ ނުދީ އަނބުރައި ރާއްޖެ އަށް ފޮނުވައިލައިފަ އެވެ.