ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް (ޑީޕީޖީ)ގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި މަތީ މަރުހަލާގެ ކޯޓުތަކަށް ހުށަހަޅަންޖެހޭ އިސްތިއުނާފީ މައްސަލަތަކާއި ފެމިލީ އެންޑް ޗައިލްޑް ޔުނިޓުގެ މަސައްކަތްތައް ޕީޖީގެ އިރުޝާދުގެ މަތިން ހިންގަވައި ބެލެހެއްޓުމާ ހަވާލުވެ ހުންނެވި ނިހާޔަތު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ނަމަވެސް ނިހާޔަތު އިސްތިއުފާ ދެއްވާފައިވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. ޑީޕީޖީގެ މަގާމުގައި ދެބޭފުޅަކު ހުންނަވާއިރު، ނިހާޔަތު އިސްތިއުފާ ދެއްވުމުން ދެން އެ މަގާމުގައި ހުންނަވާނީ މަހްމޫދު ސަލީމް އެކަންޏެވެ.
މީގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަން އަދާ ކުރެއްވި ނިހާޔަތު ޑީޕީޖީގެ މަގާމަށް އައްޔަން ކުރެވިފައިވަނީ 2016 ވަނަ އަހަރުތެރޭގައެވެ.