ބޮލީވުޑް

ސައިފް، ސޮނާލީ، ނީލަމް އަދި ޓާބޫއަށް ޖޯދްޕޫރު ހައިކޯޓުން ނޯޓިސް ފޮނުވައިފި

އިއްޔެގެ ވަގުތެއްގައި ސައިފް އަލީ ޚާން، ސޮނާލީ ބެންޑްރޭ، ނީލަމް ކޮތާރީ އަދި ޓާބޫ އާއި ދުޝްޔަންތް ސިންގަށް ޖޯދްޕޫރުގެ ހައިކޯޓުން ނޯޓިސް ފޮނުވައިފަ އެވެ.

1998 ވަނަ އަހަރު ހިމާޔަތް ކޮށްފައިވާ ފުއްލާ ތަކެއް މަރާލުމުގެ މައްސަލާގައި ހައިކޯޓުން ނޯޓިސް ފޮނުވާފައި މިވަނީ ދަށުކޯޓުން މައްސަލަ ނިންމި ގޮތާ މެދު ހިތްހަމަނުޖެހިގެން ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމާ ގުޅިގެންނެވެ.

މީގެ ކުރިން ބޮލީވުޑް ތަރި ސަލްމާން ޚާން ވަނީ މި ފުއްލާތައް ޝިކާރަކުރި ކަމުގެ މައްސަލަ ސާބިތުވެ ވައިލްޑް ލައިފް ޕްރޮޓެކްޝަން އެކްޓްގެ ދަށުން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ވެސް ކޮށްފައެވެ. އޭގެ އިތުރުން 10000 އިންޑިއަން ރުޕީސް އިން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

ނަމަވެސް ދެ ދުވަހު ޖަލުގައި ހުރުމަށް ފަހު ބެއިލްގައި ސަލްމާން ޖަލުން ނުކުތީ 50000 އިންޑިއަން ރުޕީސް ދެއްކުމަށްފަހުއެވެ. ސަލްމާންގެ މައްސަލަ ބެލުން އޭޕްރީލް ތިނަކަށް ވަނީ ތާވަލު ކޮށްފައެވެ.