ބޮލީވުޑް

ޑޯން ތިނަކަށް އަދިވެސް ދިގު އިންތިޒާރެއް ކުރަންޖެހޭ

ބޮލީވުޑްގެ ބާދްޝާ، ޝާހުރުކް ޚާންގެ މަގުބޫލު ފިލްމު ފްރެންޗައިޒް ކަމަށްވާ ޑޯންގެ ތިންވަނަ ބައި އިއުލާން ކުރުމަށްފަހު ނުނެރި ލަސްވަމުންދާނީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފިލްމު ލަސްވާ ސަބަބާ ގުޅޭ ގޮތުން ބީ ޓައުން އިން ގިނަ އަޑު ތަކެއް ފެތުރިފައިވާއިރު ފިލްމު އުފައްދާ ފަރާތުން މިވަނީ ރަސްމީކޮށް ހަގީގަތް ހާމަކޮށްފައެވެ.

ޑޯން ތިނެއްގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނި ގޮތުގައި ފިލްމު އުފައްދާ ޓީމުން އަދިވެސް ފިލްމުގެ ބެކް އެންޑް ގިނަ މަސައްކަތް ތަކެއް ކުރަމުން ދާތީ ޝޫޓިން ތައް ފެށުމަށް ޑިލޭ އަންނަނީ އެވެ. ރިތޭޝް ބުނި ގޮތުގައި ފިލްމާ ދޭތެރޭ ފޭނުން ކުރާ އުންމީދު ބޮޑު ކަމުން ފިލްމު ޝޫޓިން ފެށުމުގެ ކުރިން ކުރަންޖެހޭ ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް ކޮށްގެން ނޫނީ ފިލްމުގެ ޝޫޓިން ފެށޭކަށް ނެތެވެ. އަދި ޝޫޓިން ފެށޭނެ ދުވަހެއްވެސް ބުނަން ނޭނގޭ ކަމަށް ރިތޭޝް ބުނެފައިވެއެވެ.

އެހެން ކަމުން ޝާހުގެ ޑޯން ބެލުމަށް ކެތްމަދުވެފައި ތިބި ފޭނުންނަށް މިއީ ހިތާމަވެރި ހަބަރެއް ނަމަވެސް ފިލްމާ ދޭތެރޭ އަނެއްކާވެސް ކުރެވޭ އުންމީދު ބޮޑުވެގެން ދިޔަ ކަމެއްވެސް މެއެވެ.

ފެތުރޭ އަޑުތައް ހަގީގަތަަކަށް ވާނަމަ ޝާހު ދެން އެންމެ އަވަހަަށް ފެންނާނީ ސަލްމާން ޚާނާއެކު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުންނެވެ.