އެޕަލް ކުންފުނިން އެކުންފުންނީގެ ޓެކްނިކަލް ޓީމަށް 300 އިންޖިނިއަރުން އިތުރުކުރަން ނިންމައިފިއެވެ.
އެޕަލްއިން ވަނީ އިނގިރޭސިވިލާތުގެ ކޮމްޕިއުޓަރު ސާމާނު ވިއްކާ މަޝްހޫރު ކުންފުނި "ޑައިލޮގް ސެމީކޮންޑަކްޓަރ" އަށް 300 މިލިޔަން ޑޮލަރު ދޭން ނިންމައި އެކުންފުނީގެ ތަޖުރިބާކާރު 300 މުވައްޒަފުން އެޕަލް އަށް ގެންނަން ނިންމައިފައެވެ.
ޑައިލޮގްގެ ތަޖުރިބާކާރު އިންޖިނިއަރުންނަކީ ކޮންޕިއުޓަރު ޗިޕް ހެދުމުގެ ހުނަރުހުރި އިންޖިނިއަރުން ތަކެކެވެ. ޑައިލޮގްގެ ޓީމުން މިހާރުވެސް ބާރުގަދަ ސީ ޕީ ޔޫ ތައް ހަދަމުން ހަދަމުން އަންނައިރު އެކުންފުނިން ވަނީ އެކުންފުނީގެ އެކްސްކްލޫސިވް ސީ ޕީ ޔޫ ތަކެއް ހެދުމުގެ މަސައްކަތް ވެސް ފަށައިފައެވެ.
އެޕަލް އިން މިހާރުވެސް ދަނީ ޑައިލޮގް ގެ އުފެއްދުންތައް އައިފޯން އަދި އައިޕެޑްގައި ބޭނުން ކުރަމުންނެވެ. އަދި ޑައިލޮގްގެ އިންޖިނިއަރުންނަކީ އެޕަލް ގެ އުފެއްދުންތައް އުފެއްދުމުގައި އަމަލީގޮތުންވެސް އެހީތެރިވާ ޓީމެކެވެ.