ޝަހީދާ އަބްދުﷲ ސައީދު
މާލޭގެ މަގެއްގެ މަތީގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައި އަޅައިގަނެގެން ވެއްޓުނު ދުވަސްވީ މީހެއްގެ އަތަށް، ދުއްވާފައި ދިޔަ ޕިކަޕެއް އަރައިފިއެވެ.
ފުލުހުން ބުނީ މިއަދު 02:05 ހާއިރު އިސްކަންދަރު މަގު ބުރު ކައިރިން ހިނގާފައި ދިޔަ އުމުރުން 79 އަހަރުގެ މީހަކު، މަގުމަތީގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައި އަޅައިގަނެ، ބިންމައްޗަށް ވެއްޓުނު ކަމަށެވެ.
އަދި އޭނާ ވެއްޓުނު ވަގުތު އެމަގުން ދުއްވާފައި ދިޔަ ޕިކަޕެއްގެ ވައަތް ފަރާތު ފުރޮޅު ދަށަށް އޭނާގެ އަތް ވަދެ މެދު އިނގިލީގެ ކޮޅު ފަޅައިގެން ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.
އަދި އެހާދިސާގައި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.