މާލޭގެ އިރުމަތީ ފަރާތު ބުރިޖާ ދިމާގައި ހަދާފައިވާ ނިއު ޕޯޓް ވިއު ރެސްޓޯރަންޓު ބަންދުކޮށް، އެއްމަސްދުވަހުގެ ތެރޭގައި އެ ބިން ހުސްކުރަން ސަރުކާރުން އަންގައިފިއެވެ.
ނިއުޕޯޓް ރެސްޓޯރެންޓަކީ ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ރެސްޓޯރެންޓެކެވެ. ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޕީޕީއެމުން އިއްޔެ ވަކިވެފައިވާ ޒާހިދު ރަމީޒެވެ.
ނަމަވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ޒާހިދު ދޫކޮށްލުމުން، މިހާރު އެ ކުންފުނި ހިންގަނީ އޭނާގެ އަންހެނުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޕްލެޓްފޯމާ އެކު ރެސްޓޯރެންޓެއް ހިންގާ ގޮތަށް އެ ސަރަހައްދު ސްޓާރާޑާ އަށް ފުރަތަމަ ދިނީ ތިން އަހަރަށެވެ.
ނަމަވެސް ފަހުން އެ މުއްދަތު ވަނީ އަށް އަހަރަށް އިތުރުކޮށްފައެވެ.