އިންތިހާބު އިއުލާން ކުރުމަށްފަހު އިންތިހާބާ ގުޅުންހުރި ގާނޫނާއި ގަވައިދަށް ބަދަލުގެނައުން ހުއްޓާލަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި އެ ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
އަކްރަމް މިހެން ވިދާޅުވެފައި ވަނީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން އިންތިހާބު އިއުލާނުކުރުމަށްފަހު އިންތިހާބާ ގުޅުންހުރި ގާނޫނާއި ގަވައިދުތަކަށް ބަދަލުގެނަނުން ހުއްޓައި ނުލެވިއްޖެނަމަ އިންތިހާބުތައް ހަރާބުވެދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި މިވާހަކަ އަބަދުވެސް ވިދާޅުވާ ކަމަށް އަކްރަމްގެ ޓުވީޓުގައި ފާހަގަކުރެއްވި އެވެ.