މިނިސްޓަރު އިމްރާން އަބްދުﷲ

ޕެންޝަން ފައިސާއިން ހައްޖަށް ދެވޭނެގޮތް ހެދުމަކީ އަދާލަތު ޕާޓީގެ ސިޔާސަތުގައި ހިމެނޭ ވައުދެއް: މިނިސްޓަރު އިމްރާން

މަރިޔަމް ޝަހުދާ

ޕެންޝަން ފައިސާއިން ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ އަދާލަތު ޕާޓީގެ ސަތިރީސް ސިޔާސަތުގައި ހިމެނޭ ވައުދެއް ކަމަށް އެ ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ގާނޫނު ގެޒެޓު ކުރުމާ ގުޅިގެން މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ ޕެންޝަން ފައިސާއިން ހައްޖު ވެވޭނެ މަގުފަހިކުރުމަކީ އަދާލަތު ޕާޓީގެ މެނިފެސްޓޯ، ސަތިރީސްގެ ސިޔާސަތުގައި ހިމެނޭ ވައުދެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން އެދޭ މިފަދަ އެދުންތައް ކަށަވަރުކުރުމަށް އެޕާޓީގެ ހިއްސާއެއް 19 ވަނަ މަޖިލީހުގައި އޮތުން މުހިއްމުކަމަށް އިމްރާން ވިދާޅުވިއެވެ.

ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު ތަނަވަސްކޮށް ގާނޫނަށް މިހާރު އިސްލާހު ގެނެސްފައިވާއިރު ޕެންޝަން އޮފީހުން އަންނަނީ މިކަމާ ގުޅޭ ގަވާއިދެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.