މާލޭގައި ގެއެއްގެ ހަވަނަ ބުރިން ވެއްޓި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާތުދޭ ގޮތުގައި، މި ހާދިސާގައި ހަވަނަ ބުރިން ވެއްޓި މަރުވެފައި ވަނީ އުމުރުން 97 އަހަރުގެ ދިވެއްސެކެވެ. އެމީހާ ވެއްޓިފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަވަނަ ބުރިން ކަމަށާއި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 04:00ހާއިރު ކަމަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ.