ބޮލީވުޑް

މެގްނާ ގުލްޒާރު އުފައްދާ އިންޑިއާ އާމީގެ ޗީފް ސްޓާފް ބައޯޕިކްގައި ރަންވީރު؟

ރަންވީރު ސިންގް ވެގެން ގޮސްފައިވަނީ މޮޅެތި ފިލްމުތަކެއް ބެލުންތެރިންނަށް ދައްކުވައިދީފައިވާ އެއް ތަރިއަަށެވެ.

މިދުވަސްވަރު ރަންވީރު މަސައްކަތް ކުރަމުން އަންނަނީ ކަބީރު ޚާންގެ "83"ގައެވެ، އެއީ ލެޖެންޑަރީ ކްރިކެޓް ކުޅިންތެރިޔާ ކަޕިލް ދޭވްގެ ބައޯޕިކްއެކެވެ.

ހަބަރުތައް ފެތުރިފައިވާ ގޮތުގައި ރަންވީރަށް ވަނީ މެގްނާ ގުލްޒާރު އުފައްދަން އުޅޭ ފީލްޑް މާޝެލް ސޭމް މަނެކްޝޯގެ ބައޯޕިކް ކުޅުމަށް ފުރުސަތު ދީފައެވެ.

ސޭމްގެ ދިރިއުޅުމުގެ ގިނަ ކަންތައްތައް ހޯދުމުގެ މަސައްކަތް މޭގްނާ ކުރާތާ ވަނީ ދުވަސްކޮޅެއްވެފައިކަމަށް ވެއެވެ. ރޯނީ ސްކްރޫވާލާ ފިލްމު ޑައިރެކްޓް ކުރާއިރު އަދި ފިލްމު ކުޅޭނެ ކަމަށް ރަންވީރު ރަސްމީކޮށް އެއްބަސްވެފައި ނުވާ ކަމަށް ވެއެވެ.

ފީލްޑް މާޝަލް ސޭމް އަކީ 1971 ގައި ހިނގި އިންޑޯ ޕާކިސްތާނު ހަނގުރާމައިގައި އިންޑިއާގެ އާމީގެ ޗީފް އާމީ ސްޓާފެވެ. އޭނާއަށް ވަނީ ޕަދްމާ ވިބުޝަން އަދި ޕަޑްމާ ބޫޝަން އެވޯޑުވެސް ލިބިފައެވެ.

މިދުވަސްވަރު މޭގްނާ ގުލްޒާރު އަންނަނީ ދީޕިކާ ޕަޑުކޯން އާއެކު އެސިޑް އެޓޭކް ވިކްޓިމް ލަކްސްމީ އަގަރްވާލުގެ ބައޯޕިކްގެ މަސައްކަތް ކުރަމުންނެވެ.