އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

މަޖިލިސް އިންތިޚާބު ފަސްކޮށްދިނުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން އަނެއްކާވެސް ގޮވާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކޮށްދިނުމަށް ޕީޕީއެމްއާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަނެއްކާވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ގޮވައިލައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުގައި ބެހެއްޓުމުން އެ ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ކެމްޕެެއިން ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ދިއުމުގެ ބަދަލުގައި ރައީސް ޔާމީން ހައްޔަރުން ދޫކޮށްލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަގުތު ހުސްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ މަޖިލިސް ކެމްޕެއިން ކުރުމަށް ހުރަސްއެޅުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުންދާ ކަމަށެވެ.

އަދި ރައީސް ޔާމީން ހައްޔަރުކުރީ ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން މަޖިލީހަށް އިންތިޚާބު ވެދާނެ ކަމުގެ ބިރު ރައީސް ސޯލިހުއަށް ހީފުޅުވެގެން ކަމަށް ނިހާން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ފަސްކުރުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން މިއަދު އެދުނު އިރު މީގެ ކުރިންވެސް ވަނީ އިންތިހާބު ފަސްކުރުމަށް އެ ދެ ޕާޓީން އެދިފައެވެ. ނަމަވެސް އީސީން ބުނެފައިވަނީ އިންތިހާބު ފަސް ނުކުރެވޭނެ ކަމަށާއި ކަނޑައަޅާފައިވާ ތާރީޚުގައި އިންތިހާބު ބާއްވާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6 ގައެވެ.