ޝަހީދާ އަބްދުﷲ ސައީދު
އިސްލާމް ދީނާ ބީރައްޓެހި ސަގާފަތެއް ފަތުރާ ބަޔަކާއެކު ހިތާއި ހިތުގެ ގުޅުމެއް ނުބޭއްވޭނެ ކަމަށާއި އެއީ އިސްލާމް ދީނުގައި ހުއްދަވެގެންވާ ކަމެއް ނޫންކަމަށް އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
އިލްޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކިތަންމެ ސަޕޯޓް ކުރިޔަސް އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ނުހިތައި ދީނުގެ އުސޫލުތަކަށް ފާޑުކިޔައި، ދީނާ ބީރައްޓެހި ސަގާފަތެއް ފަތުރާ ބަޔަކާއެކު ހިތާއި ހިތުގެ ގުޅުމެއް ނުބޭއްވޭނެ ކަމަށެވެ.
އަދި ކީރިތި ގުރުއާނުގެ އާޔަތަކާއެކު ކުރެއްވި އެ ޓުވީޓުގައި ވަނީ އިލާހީ އެބަސްފުޅު ވިދާޅުވެ، ފައިސަލާ ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ސައިޚު އިލްޔާސްއަކީ ސަރުކާރު ހިންގާ ކޯލިޝަނަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ބޭފުޅެކެވެ. އިލްޔާސް މިފަދައިން ވިދާޅުވެފައި މިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.