ކޮފީ ވިތް ކަރަންގެ "ބިހައިންޑް ދަ ސީން" ވީޑިއޯ ތަކެއް ނެރެފިއެވެ.
ކަރަން ޖޯހަރުގެ ކޮފީ ވިތް ކަރަންގެ ސީޒން ހައެއްގެ އެޕިސޯޑުތަކުގެ ބިހައިންޑަ ސީން ތަކެއް ނެރެފައިވަނީ ބެލުންތެރިންނަށް އެ އެޕިސޯޑުތައް ހެދުމަށް ކުރި މަސައްކަތް ދެއްކުމަށެވެ.
ނެރެފައިވާ ބިހައިންޑަ ސީން ތަކުގައި ސީޒަން ހައެއްގެ އެންމެ ފަހު އެޕިސޯޑުގައި ފެނިގެން ދިޔަ ޕްރިޔަންކާ އަދި ކަރީނާގެ ޝޯގައި ޕްރިޔަންކާ ވަނީ ކަރީނާ ނުވަ މަސް ވަންދެން ބަނޑުބޮޑު އިރު ހަށިގަނޑު ބެލެހެއްޓި ގޮތަށް ތައުރީފު ކޮށްފައެވެ. އޭގެ އިތުރުން އެދުވަސްވަރުވެސް ކަރީނާ ވަނީ ފެޝަންއާ ސްޓައިލްވެސް ދަމަހައްޓާފައިކަމަށް ޕްރިޔަންކާ ބުނެއެވެ.
"ހަދާންވޭ އޭރު ކަރީނާގެ ބަނޑު ބޮޑު ފޮޓޯތައް ފެނުމުން ހިތަށް އަރާ އާނ... އެއީ އަހަރަންވެސް ކަން ކުރާނެ ގޮތޭ" ޕްރިޔަންކާ ޝޯގައި ބުނެއެވެ.
ޕްރިޔަންކާ ވަނީ މިދިޔަ ޑިސެމްބަރުގައި ހޮލީވުޑް ލަވަކިޔުންތެރިޔާ ނިކް ޖޯނާސް އާ ކައިވެނިކޮށްފައެވެ. ދެމަފިރިންވެސް އާއިލާއެއް ފެށުމަށް ބޭނުންވާ ކަމަށް ބުނަމުން އަންނައިރު ޕްރިޔަންކާގެ ފޭނުން އިންތިޒާރު ކުރަނީ އޭނާގެ ފަރާތުން އެ އުފާވެރި ހަބަރު ލިބޭނެ ވަގުތަކަށެވެ.
ޕްރިޔަންކާ ބުނި ގޮތުގައި އޭނާ ބަނޑުބޮޑުވުމުން ފެޝަން ޓިޕްސްތައް ހޯދާނީ ކަރީނާގެ ފަރާތުންނެވެ. އޭނާގެ ފޭނުން އުންމީދު ކުރަނީ މެޓާނިޓީ ލައިނެއް ޕްރިޔަންކާ ބަނޑު ބޮޑު ވުމުން ފަށާނެކަމަށެވެ.