އާދަމް ނަސީރު
އައިފޯންގެ އާ އުފެއްދުން ނެރޭ ކޮންމެ ފަހަރަކު ވެސް އެކި ޓެސްޓުތައް ހެދުން އޮވެއެވެ. އައިފޯނެއް ނިކުންނަ ކޮންމެ ފަހަރަކުވެސް ހެދޭ ގިނަ ޓެސްޓު ތަކުން ކާމިޔާބު ހޯދަނީ ސަމްސަން ގެ ފަހުގެ ފޯނުތަކެވެ. އެގޮތުން ސަމްސަން ފޯނުތަކުގެ ކެމެރާ ޓެސްޓް ތަކާއި ބެޓެރީ އަދި ޕުރޮސެސަރުގެ ހަލުވި ކަމުގެ ޓެސްޓުތައްވެސް ހަދައެވެ. މި ހުރިހާ ޓެސްޓް ތަކެއްގެ ތެރެއިންވެސް އެންމެ ބޮޑަށް މީހުންގެ ސަމާލުކަން ހޯދަނީ ފޯނު މަތިން ވައްޓާލައިގެން ހަދާ ޓެސްޓް ޓަކަށެވެ.
އަގުބޮޑު އައިފޯނު ތަކަށް ހަދާ ރައްކާތެރި ކަވަރުތައް ވިއްކާ ކުންފުނިތަކުން އެމީހުންގެ ކަވަރުގެ މޮޅުކަން ދައްކާލުމަށްވެސް ހަދާ މިޓެސްޓުތަކުން މިފަހަރު ނިކުތީ ކުރިން ހީކުރި ނަތީޖާއެއްނޫނެވެ.
މަތިން ވައްޓާލައިގެން ހަދާ ޓެސްޓުތަކުން ކޮންމެ ފަހަރަކުވެސް މޮޅުވަނީ ސަމްސަން ފޯނު ތަކެވެ. އެހެން ނަމަވެސް މިފަހަރު މަތިން ވައްޓާލައިންގެ ހެދި ޓެސްޓްތަކުން ސަމްސަން އަލްޓްރާ 22 އެސް އާއި ވާދަކޮށް އައިފޯނު 14 ޕުރޯ ވަނީ އެއްވަރު ކޮށްފައެވެ. ހަތަރު ގޮތަކަށް ފޯނު ވައްޓާލައެވެ. ފަސްވަރަކަށް ފޫޓް މަތިން 2 ފޯނުވެސް ފުރަތަމަ ވައްޓާލަނީ ފޯނުގެ ފުރަގަސް ޖެހޭ ގޮތަށެވެ. ސަމްސަން ފޯނު ވެސް އަދި އައި ފޯނުގެވެސް ބެކް ބިއްލޫރި ތެޅުނު މި ބުރުގައި ބޮޑަށް ގެއްލުންވީ އައިފޯނަށް ނަމަވެސް ކުރިމަތީ ބިއްލޫރި ޖެހޭގޮތައް އަދި ކަންޖެހޭ ގޮތަށް ދެފޯނުވެސް ވައްޓާލުމުން އައިފޯނު 14އަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. ހިލައިގެ ބަދަލުގައި ދަގަނޑުގަނޑެއްގެ މައްޗަށް ފޯނު ވައްޓާލުމުންވެސް ދެފޯނު ވަނީ އެއްވަރު ވެފައެވެ.
އެހެން ކަމުން މިފަހަރުގެ ޓެސްޓުގައިވެސް އައިފޯނު 14 ބަލިވާނެ ކަމަށް އުއްމީދު ކުރި ގިނަ ފަރާތްތަކަށް ވަނީ ހައިރާންކަށް ލިބިފައެވެ. އަގުބޮޑު އައިފޯނު އަތުން ވެއްޓި ލިބޭ އަނިޔާއިން ކުރާ އަސަރު ބައެއް ފަރާތްތަކުގެ ހަށިގަނޑަށް ލިބޭ ޖިސްމާނީ އަނިޔާއިން ކުރާ އަސަރަށްވުރެ ބޮޑުކަމަށްވެއެވެ. ބައެއް ގައުމު ތަކުގައި ކިޑްނީ ވިއްކާލައިގެން ވެސް އައިފޯނު ގަނެފައިވާ ކަމަށް ހަބަރުތައް ފެތުރޭ އިރު ފަހުގެ އައިފޯނުގެ ކުރިމަތީ ބިއްލޫރިގަނޑުގެ ފެންވަރު ކުރިން ނެރުނު އައިފޯނު ތަކަށްވުރެ ވަރުގަދަ ވުމަކީ މިފަހަރުގެ އައިފޯން ގަންނަ ފަރާތްތަކަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ.
ސަމްސަން އަދި އައިފޯނު ޕުރޯ 14 މަތިންވައްޓާލައިގެން ހެދި ޓެސްޓުތަކުގެ ހަތަރު ބުރުން 2 ފޯނަށްވެސް ލިބުނީ 38 ޕޮއިންޓެވެ. އެހެން ކަމުން މިފަހަރުގެ ޑުރޮޕްޓެސްޓް ތަކުން 2 ފޯނުވެސް ވީ އެއްވަރެވެ.