މަރުގެ މައްސަލަތައް

ގަލޮޅުގައި ހުންނަ ގެސްޓްހައުސްއެއް ތެރޭގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ

ގަލޮޅުގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާއިން ބުނި ގޮތުގައި، ގަލޮޅުގައި ހުންނަ އެ ގެސްޓު ހައުސްގެ ކޮޓަރިއަކަށް ވަން މީހަކު ނުނިކުމެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ދޭ ދަންވަރު 1:47ހާއިރު އެވެ. ފުލުހުން އެ ގެސްޓްހައުސްއަށް ގޮސް ކޮޓަރި ތެރޭގައި އޮތް މީހާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ.

"އެއީ 34 އަހަރުގެ ދިވެއްސެއް. މައުލޫމާތުލިބިފައިވާ ގޮތުގައި އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ." ފުލުހުންގެ މީޑިއާއިން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.