ގިނަ ތަރިންތަކެއް ފެނިގެންދާ ފިލްމު "ކަލަންކް"ގެ އަންހެން ތަރިންގެ ޕޯސްޓަރުތައް ރިލީސްކޮށްފިއެވެ.
އަންހެނުންގެ ދުވަހާ ދިމާކޮށް ޕޯސްޓަރުތައް މީސްމީޑިއާގައި ހިއްސާކުރީ ފިލްމުގެ އަންހެން ތަރީން އަމިއްލައަށެވެ. މިއާއެކި ފިލްމުގައި ލީޑް ރޯލުން ފެނިގެންދާ ފިރިހެން ތިން ތަރިންކަމަށްވާ ވަރުން ދަވަން، އަދިތްޔާ ރޯއީ ކަޕޫރު އަދި ސަންޖޭދަތުގެ ޕޯސްޓަރުތައްވެސް އިއްޔެ ވަނީ ރިލީސްކޮށްފައެވެ.
ކަރަން ޖޯހަރު އުފައްދާ އެ ފިލްމުގެ ބަތަލާއިންގެ ތެރޭގައި މަދޫރީ ޑިކްސިޓް، އާލިޔާ ބަޓް އަދި ސޮނާކްޝީ ސިންހާ ހިމެނެއެވެ.
މަދޫރީ އޭނާގެ ޕޯސްޓަރު އިންސްޓަގްރާމުގައި ހިއްސާ ކުރަމުން ބުނެފައިވަނީ އެ ކަހަލަ މޮޅު ކެރެކްޓާއެއް ކުޅެން ލިބުމަކީ ލިބުނު ބޮޑު އުފަލެއްކަމަށެވެ.
ކަލަންކް އަކީ މިއަހަރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. ފިލްމު ރިލީސްކުކުރަން ހަަމަޖެހިފައިވަނީ އޭޕްރީލް 19 ގައެވެ.