ބޮލީވުޑް

އަމީތާބުގެ ކާފަދަރި، ނާވްޔާ ނަންދާވެސް ބޮލީވުޑަށް ނުކުންނަނީ؟

އަކާޝް އަމްބާނީގެ ސަންގީތްގައި ކަރަން ޖޯހަރާއެކު ނާވްޔާ ނަންދާގެ ފޮޓޯއެއް ވައިރަލް ވުމާއެކު ކަަރަންގެ ފިލްމެއްގައި ނަވްޔާ ލޯންޗު ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

ނަވްޔާ އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި މަގްބޫލުކަން ހޯދީ ސްޓާ ކިޑްސްގެ ތެރެއިން އެކަކެވެ. އެހެން ކަމުން ކަރަންއާއެކު ފޮޓޯގައި ނަވްޔާ ފެނުން ވެގެން ދިޔައީ ގިނަ ބަޔަކު އެއާމެދު ސުވާލު އުފެއްދި ކަމަކަށެވެ.

ނަމަވެސް ނަވްޔާގެ މަންމަ ޝްވެތާ ބަޗަން އޭނާ ފިލްމީ ދާއިރާއަށް ނުކުތުމަށް އެހާ ހިތްހަމަ ނުޖެހޭ ކަމަށްވެއެވެ. ކޮފީ ވިތް ކަރަންގެ ހަވަނަ ސީޒަންގައި ޝްވެތާ ބުނެފައިވާ ގޮތުގައި އޭނާގެ ކޮއްކޮ އަބީޝޭކް ބަޗަންއަށް އިންސްޓަގްރާމުގައި ލިބޭ ނަފްރަތުތައް ފެނިފައިވާ ކަމަށެވެ. ފޭނުންނަށް އަބީޝެކް ކަމުދިޔަޔަސް ނުދިޔަޔަސް އަމީތާބް ބަޗަންގެ ދަރިކަމުން އަބީޝެކްގެ ދިރިއުޅުން ފަސޭހަ ކަމަށް ބައެއް މީހުނަށް ހީވިއަސް ނުވިއަސް، ޝުވެތާ އަކީ އޭނާގެ ދައްތަ ކަމަށާއި އެގޮތަށް ކުރާ ކޮމެންޓްތަކާމެދު ހިތްހަމަ ނުޖެހޭކަމަށް އޭނާ ވަނީ ބުނެފައެވެ. ބައެއް ދުވަސްދުވަހު އެ ފަދަ ކަންކަމުގެ ހަމަ ހަމަނިދި ނުލިބޭ ކަމަށްވެސް އޭނާ ބުންޏެވެ. އެހެންކަމުން އާއިލާގެ އިތުރު މެންބަރެއް ފިލްމީ ދުނިޔެއަށް ނިކުތުމާ ދެކޮޅު ކަމަށް ޝުވެތާ ވަނީ ބުނެފައެވެ.

ނަވްޔާގެ ޓެލެންޓަކީ ކޮބައިކަން އަދި ނޭނގޭ ކަމަށާއި، ކޮންމެހެން ނަވްޔާ ކުރާ ހިތްވާ ކަމެއް ކަމަށް ވާނަމަ ނުވަތަ އެހާވަރަށް ޕެޝަނޭޓް ވުމުން ނޫނީ މިދާއިރާ އޭނާ އިހްތިޔާރު ކުރާނެ ކަމަށް އުންމީދު ނުކުރާކަމަށް ވެސް ޝުވެތާ ވަނީ ބުނެފައެވެ. އާއިލާ މީހުންނަކީ ތަރިން ކަމުގައި ވިއަސް އަދި އެއީ ނަވްޔާއަށް ކުރެވޭވަރު ކަމެއްކަން ނޭނގޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ ކުރިން ކަރަންވަނީ ސްޓާ ކިޑްސްގެ ތެރޭގައި ހިމެނޭ އާލިޔާ ބަޓް، ވަރުން ދަވަން، ޖާންވީ ކަޕޫރު އަދި އިޝާން ކަޕޫރު ފިލްމީ ދުނިޔެއަށް ނެރެދީފައެވެ.