ކްރިމިނަލް ކޯޓް

މާލޭގައި ބޮން ގޮއްވަން އުޅުނު ދެ މީހަކު ދޫކޮށްލައިފި

މުހައްމަދު އައުޒަމް

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މާލޭގައި ބޮން ގޮއްވަން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދެ މީހަކު ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ ދެ މީހުން ދޫކޮށްލީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އެ މައްސަލާގައި އެ ދެ މީހުންނާ އެކު އިތުރު ދެ މީހަކު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް އެމީހުން އަދި ދޫކޮށްނުލާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިހާތަނަށް އެ ދެ މީހުން ބަންދުގައި ތިބީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްވުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރެއްގެ ދަށުންނެވެ.

މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ރޭ ފުލުހުން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގައުމީ ސަލާމަތަށް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލު ހިންގަން އުޅުމުގެ ތުހުމަތުގައި ބައެއް ތަންތަން ވަނީ ބަލައިފާސްކޮށްފައެވެ. ފާސްކުރި ތަންތަނުގެ ތެރޭގައި މއ. ކިނާރާ ހައުސް އާއި މއ. އެނބޫގައި ހުންނަ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އޮފީހާއި މއ. ނަމޫނާގޭގެ އާއި މ. ވޯލްނަޓް ހިމެނެއެވެ.