ބޮލީވުޑް

އަކްޝޭގެ އަލިފާން ސްޓަންޓް ފެނުމުން އަންހެނުން ޓުވިންކަލް ކަންބޮޑުވެއްޖެ

ބޮލީވުޑްގެ "ކިލާޅީ"ގެ ނަމުން މަގުބޫލުކަން ހޯދާފައިވާ އަކްޝޭ ކުމާރު ވަނީ އަލިފާނުގެ ސްޓަންޓެއް އިވެންޓެއްގައި ދައްކާލައިފައެވެ.

ބެލުންތެރިންނާ އަކްޝޭގެ ފޭނުންނަށް މި ސްޓަންޓް ކަމުދިޔަ ނަމަވެސް އަންހެނުން ޓުވިންކަލްއަށް ކަމަކު ނުދިޔައެވެ.

ސްޓަންޓްގައި ފެނިގެން ދަނީ އަކްޝޭ ސްޓޭޖު މަތީގައި ހުރެ ގައިގައި އަލިފާން ރޯކޮށްގެން އުޅޭތަނެވެ. މި ސްޓަންޓް ފެނިގެން އަންހެނުން ޓުވިންކަލް ޓުވީޓަރުގައި ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ޓުވިންކަލް ޓުވީޓަރުގައި ބުނެފައި ވަނީ އަކްޝޭ ގައިގައި އަލިފާން ރޯކުރިކަން ފަޅާ އަރައިފި ކަމަށާއި އަދި ގެއަށް އައުމުން ސަލާމަތުން ހުރިއްޔާ "ވިލް ކިލް ޔޫ"އޭ ވެސް ވަނީ ބުނެފައެވެ.

ޓުވިންކަލްގެ މި ޓުވީޓަށް އަކްޝޭ ދީފައިވާ ޖަވާބު އަދި މާ މަޖަލެވެ. އަލިފާން ގައިގައި ރޯކޮށްގެން ސްޓޭޖުގައި އުޅުނު ހިތްވަރުގަދަ ޖެހިލުން ކުޑަ އަކްޝޭ އޭނާގެ އަންހެނުނަށް ދީފައިވާ ރައްދުގައި ބުނެފައިވަނީ އެއީ އޭނާ ހަގީގަތުގައި ބިރު ގަންނާނެ ކަމެއް ކަމަށެވެ.

އަކްޝޭ މިހާރު އަންނަނީ ފިލްމު "ކޭސަރީ"، "ގުޑް ނިއުސް"، "ސްޕްރިޔަވަންޝީ" އަދި "ހައުސްފުލް 4" ގެ މަސައްކަތް ކުރަމުންނެވެ.