ވިޔަފާރި

އެސްޓީއޯ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އަހުމަދު ޖައިޝަން

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.

އެސްޓީއޯގެ ހިއްސާ ބެހިފައިވާ ގޮތުގެ މަތިން ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން އެސްޓީއޯގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރެވެނީ އެއް ޑިރެކްޓަރެކެވެ.

އެސްޓީއޯއިން ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ފަރާތްތަކަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ބާރުއަޅާ ކަމެއް ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން 18 ޝަރުތެއް ފުރިހަމަ ވާން ޖެހެއެވެ.

އެސްޓީއޯ އިން ބުނީ ޝަރުތު ހަމަވާ ފަރާތްތަކުން ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރެއްވުމަށްފަހު މިމަހުގެ 27 ގެ ކުރީން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެސްޓީއޯގެ ބޯޑު މެމްބަރުންގެ ތެރެއިން ސަރުކާރު ނުވަތަ މައި ހިއްސާދާރުންގެ ފަރާތުން ހަ ޑިރެކްޓަރުން ހިމެނޭނެއެވެ.