ބޮލީވުޑް

ކަންޗަނާގެ ރީމޭކުގައި އަކްޝޭ އާއި އެކު ކިއާރާ އަދްވާނީ

އަލަށް ބޮލީވުޑަށް ނުކުމެފައިވާ ތަރިންގެ ތެރެއިން ކިއާރާ އަދްވާނީ ވަނީ ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ. ކިއާރާ މިވަގުތު އަންނަނީ ކަރީނާ ކަޕޫރު ޚާން އާއި އަކްޝޭ ކުމާރު އާއި ދިލްޖިތް ދޮސަންޖާއެކު "ގުޑް ނިއުސް" ގައި މަސައްކަތް ކުރަމުންނެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އަކްޝޭއާއެކު ތަމަޅަ ފިލްމު ކަންޗަނާގައިވެސް ލީޑް ރޯލުން ކިއާރާ ފެނިގެންދާނެއެވެ.

ކަންޗަނާ އަކީ ހޮރޯ ކޮމެޑީ ފިލްމެކެވެ. ފިލްމުގެ ޝޫޓިން އޭޕްރީލްގައި ފެށޭނެ ކަމަށް ވެއެވެ. ނަމަވެސް އަދި ރަސްމީކޮށް ފިލްމާ ބެހޭ މައުލޫމާތުތައް ހާމަކޮށްފައެއް ނުވެއެވެ.

ފިލްމު ޑައިރެކްޓްކުރަނީ ރާގަވާ ލޯރެންސް އެވެ.

ކިއާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ރާމް ޗަރަން އާއެކު "ވިނަޔާ ވިދެޔާ ރާމާ" ގައެވެ.