ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ގެލްކްސީ އެސް10ގެ ފޯނުތަކަށް އުރީދޫ މެދުވެރިކޮށް ޕްރީ އޯޑަރުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހާއްސަ ޕްރޮމޯޝަންތަކާއެކު އުރީދޫން އެސް10 އަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދެވެ.
އުރީދޫން ބުނީ އެސް10 އަށް ޕްރީ އޯޑަރުކުރާ ފަރާތްތަކަށް ހިލޭ ގެލެކްސީ ބަޑްސް ލިބިގެންދާނެ ކަމަށެވެ.
އެއްފަހަރުން ނުވަތަ އިންސްޓޯލްމެންޓަށްވެސް އެ ފޯނުތައް ގަންނަން ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އިންސްޓޯލްމެންޓަށް ގަންނަ ފަރާތްތަކަށް އެސް10 ގަންނަން ލިބޭނީ މަހަކު 942 ރުފިޔާއިން ފެށިގެންނެވެ. އަދި އެސް10 ޕްލަސް އިންސްޓޯލްމެންޓަށް ވިއްކަން ފަށާ އަގަކީ މަހަކު 1،300 ރުފިޔާއެވެ.
އެސް10 ގަތުމަށް އެޑްވާންސް ޕޭމެންޓްގެ ގޮތުގައި 1،999 ރުފިޔާ ނުވަތަ 2،999 ރުފިޔާ ނަގާނެއެވެ. އަދި އެސް10 ޕްލަސް އަށް އެޑްވާންސް ޕޭމެންޓަށް ނަގާނީ 2،999 ރުފިޔާއެވެ.
އެއްފަހަރާ ފައިސާ ދައްކާނަމަ ގެލެކްސީ އެސް10 ގެ ދެ ވޭރިއެންޓް ލިބޭނީ 12،999 ރުފިޔާ އާއި 14،999 ރުފިޔާއަށެވެ. އަދި އެސް10 ޕްލަސް ލިބޭނީ 18،199 ރުފިޔާ އާއި 23،599 ރުފިޔާއަށެވެ.