އުމަރު ނަސީރު

ސިފައިން ކަންބޮޑުވަނީ ދައްކާ ވާހަކައަކުން ނޫން، ގައުމުގެ މިނިވަންކަން ގެއްލެމުންދާތީ: އުމަރު ނަސީރު

ޝަހީދާ އަބްދުﷲ ސައީދު

ސިފައިން ކަންބޮޑުވަނީ ދައްކާ ވާހަކައަކުން ނޫން ކަމަށާއި ސިފައިން ކަންބޮޑުވަނީ ގައުމުގެ މިނިވަންކަން ގެއްލެމުންދާތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ދަރުބާރުގޭގައި ބަޔަކު އެއްވެ ދައްކާ ވާހަކަތަކުން ސިފައިން ކަންބޮޑުވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާއަހުމަދު ދީދީ މިއަދު މަޖިލީހުގައި ވިދާޅުވުމާ ގުޅިގެން، އުމަރުގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި ޕޯސްޓެއްގަ އެވެ.

އުމަރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމަށް ލޯބިކުރާ އެންމެންވެސް ކަންބޮޑުވާކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުގެރޭ ދަރުބާރުގޭގައި އެވާހަކަ ތަފްސީލުކޮށް ދައްކަވާނެ ކަމަށެވެ.

ނުހިނގާކަމެއް ކަމަށް ހެދިގެން، ނުފެންނަ ކަމަށް ހެދިގެން ތިބި މެއިންސްޓްރީމް މީޑިއާ ތަކާއި ސިޔާސީ ބައެއް ބޭފުޅުންނަށް އެކަން ފެނުމުން ބޮޑެތި ގައުމުތަކުގެ ނުފޫޒުގައި މިގައުމު ޖެހިފައިވާ މިންވަރު އެނގޭނެ ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވި އެވެ.