ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ޒިންމާދާރު މަގާމުތަކުގައި އަންހެނުން ތިބުމުން ބައެއް މެންބަރުންނަށް އެކަން ހަޖަމެއް ނުވޭ: މާރިޔާ

މަރިޔަމް ޝަހުދާ

1

ޒިންމާދާރު މަގާމުތަކުގައި އަންހެނުން ތިބުމުން ބައެއް މެންބަރުންނަށް އެކަން ހަޖަމު ނުވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ އެކަމަނާއާއި ރާއްޖޭގެ ދިފާއީ ބާރާ ބެހޭގޮތުން ބައެއް މީޑީއާތަކުގައި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ކަންބޮޑުވެވަޑައިގެން އެކަމާ ގުޅިގެން ސުވާލުކުރުމަށް މަޖިލީހަށް ވަޑައިގެންނެވުމަށްފަހު މީޑިޔާއާށް މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން މިނިސްޓަރު ވަނީ އަންހެނުންނަށް އިހުތިރާމް ނުކުރާ މަދު ބައެއް މަޖިލީހުގައި އުޅޭ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި %50 އަކީ އަންހެނުންގެ ވޯޓު ކަމަށާއި، އަންހެނުންގެ ކުރިއެރުން ހަޖަމް ނުވާ ބަޔަކަށް ދިވެހި އަންހެނުން ވޯޓު ދޭނެއޭ ވިދާޅުނުވެވޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގައި ހަތަރު ޓާމް ފުރިހަމަ ކުރެއްވި އިރު ފާއިތުވި ފަސް އަހަރު ފެނުނު ފަދަ، މޫނުމައްޗަށް ކޯދޮވުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް ފެނިފައި ނުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، ހައުސިން މިނިސްޓަރ އައިޝަތު އާތިފާއާ ސުވާލުކުރުމަށް މާދަމާގެ މަޖިލީހަށް ހާޒިރުކުރާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟