ރައްޔިތުންގެ މަޖިލިސް

ހައުސިން މިނިސްޓަރު އާތިފާ މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

މަރިޔަމް ޝަހުދާ

1

ހައުސިންގް މިނިސްޓަރު އައިމިނަތު އާތިފާ ޝުކޫރު މާދަމާ މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިނިސްޓަރު އާތިފާ މާދަމާ މަޖިލީހަށް ހާޒިރުކުރާނެކަމަށް މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އާތިފާ މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައިވަނީ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ފްލެޓުތަކުގެ ތެރެއިން މިހާރު އިމާރާތްކުރަން ފަށާފައިވާ ދެކޮޓަރީގެ ފްލެޓުތައް އަދި އިމާރާތްކުރަން ފަށާފައިނުވާ ދެކޮޓަރީގެ ފްލެޓުތަކަށް ބަދަލު ގެންނަށް ނިންމާފައިވާގޮތާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ދެއްކެވި ވާހަކައަކާއި ގުޅުވައިންނެވެ.

މި ފްލެޓްތަކަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އާއި ހަވާލާދީ މީޑިއާތަކުން ގެނެސްދިން ހަބަރަކީ ހަގީގަތެއްތޯ އާއި އެހެން ވެއްޖެ ނަމަ މި ފްލެޓްތަކުގެ ހައްގުވެރިންނަށް ވާނީ ކިހިނެއްތޯ މިނިސްޓަރު އާތިފާއާ ސުވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟