ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މިނިސްޓަރު އިމްރާން އާއި ހިއުމަންރައިޓްސް ކޮމިޝަަނުން ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި ހިއުމަންރައިޓްސް ކޮމިޝަަނުން ބައްދަލު ކުރައްވައިފި އެވެ.

މިއަދު ހެނދުނު މިނިސްޓަރު އިމްރާންއާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ބައްދަލުކުރައްވާފައިވަނީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސްގެ އިތުރުން އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އެވެ. މި ބައްދަލުވުމުގައި މިދެ ބޭފުޅުން ވަނީ މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން އެ ކޮމިޝަނުގެ މަސައްކަތަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.